ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ”ފީފާ ވޯލްޑް ކަޕް 2026” ޚާއްސަ ކަވަރޭޖްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޕީއެސްއެމް ޓީވީ ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝަހީދް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ކަވަރޭޖުގެ ކޯ ސް...