ތަކުރާރުކޮށް ދަންނަވަން، އެމްއެމްޕީއާރުސީގެ ފައިސާއެއް ނުލިބޭ: ރައީސް ނަޝީދު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ލިބިފައި ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. “އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އެމްއެމްޕީއާރްސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ،” “ދައުވާތަކަށް އަދީބު އިއު...