މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުޑަކުއްޖަކާއި ބެހުނު މައްސަލައެއްގައި، ދޮންބައްޕައަށް 15 އަހަރުގެ ޖަލު ޙުކުމެއް

ކުޑަކުއްޖަކާއި ބެހުނު މައްސަލައެއްގައި، ދޮންބައްޕައަށް 15 އަހަރުގެ ޖަލު ޙުކުމެއް

ކުޑަކުއްޖާކާއި ބެހުނު މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ. މިއަދު ކުރި މި ޙުކުމް އިއްވާފައިވަނީ، ދ. ކުޑަހުވަދޫ ފައިވްސްޓާ، އިބްރާހިމް ޝުޖާޢުގެ މައްޗަށެވެ. އޭނާއަކީ ޖިންސީ އަނިޔާ ލިބުނު 15 ކުއްޖާގެ ދޮންބައްޕަ އެވެ. މި މައްސަލަ މީގެ ކުރިންވަނީ ކުޑަހުވަދޫ ކޯޓުގައި ބަލާފައެވެ. އަދި އެ ކޯޓުން މައްސަލަ ނިންމާފައިވަނީ، ދަޢުވާ ލިބޭ ފަރާތާއި ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާތީ، ޝުޖާޢުގެ މައްޗަށް […]

މުޙައްމަދު މާއިލް ހަސަން
އުނގޫފާރުން ރެންޑޮމް ސާމްޕަލެއް ޕޮސިޓިވްވުމުން އަރާފޭބުން މަނާކޮށްފި

އުނގޫފާރުން ރެންޑޮމް ސާމްޕަލެއް ޕޮސިޓިވްވުމުން އަރާފޭބުން މަނާކޮށްފި

ރ. އުނގޫފާރުން މިއަދު ނެގި ރެންޑޮމް ސާމްޕަލްތަކެއްގެ ތެރެއިން 01 ސާމްޕަލް ޕޮޒިޓިވް ވުމާއި އެކުއެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައިއެރަށުން ޕޮޒިޓިވްވެފައިވަނީ އެރަށުގައި ދިރިއުޅެމުންދިޔަ ފަރާތެކެވެ. އެ ރަށުން ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ.ކުޑަކުރަތުން ބިދޭސީންތަކެއް އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ  އުނގޫފާރަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދައ...

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް އެކުލަވާލި ޓީމުން އެ ރަށުގައި މަސައްކަތް ފަށައިފި

ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް އެކުލަވާލި ޓީމުން އެ ރަށުގައި މަސައްކަތް ފަށައިފި

ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެރަށުގެ ހާލަތު ކައިރިންބަލައި، އެހީތެރިވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެކުލަވާލި ޓީމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި، އެރަށުގެ ޓާސްކު ފޯހާއި، ކައުންސިލާއި އަދި މިނޫންވެސް އެމަސައްކަތުގައި ޝާމިލްވާ ފަރާތްތަކާއި ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުންތަކާއި ގުޅިގެން ކޭއާރުއެޗުން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަރުދަނާކޮށް، އިތުރަށް ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެޗްއީއ...

ޝިއުނާ އާދަމް
އިމްރާންގެ އިތުބާރުގެ މައްސަލަ މަޖިލީހަށް

އިމްރާންގެ އިތުބާރުގެ މައްސަލަ މަޖިލީހަށް

ހޯމް މިނިސްޓަރު އިމްރާން އަބްދު ﷲ ގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯލިޝަންގެ 9 މެންބަރެއްގެ ސޮއިގެ އިތުރުން މިނިވަން 2 މެންބަރެއްގެ ސޮޔާއި އެކުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ސޮއިކުރި މިނިވަން ދެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ. މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ […]

ޔުމްނާ ޢަލީ
އެމްޓީސީސީއަށް 51 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އެމްޓީސީސީއަށް 51 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެމްޓީސީސީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ވިޔަފާރިން 350 މިލިއަން ރުފިޔާ ވަނީ އެ ކުއާޓަރުގައި ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ. ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާ […]

އަޙްމަދު ވަހީދު
އޭސީސީ މެންބަރުން ވަކިކުރަން ތަޅުމަށް ފޮނުވަން ކޮމެޓީން ފާހެއް ނުވި

އޭސީސީ މެންބަރުން ވަކިކުރަން ތަޅުމަށް ފޮނުވަން ކޮމެޓީން ފާހެއް ނުވި

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމަށް، އެމައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ފާހެއް ނުވިއެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވީ އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ. ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވަނީ އެ މައްސަލަ ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ނިންމާފައި އެވެ. އަދި އެމައްސަލަ ތަޅުމަށް ފޮނުވަން ތާއީދުކޮށް ވޯޓުދެއްވީ ދެ...

