މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި، 40 މޭލަށް ވައިގަދަވާނެ

ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި، 40 މޭލަށް ވައިގަދަވާނެ

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ހެނދުނު 09:00 ގައި ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި އެވެ. މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފައިވަނީ މިއަދު އިރު އޮއްސި 18:00 އަށެވެ. Alert Yellow extended pic.twitter.com/cweoxvR2og — Maldives Meteorology (@MetMaldives) November […]

އިބްރާހިމް އަސްވާޤް
ނޭކުރެންދޫގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ނޭކުރެންދޫގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ނޭކުރެންދޫއަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، އެ ރަށުގެ ބަނދަރު ސަރަޙައްދުގައި އެ ރަށުގެ ނަން ރަމުޒުކޮށްދޭ މޮނިއުމެއްޓެއް ހެދުމަށް ބޭނުންވާތީ އެ މޮނިއުމަންޓް ޑިޒައިން ކުރުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން ނޭކުރެންދޫ ކައުންސިލުން 16 ނޮވެމްބަރ 2020 ވީ ހޯމަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒައިން ކުރުމުގައި ބަލަން ޖެހޭނޭ ޝަރުތުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން ބޭނު...

އިބްރާހިމް ޚަލީލް
ކަޅުވަކަރު މިސްކިތަކީ އަމިއްލަވަންތަ ސިފަތަކެއް ރައްކާތެރި ކުރެވިފައިވާ ތާރީޚީ ޚަޒާނާއެއް: ރައީސް

ކަޅުވަކަރު މިސްކިތަކީ އަމިއްލަވަންތަ ސިފަތަކެއް ރައްކާތެރި ކުރެވިފައިވާ ތާރީޚީ ޚަޒާނާއެއް: ރައީސް

ކަޅުވަކަރު މިސްކިތަކީ ދިވެހި އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ ތާރީޚީ ޚަޒާނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތާއި އެ މިސްކިތް ވަށައިގެން އޮންނަ ޕާކު ހުޅުވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މޭރުމުން އިތުރަށް ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ އިސްލާމްވީ ފަޚުރުވެރި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދ...

ޔުމްނާ ޢަލީ
ކަޅުވަކަރު މިސްކިތް ހުޅުވައިފި

ކަޅުވަކަރު މިސްކިތް ހުޅުވައިފި

ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީހެއް އޮތް ކަޅު ވަކަރު މިސްކިތް ރާވައި، މަސައްކަތް ނިންމުމަށްފަހު މިއަދު އަލުން ހުޅުވައިފިއެވެ. އެ މިސްކިތެއްގެ ތާރީޚްގައި އެންމެ ގިނަ ތަންތަނަށް ބަދަލު ކުރެވުނު ކަޅުވަކަރު މިސްކިތް ހުޅުއްވާ ދެއްވީ އެކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. ކަޅުވަކަރު މިސްކިތް ތަރައްގީކުރަނީ ގ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއަރޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފި

ހޯރަފުށީ އެއަރޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފި

ހޯރަފުށީ އެއަރޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފިއެވެ. އެއަރޕޯޓް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހޯރަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިއޮތީ މިއަދު 1 ޖަހާއިރުގައެވެ. ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ މިއަދުގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. މޫސުމާ ބެހޭ އިދާރާ އިން އޮތީ، އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރ...

ޔުމްނާ ޢަލީ
ސަރުކާރަށް 2 އަހަރު: ހދ. ރައްޔިތުން އަދިވެސް ފަތުރުވެރިކަމުގެ ފުރުޞަތުތަކުގެ އިންތިޒާރުގައި

ސަރުކާރަށް 2 އަހަރު: ހދ. ރައްޔިތުން އަދިވެސް ފަތުރުވެރިކަމުގެ ފުރުޞަތުތަކުގެ އިންތިޒާރުގައި

