ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހުއްޓުވައިފި
ބޯޑަރު ހުޅުވާލިފަހުން ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ސައްޙަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެއައި 40 އަހަރުގެ މީހެއްކަމަށްބުނާ ފިރިހެނަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހުއްޓުވާފައިވާކަމަށެވެ. އޭނާއާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއްނުވެއެވެ. ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސ...