ރާއްޖެ ފުލުހުންގެ އިލްތިމާސް: "ވައްކަމާއި ފޭރުން އިތުރުވެދާނެ، ސަމާލުވުން މުހިންމު" ކޯވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނުމުން ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެގެން ހިނގައިދާނެތީ އެކަންކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކަން ފާހަގަކުރެވޭ ކަ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ފުރަބަނދަށް ލުއިދިނުމާއި އެކު ވެމްކޯ ގެ އޮޕަރޭޝަނަށް ބަދަލުތައް ގެނެސްފި ފުރަމާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ފުރަބަނދަށް ލުއިދިނުމަށް ނިންމެވުމާއި ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އޮޕަރޭޝަނަށް އަންނަ ބަދަލުތައް ގެނެސްފި އެވެ. އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މިހާލަތުގައި ވެސް އެކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯއްދަވާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެކޯޕަރޭޝަން އިން އާންމުކޮށްފައިވާ ކުނި ބަންދ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ޒުވާނުން ނުކުމެ ހުއްޓުވި ބޯޅަދަނޑުގެ މަސައްކަތް އަލުން ފަށައިފި ހއ ދިއްދޫގައި ޒުވާނުންތަކެއް ނުކުމެ ހުއްޓުވި ދިއްދޫ ބޯޅަދަނޑުގެ ޓާފް ސަބްބޭސް މަސައްކަތް އަލުން ފަށައިފިއެވެ. ހއ. ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދުު ހާސިމް ” ތިލަދުން ” އަށް ބުނީ ކަންބޮޑުވުން ހުރި ކަންތައްތައް އިސްލާހުކޮށް މަސައްކަރް މިހާރު ފަށާފައިވާ ކަމަށާއި މި ކަމުގައި ޔޫތް މިނިސްޓަރާއި މަސްވަރާކޮށްފައި ވާކަމަށް އޭނާ ބުންޏެއެވެ. ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ޓާފްގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިއްދޫ ޒުވާނުން ނިކުމެ ދަނޑުގައި ކުރަމުންދާ […] އަލީ އިބްރާހިމް · 6 އަހަރު ކުރިން
ރާއްޖެ މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކޮށް ޙައްލު ހޯދުމަށް މަޝްވަރާކޮށްފި މާލޭގެ މަގުމަތީގައި ތޮއްޖެހުން ކުޑަކޮށް އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިނާވާ މައްސަލަތަކަށް ޙައްލު ހޯދުމާބެހޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ. އޮންލައިންކޮށް މިއަދު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޯވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިލިބިގެންދާއިރު އަލުން މަގުތައް ތޮއްޖެހި ކާރޫބާރު ބޮޑުވުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ޖަމާޢަތް ހެދުމަކާއި ނުލައި ނަމާދު ކުރުމަށް މާލެ ސަރައްދުގެ މިސްކިތްތައް ހުޅުވާލައިފި މިރޭގެ މަޣްރިބް ނަމާދަށްފަހު ޖަމާޢަތް ހެދުމަކާއި ނުލައި ނަމާދު ކުރުމަށް މާލެ ސަރައްދުގެ މިސްކިތްތައް ޢާއްމުކޮށް ހުޅުވާލައިފިކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ. މާލެ ސަރައްހައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މިސްކިތްތައް މިރޭ މަޣްރިބް ނަމާދަށްފަހު ޢާއްމުކޮށް ހުޅުވާލި ނަމަވެސް މިސްކިތްތަކުގެ ރަސްމީ ޖަމާޢަތް ފެށުމަށް އަދި ނިންމަވާފައެއް ނުވެއެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް ވަކިވަކިން މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މި... