މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ސައިކަލެއް ކޮންޓްރޯލް ނުވެ މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ސައިކަލެއް ކޮންޓްރޯލް ނުވެ މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލެ ފޭސް 2 ގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުގައެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް މީހެއްގެ ގައިގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖޫން 7 ވަނަ […]

ޝިއުނާ އާދަމް
''މަޢުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއް''

''މަޢުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއް''

މަޢުލޫމާތު ލިބިގަތުމަކީ ހާމަކަންބޮޑު، ޒިންމާދާރު، އަދި ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ މައިގަނޑު އެއް ތަނބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ މިއަދު ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ވުޒާރާތަކުން އިސްވެ މަޢުލޫމާތު ހާމަކޮށް، އެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާފ...

ޔުމްނާ ޢަލީ
އައު މާލީ ވަޒީރަކަށް ޒަރީރު

އައު މާލީ ވަޒީރަކަށް ޒަރީރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، މީރާގެ ކުރީގެ ވެރިޔާ ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޒަރީރަށް ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޒަރީރަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މު...

ޔުމްނާ ޢަލީ
''މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ދަނީ ކުރެވެމުން''

''މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ދަނީ ކުރެވެމުން''

ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމުގެ އިތުރުން މުރަކަ އާލާކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސ މުޢިއްޒުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުން އަންގައިދެނީ ދިރުންތަކަށާއި ދުނިޔޭގެ މުސްތަޤުބަލަށް ދުޅަހެޔޮ ކަނޑުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗ...

ޔުމްނާ ޢަލީ
މާލީ ވަޒީރު މޫސާ ޒަމީރު އިސްތިއުފާދެއްވައިފި

މާލީ ވަޒީރު މޫސާ ޒަމީރު އިސްތިއުފާދެއްވައިފި

މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، ވަޒީރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ. މޫސާ ޒަމީރު މަގާމުން އިސްތިއުފާދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެނގިފައިވާގޮތުގައި އޭނާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކަށް ޓަކައެވެ. ޒަމީރު ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާދެއްވިއިރު، މިދިޔަ އަހަރު އޭނާ ވަނީ ކުރަށްވަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް ކުރަށްވާފައެވެ. 17 ޑިސެމްބ...

ޔުމްނާ ޢަލީ
ފިލިޕީންސަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު

ފިލިޕީންސަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު

ފިލިޕީންސްގެ ދެކުނު ސަރަހައްދަށް ހޯމަ ދުވަހުގެ ހެނދުނު 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން، އެ ސަރަހައްދުގެ އައްސޭރިފަށުގެ ރަށްތަކަށް ސުނާމީގެ އިންޒާރު ނެރެ، މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އަންގައިފިއެވެ. ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސީސްމޮލޮޖީ (ޕީއެޗްއައިވީއޯއެލްސީއެސް) އިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 7:37 ގައެވެ. ބިންހެލުމުގެ މަރުކަޒަކީ މިންޑަނާއޯ ޖަޒީރާގެ ޖެނެރަލް ސަންޓޯސް ސިޓީގެ ހުޅަނގު ދެކު...

ނާޒިމާ އަލީ
އީރާނަށް ހަމަލާ ނުދިނުމަށް ޓްރަމްޕް އެދިފައިވަނިކޮށް އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށައިފި

އީރާނަށް ހަމަލާ ނުދިނުމަށް ޓްރަމްޕް އެދިފައިވަނިކޮށް އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށައިފި

އީރާނަށް ހަމަލާ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިފައިވަނިކޮށް އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށައިފިއެވެ. އީރާނުން ވަނީ އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިނުލާނަމަ އީރާނުގެ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރަށްފަހު އިސްރާއީލަށް ރޭ ހަމަލާ ދީފައެވެ. އީރާނުގެ މިސައިލް ހަމަލާތަކަށްފަހު އައު އިންޒާރެއް ދެމުން ބުނެފައި ވަނީ ލުބްނާނަށް ދޭ ހަމަލާ ވަގުތުން ހުއްޓައިނުލައިފިނަމަ ”ވޭންދެނިވި” އިތުރު ހަމަލާތަކާ އިސްރާއީލަށް ކުރިމަތިލާން ޖެހޭނެކަމަށެވެ. އެއަށްފަ...

ނާޒިމާ އަލީ
އިސްރާއީލުން ބެއިރޫތަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އީރާނުން އިންޒާރުދީފި

އިސްރާއީލުން ބެއިރޫތަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އީރާނުން އިންޒާރުދީފި

އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށާއި އެ ގައުމުގެ ދެކުނުގެ ރަށްތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އީރާނުން ގޮވާލައިފިއެވެ. އީރާނުގެ އަސްކަރިއްޔާގެ ޚާތަމް އަލް-އަންބިޔާ ހެޑްކުއާޓާޒްގެ ކޮމާންޑަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުން މިހާރު ވަނީ ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައި ކަމަށެވެ. އީރާނުގެ އަސްކަރީ ކޮމާންޑަރު ވިދާޅުވި ގޮތުގައި، ބެއިރޫތުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ފުޅާކޮށްފިނަމަ، އިސްރާއީލުގެ ތެރޭގައި ހުރި އަމާޒުތަކަށް...

ނާޒިމާ އަލީ
އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދޭން ފަށައިފި

އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދޭން ފަށައިފި

އީރާނުން އިސްރާއީލުގެ ސިޓީތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލްގެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ރިޕޯޓްތައް ބުނެފިއެވެ. މި ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމަ އާ މަރުހަލާއަކަށް ފެތުރިގެން ގޮސްފައިވާއިރު، މި ހަމަލާތަކަކީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ސަރަހައްދީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކާ ގުޅިގެން ދީފައިވާ ހަމަލާތަކެކެވެ. އިސްރާއީލްގެ ސިޓީތަކުން ސައިރެންގެ އަޑު އިވެމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އީރާނުގެ މިސައިލްތައް ނާކާމިޔާބުކޮށްލާފައިވާކ...

