ޔޫއެފާ ޗެމްޕިއަންސް ލީގު: މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީއަށް ފަސޭހަ މޮޅެއް
މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސްލީގުގެ ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ އޮލްޓްރެފޮޑްގައި ގުރޫޕް އެޗްގައި މެންޗެސްޓްރ ޔުނައިޓެޑް އަދި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗް ޔުނައިޓެދް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި އިންގްލަންޑްގެ ފޯވަޑް މާކަސް ރަޝްފޯޑް ފަހުހާފްގައި ކުޅެން ނުކުމެ 16 މިނިޓް ތެރޭގައި ވަނީ ހެޓްރިކް ހަދާފައެވެ. އެގޮތުން ރަޝްފޯޑްގެ ފުރަތަމަ ގޯލް 74 ވަނަ މިނެޓްގައި...