މޫސުން ގޯސްވެ ތިލަދުންމަތިން ޅ އަތޮޅަށް ވައިޓް އެލާޓް!
މޫސުން ގޯސްވެ، ހއ އަތޮޅުން ޅ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު 17:15 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު45 […]