ނާޒިމާ އަލީ
''ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވިފައިވުމުން ބުނެދެނީ ތަހުޒީބުވެފައިވާ މިންވަރު''

''ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވިފައިވުމުން ބުނެދެނީ ތަހުޒީބުވެފައިވާ މިންވަރު''

ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރެއްގައި ކަށަވަރުކޮށްދެއްވިފައިވުމުން ބުނެދެނީ އެ ޤައުމެއް ތަހުޒީބުވެފައިވާ މިންވަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ބައެއ...

ޝިއުނާ އާދަމް
ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާނުގެ ގައުމީ ޓީމު މެކްސިކޯއަށް ގޮސްފި

ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާނުގެ ގައުމީ ޓީމު މެކްސިކޯއަށް ގޮސްފި

މި މަހުގެ 12 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުރިން، ތަމްރީނުތައް ފުރިހަމަކުރުމަށް އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު އާދީއްތަ ދުވަހު މެކްސިކޯއަށް ގޮސްފިއެވެ. ނަމަވެސް ޓީމުގެ ބައެއް އޮފިޝަލުންނަށް އަދިވެސް އެމެރިކާގެ ވިސާ ނުލިބޭތީ އީރާނުގެ ޑިފެންޑަރު އިހްސާން ހާޖްސަފީ ވަނީ ފީފާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މި މުބާރާތުގައި އީރާނުން ބައިވެރިވުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވީ އީރާނުގެ ހަނގުރާމައިގެ ސަބަބުންނެވެ. […]

އަޙްމަދު ވަހީދު
ޕްރިމިއާ ލީގު ޕްލޭއޮފްގައި ނޯތުގެ ޗެމްޕިއަން ދިއްދޫ ކުޅޭ ފުރަތަމަ މެޗު ހޯމަ ދުވަހުގެ ރޭ

ޕްރިމިއާ ލީގު ޕްލޭއޮފްގައި ނޯތުގެ ޗެމްޕިއަން ދިއްދޫ ކުޅޭ ފުރަތަމަ މެޗު ހޯމަ ދުވަހުގެ ރޭ

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުތައް މާދަމާ ފަށާނެއެވެ. މި މެޗުތައް މާދަމާ ފަށާއިރު މާދަމާ ރޭ ކުޅޭ މެޗުގައި އެއްކޮޅުން ބައްދަލުކުރާނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫއެވެ. މާދަމާ ރޭ 21:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ދިއްދޫ ބައްދަލުކުރާނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ އާއެވެ. ޕްލޭއޮފްގެ މެޗުތައް ފަށާނީ މާދަމާ ހަވީރު 16:00 ގައި […]

ޔުމްނާ ޢަލީ
މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު ބޮޑުކޮށްފި

މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިފްކޯއިން ބުނިގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށް ވާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މަސް ގަންނަ އަގު ބިނާވަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށެވެ. މިދުވަސްވަރު މަސްވެރ...

ޔުމްނާ ޢަލީ
ގްރޫޕް 'ސީ'ގެ އެންމެ ވަރުގަދަ ދެ ޓީމުގެ ގޮތުގައި ބްރެޒިލް އާއި މޮރޮކޯ، ސްކޮޓްލޭންޑާއި ހައިޓީ އަލުން ވޯލްޑް ކަޕަށް

ގްރޫޕް 'ސީ'ގެ އެންމެ ވަރުގަދަ ދެ ޓީމުގެ ގޮތުގައި ބްރެޒިލް އާއި މޮރޮކޯ، ސްކޮޓްލޭންޑާއި ހައިޓީ އަލުން ވޯލްޑް ކަޕަށް

މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ސީގައި އެންމެ ވަރުގަދަ ދެ ޓީމުގެ ގޮތުގައި ފެންނަން އޮތީ މި މިބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް އާއި އެފްރިކާގެ ބާރުގަދަ މޮރޮކޯ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ގިނަ ދުވަސްތަކަކަށްފަހު ވޯލްޑް ކަޕަށް އެނބުރި އައި ސްކޮޓްލޭންޑާއި ހައިޓީއެވެ. މި ގްރޫޕުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. ބްރެޒިލްގެ މެޗުތައް ނިއު ޔޯކް، ފިލަޑެލްފިއާ އަދި މިއާމީގައި ކުޅޭއިރު، ސްކޮޓްލޭންޑުން ހައިޓީ […]

އަޙްމަދު ވަހީދު
އީރާނާއި އެމެރިކާގެ މެދުގައި ހަމަލާތަކެއް ބަދަލުކޮށްފި

އީރާނާއި އެމެރިކާގެ މެދުގައި ހަމަލާތަކެއް ބަދަލުކޮށްފި

އީރާނުން ބަހްރޭނާއި ކުވެއިތަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކެއް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުއްޓުވާފައިވާ ކަމަށް ބަހްރޭން ސަރުކާރުން ހާމަކޮށްފިއެވެ. މި ހަމަލާތަކާއެކު މެދުއިރުމަތީގައި އޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އީރާނުން ބުނެފައިވަނީ މި ހަމަލާތަކަކީ ގިޝްމް އައިލެންޑް އަދި ސިރިކް ކައިރީގައި ހުރި އީރާނުގެ ސަވައިލަންސް ވަސީލަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށެވެ. އ...

ނާޒިމާ އަލީ