ރާއްޖެ ފައްޔާޒު ވަކިކުރަން މަޖިލީހަށް ހުށަހަޅާކަށް ނޫޅެން: ރައީސް ނަޝީދު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖްލިސްއަށް ހުށަހަޅަން މަސައްކަތް ނުކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ”ފައްޔާޒު ވަކިކުރުމަށް އަޅުގަނޑު މަޖިލީހަށް ކަމެއްލާކަށް ނޫޅެމު، އަޅުގަނޑުމެން ދެކޭގޮތުގައި އަޅުގަނޑުމެން ޕާޓީގެ އެތެރޭގެ ބަހުސްތަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ ހއ. ކެލާއިން ލިބެންހުރި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއްޓުވޭނެ ކަމަށް ކެލާދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެއެވެ. އިބްރޭ ވިދާޅުވީ ކެލާ ތުނޑީގައި ރިސޯޓެއް ނުހެދި ލަސްވާނަމަ ކެލާގެ ޓޫރިމް ތަރައްޤީވުން ލަސްވެގެންދާނެ ކަމަށާއި، ކެލާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ލަސްވެގެންދާނެ ކަމަށެވެ. އަދި ކެލާގައި ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު ހދ.އަތޮޅު ކައުންސިލުން އިސްނަގައިގެން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ބަނދަރު ޒީނަތްތެރިކުރުމުގެ މަޤުޞަދުގައި އެ ރަށްރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަނދަރުގައި ހެދުމަށް ހިންގޭ ޕްރޮގްރާމްގެ ތެރެއިން އެ އަތޮޅު ނޮޅިވަރަމާއި ނޮޅިވަރަމްފަރުގެ ބަނދަރުގައި ހެދުމަށް ބޭނުންވާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު އެ ރަށްރަށުގެ ކައުންސިލުތަކުން ހުޅުވައިލައިފިއެވެ. މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން 18 ނޮވެމްބަރ 2020 ވީ ބުދަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ކަމާބެހޭ އެކިއެކި ފަރާތުގެ އެހީތެރިކަން ހޯދުމަށް އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން ސޮއިކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރީއިން ބުނީ ރައީސް ޞާލިޙްގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކޮމިޓީން ފާސްކުރީ އަކްރަމް ވަކިކުރަން އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. އަކްރަމް މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތައް، އެ ކޮމިޓީއިން ބެލުމަށް ފަހުއެވެ. އަކްރަމް އީސީގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް، އެ ކޮމިޓީއަށް ހުށަހެޅީ، އީސީގެ އަންހެން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް، ތުހުމަތުގައި ހަތަރު މީހަކު ހައްޔަރަށް ގދ. ތިނަދޫގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތް ކޮށް، އެ މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ތިނަދޫގައި މީހަކު ރަހީނުކޮށްފައިވާ މައްސަލައެއް މިއަދު ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ. އެ މީހާ ރަހީނުކުރި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ނިއު ޒިލެންޑްގެ ފުލުހުންގެ ޔުނީފޯރމާއި އެކު މިހާރު ބުރުގާ އެޅޭނެ ނިއު ޒިލެންޑްގެ ފުލުހުންގެ ޔުނީފޯރމާއި އެކު ބުރުގާ އެޅޭ ގޮތަށް އެ ޤައުމުން ޤަވާއިދު ބަދަލުކޮށްފިއެވެ. ނިއު ޒިލެންޑްގެ ފުލުހުންގެ އިދާރާއިން ހާމަ ކުރާ ގޮތުގައި، އެ ޤައުމުން މި ގެނައި އައު ޤަވާއިދުގެ މައިގަނޑު އެއް ބޭނުމަކީ އެ ޤައުމުގެ ފުލުހުންގެ އިދާރާއަށް ގިނަ އަންހެނުންނާއި، އަދި މުސްލިމު ދަރިކޮޅުގެ މީހުންވެސް ތަފާތު ކުރުމެއްނެތި ވަދެވޭނެ މަގު ފަހިކޮށްދިނުމެވެ. އެ ޤައުމުން ހާމަ ކުރާ ގޮތުގައި، ޔުނީފޯރމަށް އައި މި އައު ޤަވާއިދަށް އެންމެ ފުރަތަމަ […] މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ރާއްޖެ ޗައިނާގެ ބައެއް ލޯނުތައް ދެއްކުން ވަނީ ފަސްކޮށްދީފައި: ދިވެހި ސަރުކާރު ދިވެހި ސަރުކާރުން، ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ އިން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށެވެ. އަދި މި ނިންމުމާއެކު ޗައިނާގެ އިތުރުން ޔޫރަޕުގެ ގައުމު ތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫއިން ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ ހދ. ކުމުންދޫއިން ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ އެވެ. ކުމުންދޫ ސިއްހީ މަރުކަޒުން ބުނެފައިވަނީ ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން (17 ނޮވެމްބަރު 2020) ވަނަ ދުވަހު ސާންޕަލް ނެގި ފަރާތެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މިޙައްމަދު ވިދާޅުވީ، އެމީހާ އަކީ ބަންގުލަދޭގެ ރައްޔިތެއް ކަމަށާއި އެމީހާ އަކީ އެރަށު މީހެއްގެ މުވައްޒިފެއް ކަމަށެވެ. އަދި އެމީހާ ރާއްޖެ އައިސްފައިވަނީ ހަނިމާދޫ މަގުން ކަމަށެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،35... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް މާމަމެންގެ ފައްޓަރުބައި ވިއްކައިގެންވެސް ދަރަނި ނުދެއްކޭނެ: ރައީސް ނަޝީދު މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ރާއްޖޭގެ ދަރަނި އަދާކުރެވޭނެ ގާބިލުކަމެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މަޖިލިސް ރައީސް، ރައީސް ނަޝީދު މިހެން ވިދާޅުވީ، 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅު ހިއްސާކުރައްވަމުން ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ބަޖެޓުގައި ދައުލަތަށް ލިބޭނެ އާމްދަނީގެ 53 ޕަސެންޓު ހޭދަވާނީ ދަރަނި އަދާކުރަން ކަމަށެވެ. އަދި ދަރަނީގެ 80 ޕަސެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސާމީއަށް އެހީވުމަށް ފޯކައިދޫގައިވެސް ފަންޑުފޮށިތަކެއް ބަހައްޓަނީ ށ. ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ފޯކައިދޫ ކައުންސިލުން، އެރަށުގެ ދެ މިސްކިތެއްގައި އަންނަ ހުކުރު ދުވަހު ފަންޑު ފޮށިތަކެއް ބަހެއްޓުމަށް ހަމަޖައްސައިފިއެވެ. ފޯކައިދޫ ކައުންސިލުން ބުނީ ފޯކައިދޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީތެރިވުމުގެ ގޮތުން ބެހެއްޓޭ ފަންޑު ފޮށިތައް އެރަށުގެ ދެ މިސްކިތް ކަމަށްވާ، މަސްޖިދުލް އީމާން އަދި މަސްޖިދުލް ތައުޙީދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފަންޑު ފޮށި ބެހެއްޓިފައި ހުންނާނީ އަންނަ ހުކުރު ދުވަހުގެ […] މުޙައްމަދު އިނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރަށްރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައެއް ނުވޭ، މަޝްރޫޢުތައް ގެންދަންވީ ހަމަހަމަ އުސޫލަކުން: ޝަހީމް ރަށްރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމަ ނުވާކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ގެންދަންވީ ހަމަހަމަ އުސޫލަކުން، ހުރިހާ ރަށެއް ވެސް، ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކިގެން ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ. މެންބަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ޝަހީމް ވިދާޅު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ލޮލުގައި އުފެދޭ މަސްކޮޅު ކެހުމުގެ ސާޖަރީއެއް، ފުރަތަމަ ފަހަރަށް ކޭއާރުއެޗްގައި ކޮށްފި ލޮލުގައި އުފެދިފައިވާ މަސްކޮޅު ކެހުމުގެ ސާޖަރީއެއް، ފުރަތަމަ ފަހަރަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކޮށްފި އެވެ. ކޭއާރުއެޗްއިން މިއަދުބުނީ އެހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓަށް އަލަށް ލިބުނު އާލާތްތަކާއެކު ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށް ފަހު، ލޮލުގެ އެހެން ސަރަހައްދަކުން ގުރާފްޓް ނަގައި ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވިފައިވާކަމަށެވެ. މިއީ ލޮލޮގެ މިފަދަ ސާޖަރީއެއް މި ހޮސްޕިޓަލުގައި ކުރެވުނު ފުރަތަމަ ފަހަރު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ވެމްކޯގެ ކޯލް ސެންޓަރ އިން ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުކޮށްފި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ. ވެމްކޯއިން މިއަދު ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި ބުނެފައިވަނީ، 22 ނޮވެމްބަރ 2020 އިން ފެށިގެން ވެމްކޯގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނައެމަށް އެކުން ފުނިން ވަނީ ނިންމާފަ ކަމަށެވެ. ވެމްކޯގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނު 08:00 ނެ ރޭގަނޑު 08:00 އަށެވެ. އަދި ހުކުރު ދުވަސް […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
މަޖިލިސް މަޖީދީމަގު ދެ ފަރާތުގައި ރިސޯޓުތައް އަތުރާލުމުން, ރާއްޖޭގެ އިޤްތިޞާދީ ތަޞައްވަރު ފެންނާނެ: ޣަފޫރު ރާއްޖޭގައި އޮތް ސަތޭކަ ތިރީހަކަށް ރިސޯޓު މަޖީދީމަގު ދެ ފަރާތުގައި އަތުރާލުމުން ރާއްޖޭގެ އިޤްތިޞާދީ ތަޞައްވަރު ފެންނާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. މެންބަރު ޣަފޫރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ޣަފޫރު ވިދާޅުވީ ރާއްޖެ މި ހާލަތަށް އައިއިރުގައި މިސަރުކާރަށް ހޯދިފައިވާ ކާމިޔާބުތައް ފެންނާން […] އަލީ އާދިލް · 5 އަހަރު ކުރިން