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގެ ފެރީ ދަތުރުތައް މާދަމާ އަލުން ފަށަނީ ކޯވިޑް-19 އާއި ގުޅިގެން ހުއްޓާލާފައިއޮތް ހއ. އަދި އދ އަތޮޅުގެ ޒޯން 1ގެ ފެރީގެ ޚިދުމަތް މާދަމާ އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ. އުތުރުގެ ރަށްރަށުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ފަރާތުން ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގެ ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް މީހުންނާއި މުދާ (ލައިޓް ކާގޯ) އުފުލޭގޮތަށް ކުރިއަށް ދާނެކަމަށެވެ. މިވަގުތު ދަތުރު ކުރާނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ފެރީގެ ދެބައިކޮށް އެއްބައި ކެޕޭސިޓީއަށްކަމަށް ވާތީ ކައުންސިލްތަކުން މިކަމަށް އެހީތެރިވ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ފިލި މައްސަލައިގައި ވަކީލެއް ހޯދުމަށް ލުތުފީއަށް 10 ދުވަސް ދީފި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގެ ތަހުގީގުގައި ދިފާއީ ވަކީލެއް ހޯދަން 10 ދުވަހުގެ މުއްދަތެއް އޭނާއަށް ކްރިމިނަލް ކޯޓުން ދީފި އެވެ. ވަކީލެއް ހޯދުމުގެ ފުރުސަތު ލުތުފީއަށް ދީފައިވަނީ މިއަދު ކުރިއަށް ގެންދިޔަ އޮންލައިން އަޑުއެހުމުގައިއެވެ. އެއަޑުއެހުމުގައި ލުތުފީ ބައިވެރިވީ މާފުށީ ކޯޓުގައި ހުރެގެންނެވެ. ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ލުތުފީގެ މައްޗަ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި ހއ. އަތޮޅު ހޮސްޕިޓަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ސްޕޮންސަރ ކޮށްފި އެވެ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން މއިަދު ބުނެފައިވަނީ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދޭ ޖޫސް ޕެކެޓް ސްޕޮންސާރ ކުރިކަމުގެ ލިޔުން ހއ. އަތޮޅު ހޮސްޕިޓަލް އަށް ހަވާލުކޮށްފައިވާނެކަމަށެވެ. އެ ކުލަބުގެ ރައީސް ނަޝްވާން އިބްރާހިމް މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ލޭ ހަދިޔާ ކުރާ […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އަމީނާ ޢައްޔަން ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް، ހައްދުންމަތީ ކުނަހަންދޫ ހަނދުވަރީގެ، އާމިނަތު އަމީނާ މިއަދު ޢައްޔަންކުރައްވައިފިއެވެ. އަމީނާ މި މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، އާމިނަތު އަމީނާ މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޖާރނަލިޒަމް އެންޑް މީޑިއާ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރިޕޯޓް ފުރަބަންދު ނިމެނީ! ކިތައް ފުޅި ކޮފީ ހުސްވެއްޖެތަ؟ މުޅިދިރިއުޅުން ލޮކްވެގެން ތިބޭތާ މިހާރު ދެމަހާއި ގާތް ވަނީއެވެ. އެއް ހަފްތާއިން އަނެއް ހަފްތާއަށް ދަނީ ލުއި ވަމުންނެއެވެ. މި ހިސާބަށް އާދެވުނު އިރު ކަންމަތީ ފިހާރަތަކުން ފުދޭވަރަކަށް ޑެލިވެރީ ހިދުމަތަށް އެދެވިއްޖެއެވެ. އެއީ ހައްތަހާވެސް ރައްކާތެރިކަން ލިބިގަތުމަށެއެވެ. ބޭރަށް ނުގޮސް ފުއްދާލެވޭތޯއެވެ. ހޯދި ޑެލިވަރީ ހިދުމަތުގައި އެންމެ ގިނައިން ގެއަށް އެތެރެ ކުރެވުނީ ފެނާއި ކޮފީއެވެ. މިއީ ބައެއް މީހުންގެ ލިސްޓް ކުރީގައި އުޅޭ ބާވަތެވެ. ބައެއް އަންހެން ވެރިންގެ ޑެލިވެރި ލިސްޓްގައި ކުރި ހޯދާފައިވަނީ... އަލީ އިބްރާހިމް · 6 އަހަރު ކުރިން