އައު ސަރުކާރަށް މިއަދު 2 އަހަރު ފުރުނީއެވެ. މިދުވަހާއި ހދ. އަތޮޅުގެ ރައްޔިތުން ބައްދަލުކުރީ އެ ރައްޔިތުން، އެ ރައްޔިތުންގެ އަތޮޅުން ލިބުމަށް އެދޭ ފަތުރުވެރިކަމުގެ އެކަށޭނަ ފުރުޞަތުތަތަކުގެ އިންތިޒާރުގައި ތިބެއެވެ. ހދ. އަތޮޅުގައި ރަނގަޅު ފަތުރުވެރިކަމުގެ ފުރުޞަތުތަކުން ރަނގަޅު ނަފާ ރައްޔިތުންގެ ޖީބަށް ނުލިބި އޮތުމަކީ ފަހަރެއްގައި ވެސް މި ސަރުކާރުގެ ބޮލުގައި އަޅުވަން އުޅޭ ތުހުމަތެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ އުންމީދު އަބަދުވެސް ގުޅިފައިވައި އޮންނާނީ، އެއިރެއްގައި އުފެދިފައި އޮންނަ ސަރުކާރާއި މ...

ޙުސައިން ޝަހުދީ
މޫސުން ގޯސްވެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

އުތުރާއިމެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ކ.އަތޮޅަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ކ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […]

ޖަލްވާން ޖާދުﷲ
ފުރަތަމަ ފާހަގަކުރި ރާއްޖެ އިސްލާމްވި ދުވަހާއި އޭގެ ފަހުން އެ ދުވަސް

ފުރަތަމަ ފާހަގަކުރި ރާއްޖެ އިސްލާމްވި ދުވަހާއި އޭގެ ފަހުން އެ ދުވަސް

ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް ހުކުރު މިސްކިތުގެ މިންބަރުގައި އެ ހުންނެވީ ހުކުރު ނަމާދުގެ ޚުޠުބާ ދެއްވާށެވެ. އޭރު އެ މިސްކިތުގައި ދިވެހި ދައުލަތް އޭރު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުލްއަޢުޒަމް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެސް ހާޒިރުވެވަޑައިގެން އިންނެވިއެވެ. ދައުލަތުގެ ވަޒީރުންނާއި އަމީރުންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ވެސް ތިއްބެވިއެވެ. އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ހުކުރު ނަމާދަށް ހާޒިރުވެ ތިއްބެވެ....

ޢަބްދުﷲ ސަޢީދު
ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އެބައޮތް، މަސައްކަތް ފަށަންޖެހޭ: އިބްރޭ

ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އެބައޮތް، މަސައްކަތް ފަށަންޖެހޭ: އިބްރޭ

ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އޮތީ ތަނަވަސްވެފައި ކަމަށާއި، އެ ސަރަޙައްދުގައި އެފަދަ މަސައްކަތެއް ފެށިއްޖެނަމަ، އެ ސަރަޙައްދުގެ އިޤުތިޞާދު ރަނގަޅުވެ، އެ ސަރަޙައްދުގެ މީހުންނަށް ވަޒީފާ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެ އެވެ. މެންބަރު އިބްރޭ މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ […]

