އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އަކްރަމް މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތައް، އެ ކޮމިޓީއިން ބެލުމަށް ފަހުއެވެ.

Ad
rt

އަކްރަމް އީސީގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް، އެ ކޮމިޓީއަށް ހުށަހެޅީ، އީސީގެ އަންހެން މުވައްޒަފުން ތަކެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އަކްރަމް މަގާމުން ވަކި ކުރަން ނިންމީ، އީސީގެ މުވައްޒަފުން ދިން މައުލޫމާތުގެ އިތުރުން އަކްރަމާއި ކޮމިޝަނުގެ އެހެން މެމްބަރުން ވެސް މަޖިލީހަށް ހާޒިރުކޮށް ދެއްކި ވާހަކަތަކަށް ފަހުގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 9 މެމްބަރުންގެ ތެރެއިން 7 މެމްބަރަކު ވަނީ އަކްރަމް މަގާމުން ވަކިކުރަން ވޯޓު ދެއްވައިފަ އެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.