ޝިއުނާ އާދަމް
ފައިސާ ނުދައްކާތީ ދޯންޏަށް އެރީ ތޫނު ހަތިޔާރާއިއެކު

ފައިސާ ނުދައްކާތީ ދޯންޏަށް އެރީ ތޫނު ހަތިޔާރާއިއެކު

ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބުދު ﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ބުނާ ދޯންޏަކަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ތޫނު ހަތިޔާރާއިއެކު ބަޔަކު އެ ދޯންޏަށް އަރައިފިއެވެ. އެ ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ރޭ 11:55 ހާއިރު ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ ދޯންޏަށް އެރިމީހުން މާރާމާރީއެއް އަދި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި، ލ. ގަން […]

އަލީ އާދިލް
އުރީދޫ ސުޕަނެޓްގެ ހިދުމަތް ހޯރަފުއްޓަށް ތައާރަފްކޮށްފި

އުރީދޫ ސުޕަނެޓްގެ ހިދުމަތް ހޯރަފުއްޓަށް ތައާރަފްކޮށްފި

ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހއ. ހޯރަފުއްޓަށް ތައާރަފްކޮށްފި އެވެ. އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ހޯރަފުށީ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދެވުމަކީ އެ ރަށު ރައްޔިތުންނަށް އިތުރު ފުރިހަމަކަމަކާއެކު އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށެވެ. ހަމައެއާ އެކު މިހާރު 100 އެމްބީޕީއެސްއާ ހަމައަށް ހޯރަފުށީގައި ސުޕަނެޓްގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް […]

އިބްރާހިމް އަސްވާޤް
ދިއްދޫއިން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

ދިއްދޫއިން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

ހއ. ދިއްދޫގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް އެ ބަލިން ރަނގަޅުވެއްޖެއެވެ. ދިއްދޫގައި ބަލިޖެހިފައިވާ ފަރާތްތައް ރަނގަޅުވެފައިވާ ކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، އެ ރަށުގައި ކޯވިޑް-19 ބަލި ޖެހިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތްކަމަށް ވިދާޅުވެ އެ ކައުންސިލް އިދާރާއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. މި ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވާ ގޮތުގ...

މުޙައްމަދު މާއިލް ހަސަން
ފަޚުރުވެރި ކިއުބާ ދަތުރުފުޅު

ފަޚުރުވެރި ކިއުބާ ދަތުރުފުޅު

ފަޚުރުވެރި ކިއުބާ ދަތުރުފުޅު ލިޔެލަން ޖެހެނީ ރަން އަކުރަކުންނެވެ. ދިވެހީންގެ ފަޚުރުވެރި ތާރީޚުގައި އެ ޝަރަފުތައް އަބަދުވެސް ވިދާ ބަބުޅާނެއެވެ. މަޝްހޫރު ޅެންވެރިޔާ އަލްމަރުޙޫމް ހޯރަފުށީ އާދަމް ސަލީމް އެ ދަތުރުފުޅަށް ހެއްދެވި ޚާއްޞަ ޅެން ފައްޓަވާފައިވަނީ މި ތަޢުރީފުންނެވެ. މުޅި ދަތުރުފުޅު ފެށުނީއްސުރެ ނިމެދެން ފަށުވި ރީތި ޢިބާރާތްތަކުން ގަތާލައްވާފައިވާލެއް ފުރިހަމައެވެ. ހަމައެހެންމެ އަލްމަރުޙޫމާ ހޯރަފުށީ ފަރީދާ މުޙައްމަދު ފުޅުގެ ރީތި އޮމާން ހިތްގައިމު އަޑުން އެ ޅެން ވިދާޅުވެފައި އޮތް ގޮތުން އެ މު...