އަލީ އާދިލް
ވިއްސާރަވުމުން ގަހަށް ލިބޭ ގެއްލުން ކުޑަކުރުން

ވިއްސާރަވުމުން ގަހަށް ލިބޭ ގެއްލުން ކުޑަކުރުން

ދިވެހިންގެ ތެރޭގައި މިވަނީ ތަފާތު ވައްތަރުގެ ގަސްހެއްދުން ވަރަށް ބޮޑަށް އާއްމުވެފައެވެ. ގިނަ ބަޔަކު ގަސްވިއްކުމުގައި ހަރަކާތްތެރިވާއިރު ވަކި އަތޮޅެއް ވަކި ރަށެއް އިސްތިސްނާ ނުވާނޭގޮތަށް ގޭގޭގެ ގޯތިތެރޭގައި ވަނީ ގަސްމުށިތައް އަތުރާލައި ނުހަނު ބޮޑަށް ޒީނަތްތެރިކޮށްލާފައެވެ. ނަމަވެސް ކޮންމެ ކަމަކީ ވެސް އެކަމުގެ ޢިލްމާއި ހުނަރު އަދި ތަޖުރިބާ ލިބިއްޖެނަމަ މާ ރަނގަޅަށް ކުރެވިދާނެ ކަމެކެވެ. މިފަހަރު މިބަލައިލަނީ ވިއްސާރަވުމުން ގަހުގެ ބުޑުގައި ފެން ގިނަވެގެން ލިބޭ ގެއްލުންތަކާއި އެފަދަ ގެއްލުންތައް ކުޑަ...

ހުބާ ޕްލާންޓްސް
ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއް ނުކުރާނަން: ފިނޭންސް

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއް ނުކުރާނަން: ފިނޭންސް

ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރާނެ ކަމަށާއި، އަދި އެ ހޮސްޕިޓަލް ރަހުނު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ. އެގޮތަށް އެ މިނިސްޓްރީއިން ބުނީ 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރުމަށް އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، އެކަން ދޮގުކޮށް މިރޭ ނެރުނު ނޫސް ބަޔާނެއްގަ އެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭ...

އަލީ އާދިލް
މޫސުން ވަރަށް ގޯސް، މެދު ރާއްޖޭތެރެއަށް ރީނދޫ ސަމާލު ނެރެފި

މޫސުން ވަރަށް ގޯސް، މެދު ރާއްޖޭތެރެއަށް ރީނދޫ ސަމާލު ނެރެފި

މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް  މޫސުން ގޯސްވެ  ކ. އަތޮޅުން ފެށިގެން މ.އަތޮޅަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ނެރުނު  ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ކ.އަތޮޅުން މ.އަތޮޅަށް  ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭގެ 23:45 އިން ފެށިގެން މިރޭ މެންދަމު 03:45 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން […]

ޖަލްވާން ޖާދުﷲ
ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 45 އަށް

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 45 އަށް

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 72 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްޕީއޭ އިން ވިދާޅުވީ މިރޭ އައިޖީއެމްއެޗް އީއާރް އަށް ގެންދިޔަ 72 އަހަރުގެ އެމީހާ ނިޔާވީ އިރުއޮއްސި 06:36 ގައި ކަމަށެވެ. އޭނާ ނިޔާވުމާއި ގުޅިގެން  ރާއްޖޭގައި އޮންނަ ސިއްހީ ޕްރޮޓޮކޯލްގެ ދަށުން އޭނާ ކޮވިޑް އަށް ޓެސްޓް ކުރެވި ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ . މިރޭ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން ރާއްޖެ އިން […]

ޖަލްވާން ޖާދުﷲ
ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް

ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް

ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅު ވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނަށް ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވަނީ ”މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި.” ވިދާޅުވެ ދުޢާ ކުރަށްވާފަ އެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އި...

ޝިއުނާ އާދަމް
ހޯރަފުށި އެއާޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާން ކޮށްފި

ހޯރަފުށި އެއާޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާން ކޮށްފި

ހޯރަފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާރޕޯޓްސް ކުންފުނިން ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ދާއިމީ މުވައްޒަފުން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މަސައްކަތު މީހުންނާއި ޑިރެކްޓަރުން އަދި އެޑްމިން ދާއިރާގެ މުވައްޒަފުންނާއި އެކައުންޓްސްގެ އިތުރުން ޑްރައިވަރުންނާއި ފަޔަރ ފައިޓަރ ފަދަ ދާއިރާތައް ހިމެނޭގޮތުން ހޯރަފުށީ އެއާޕޯޓަށް ބާރަ ދާއިރާއަކުން ނަވާރަ މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ވަޒީފާތަކަށް ފޯމު ހުށައެޅޭނެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު، 14:00 ގެ ކުރިން ރީޖަނަލް އެއާޕ...

އިބްރާހިމް ޚަލީލް