ރާއްޖެ އަސްލަމްއަށް މަގާމުގެ ފަތްކޮޅު ދެއްވައި އަލުން ހުވާކުރައްވައިފި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު އަސްލަމް އިސްކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވައިފިއެވެ. އަލްފާޟިލް މުޙައްމަދު އަސްލަމް މަގާމުގެ ހުވާކުރެއްވުމާއި، އެމަނިކުފަނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ. 11 ޖޫން 20120 ވަނަދުވަހ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ އައްޑޫ ހޮސްޕިޓަލުގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓޭއްގައި ބުނެފައިވަނީ މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށާއި ކޯވިޑް-19 ވައިރަސް ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް މިހާރު އެ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. މިއީ މާލެއިން ބޭރުގައި... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ރައީސް ވަހީދު އާއި އަނބިކަނބަލުންނަށް ހުތުރު އެއްޗެހި ގޮވި މައްސަލަ ބަލަން ފަށައިފި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް ހަމަލާދީ ހުތުރު އެއްޗެހި ގޮވި މައްސަލަ ފުލުހުން ބަލަންފަށައިފި އެވެ. މިއަދު ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަނބިކަނބަލުންނާއެކު ހެނދުނުގެ ކަސްރަތަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް އުސްފަސްގަނޑު ސަރަހައްދުން ދިމާކޮށް ހުތުރު އެއްޗެހި ގޮވީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށެވެ. އަދި އެހުތުރު މަންޒަރު، އެތަނަށް ކަސްރަތު ކުރަން ގޮސް ތިބި އެހެން ރައްޔިތުންނަށް ވެސް ފެނިފައިވާ ކަމަށާއި، މިއަމަލު ކުށްވެރި ކުރާ ކަމަށް ވެސް ކުރީގެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ކޮލަމް ގޭގައި ފޫހިވަނީތަ؟ ގަސް އިންދުން އެއީ ސަޅިކަމެއް! ކޯވިޑް19 ގެ ބަލިމަޑުކަމުގެ ބިރު ރާއްޖޭގެ ރައްޔިތުންނާއި ހިސާބަށް ފޯރުމާއިއެކު، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގައި ފުރަބަންދު އިއުލާންކުރިއެވެ. އެހާ ހިސާބުން ވަޒީފާ ތަކުގައި އުޅޭ ފަރާތްތަކުގެ މަސައްކަތްތައް ގޭގައި ކުރާ ގޮތައް ބަދަލު ކުރެވުނެވެ. ތަޢުލީމް ހާސިލް ކުރަމުން ދިޔަ ކުދިންގެ ކިޔެވުން ދުވަސްކޮޅަކަށް މަދުޖެހިލުމަށްފަހު އެކަންވެސް ގޭގައި ތިބެ އޮންލައިންކޮށް ކުރެވޭނެ ގޮތް ފަހިވެގެން ދިޔައެވެ. މިއާއި އެކު އާއިލާގެ އެންމެން އެއްތަންވެ އެކުގައި ދުވަސްތައް ހޭދަކޮށްލާން ވަގުތ... އަޙްމަދު ވަހީދު · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑް-19: ޗައިނާއިން 57 މީހަކު ޕޮޒިޓިވްވެ، ބަލި ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެ ކޯވިޑް-19 ފެތުރެން ފެށި ޗައިނާގައި އެބަލި ކޮންޓްރޯލް ކުރެވިފައިވާކަމަށް ނިންމައި، އާންމު ހާލަތުގައި ވަނިކޮށް އިއްޔެ 57 މީހަކު އަލަށް އެ ބައްޔަށް ޕޮޒިޓިވްވެ، އަލުން ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެއެވެ. ޗައިނާގެ މެއިން ލޭންޑުން ހޮނިހިރު ދުވަހު އަލަށް 57 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށް އެ ޤައުމުގެ ސިއްހީ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން 38 ކޭހަކީ ލޯކަލް ޓްރާންސްމިޝަން ކަމަށްވެސް އެ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މި 38 ކޭހުގެ ތެރެއިން 36 މީހުން […] އަލީ އާދިލް · 6 އަހަރު ކުރިން