ށ. ފޭދޫ ރައްޔިތުންގެ މުޒާހަރާ: ރައްޔިތުންގެ ކަންބޮޑުވުންތަކާއިއެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް
މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަންކުރުން އިންތިހާއަށް އިތުރުވުމާއިގުޅިގެން ށ. ފޭދޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން، ރައްޔިތުން ތުހުމަތު ކުރިބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން މުޒާހަރާ ނިންމާލައިފިއެވެ. ފޭދޫގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން މުޒާހަރާ ފެށީ މިއަދު މެންދުރުފަހު 1:30 ހާއިރުއެވެ. އެ މުޒާހަރާ ނިންމާލީ ރަށުގައި ހިނގަމުންދިޔަ ނޭދެވޭ ކަންކަމުގެ ފަހަތުގައި ތިބިކަމަށް ރައްޔިތުން ތުހުމަތު ކުރާ ބައެއް މީހުން...