އަހަރުތަކެއް ކުރީން ލަވަކިޔުމާއި ދުރަށް ގޮސްފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު މިއަދު ކުރި ޓުވީޓަކާއި ގުޅިގެން ގިނަ ބަޔަކު އޭނާ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަނީތޯ ސުވާލު އުފަށްދަން ފަށައިފިއެވެ.
މިހާރު ދީނީ ކަންތައްތަކުގެ ތެރޭގައި މަސްއޫލުވެ އުޅޭތަން ފެންނަ، ޢަލީ ރަމީޒް ވަނީ ''2023 އިންޝާ ﷲ'' ޖަހައި ޓުވީޓެއް ކޮށްފައެވެ.
މި ޓުވީޓަށް މިހާތަނަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ ޢަލީ ރަމީޒް 2023 ގައި ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްފިނަމަ ވޯޓު ދޭނެ ކަމަށް ބުނެފައެވެ.
ޢަލީ ރަމީޒު މި މޭރުމުން ޓުވީޓު ކުރެއްވިއިރު، ފަހަކަށް އައިސް ބައެއް ސިޔާސީ ކަންކަމުގައި ބަސްބުނަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.
ޢަލީ ރަމީޒަކީ އަދިވެސް ރާއްޖޭގެ ގިނަ ބަޔަކު ސަޕޯޓު ކުރަމުން އަންނަ މީހެކެވެ. އޭނާއަކީ މީސް މީޑިއާގައި ވެސް ވަރަށް ނުފޫޒު ގަދަ މީހެއް ގޮތުގައި ފާހަގަ ކުރެވިފައިވާއިރު، އޭނާގެ ފޭސް ބުކް ޕޭޖަށް ލައްކަ އަކަށް ވުރެ ގިނަ މީހުން ވަނީ ލައިކް ދީފައެވެ. އަދި އޭނާގެ ޓުވީޓާގެ ފްލޯވާސް އުޅެނީ 23 ހާހަށްވުރެ މަތީގައެވެ.
2023 ވަނަ އަހަރަކީ ރާއްޖޭގެ ދެން އޮންނަ ރިޔާސީ އިންތިޚާބު އޮންނަ އަހަރެވެ. މިހާތަނަށް 2023 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމަށް ޢިއުލާން ކޮށްފައި ވަނީ އުމަރު ނަސީރާއި، އަލްހާން ފަހުމީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!