ޢަބްދުﷲ ސަޢީދު
ދިވެހި ތާރީޚާއި ގުޅުވައި ކައްކާ ފޮތެއް ނެރެފި

ދިވެހި ތާރީޚާއި ގުޅުވައި ކައްކާ ފޮތެއް ނެރެފި

ދިވެހި ތާރީޚާއި ގުޅުވައި ކައްކާ ފޮތެއް ނެރެފިއެވެ. “ޝެފް މޯޑު” ގެ ބްރޭންޑިންގް އިފްތިތާޙުކުރުމުގެ މި ޖަލްސާގައި ވަނީ ދިވެހި ނަންނަތަކެއް އެކުލެވޭ، ދިވެހި ވަންތަ ރެސިޕީ ތަކަކާއި އެކު މި ފޮތް ނެރެފައެވެ. ހެންވޭރު އާރާގޭގައި އޮތް މި ޙަފްލާގައި، މި ފޮތް ނެރެދެއްވާފައިވަނީ، މިނިސްޓްރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އެންޑް އެމްޕަވަރމެންޓް އަހުމަދު މަހުލޫފްއެވެ. “ޓޭސްޓް ހޯމް”ގެ ނަމުން ނަންދީފައިވާ މި ފޮތަކީ ޝެފް މޯޑުގެ މުޅިންވެސް އަމިއްލަ އުފެއްދުންތަކެކެވެ. އަދި މި […]

މުޙައްމަދު މާއިލް ހަސަން
ހަނިމާދޫން 2 ވަނަ ކޯވިޑް ކޭސްއެއް، މިފަހަރު ބިދޭސީއެއް

ހަނިމާދޫން 2 ވަނަ ކޯވިޑް ކޭސްއެއް، މިފަހަރު ބިދޭސީއެއް

ހދ. ހަނިމާދޫގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހަނިމާދޫގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަ ކުރެއްވި މަޢުލޫމާތުތަކުން ވަނީ ހާމަ ވެފައި އެވެ. އެޗްޕީއޭއިން ރޭ ހާމަކުރަށްވާފައިވާގޮތުން ހަނިމާދޫން ޕޮޒިޓިވް ވެފައިވަނީ ފުރަން އުޅުނު މީހެކެވެ. ހަނިމާދޫން އިތުރު ކޯވިޑް ކޭހެއް ފެނުމާއި ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވީ ހަނިމާދޫގައި ހުންނަ ސިޓީ ހޮޓަލުގައި ހުރި މީހެއް ކަމަށެވެ. އޭނާއަކީ […]

ޔުމްނާ ޢަލީ
ނޭކުރެންދޫއިން މީހަކު ޕޮޒިޓިވް ވެއްޖެ

ނޭކުރެންދޫއިން މީހަކު ޕޮޒިޓިވް ވެއްޖެ

ހދ.ނޭކުރެންދޫ އިން ކޯވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ. އެ ރަށުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އާލީ އާދަމް “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ނޭކުރެންދޫ އަށް އައި 05 މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ ކަމަށާއި ދެން ތިބި 4 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.  “އެ ފަސް މީހުން ވެސް ރަށަށް […]

ޖަލްވާން ޖާދުﷲ
ޖިންސީ ގޯނާ ކުރުމަކީ ކުޑަކަމެކޭ ނުބުނަން: އިމްރާން

ޖިންސީ ގޯނާ ކުރުމަކީ ކުޑަކަމެކޭ ނުބުނަން: އިމްރާން

އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރަށްސާރަ ކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި، އެއީ ބޮޑު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ”އަހާށޭ ބުނާނަން” ޕްރޮގްރާމްގައި، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަންހެނަކު ރޭޕް ކުރިކަމަށް ކުރިން ފެތުރިފައިވާ ޚަބަރާއި ގުޅިގެން އެހުން ތެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ދެއްކެވި އެވާހަކަތައް މީޑިއާތަކުގައި ގެނެސްދީފައި ވ...

ޔުމްނާ ޢަލީ
ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލަން "ވޮއިސް އޮފް ޗިލްޑްރެންސް" އިން އެއްވަނީ

ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލަން "ވޮއިސް އޮފް ޗިލްޑްރެންސް" އިން އެއްވަނީ

ޖިންސީ ގޯނާއާއި ދެކޮޅަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ “ވޮއިސް އޮފް ޗިލްޑްރެންސް” ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލަން މިއަދު އެއްވާން ނިންމައިފިއެވެ. އެ ޖަމްޢިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވީޓާގައި އާންމު ކުރި މެސެޖެއްގައި ބުނެފައި ވަނީ ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލުމަށް މިއަދު ހަވީރު 4:00 ގައި ނުކުތުމަށް ގޮވާލާ ކަމަށެވެ. މިގޮތުން ނުކުންނަށް އެދިފައި ވަނީ މާލޭ ސިޓީގެ މަޖީދީމަގު، ހުސްނޫ ގޭ ކުރިމަށްޗަށެވެ. އަދި އެ ޕޯސްޓްގައި […]

ޝިއުނާ އާދަމް