ރިޕޯޓް ފައިޞަލް، އިޖްތިމާޢީ ހަރަކާތްތަށް ފުޓުބޯޅައިން ފެއްޓެވުމުގެ އަސްލަކީ މަރަޑޯނާ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ގިނަގުނަ އިޖުތިމާޢީ ޚިދުމަތްތަކެއް ކުރަށްވާފައިވާ، އިޖުތިމާޢީ ޚިދުމަތްތެރިއެއްކަމާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. މިއަދު މިމަޢުލޫގެ ތެރެއަށް ވަދެ، ހޯދައި ބަލައިލަން މިޖެހުނީ މިހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު، ފުޓްބޯޅައިގެ ދުނިޔެ ކަރުނުން ތެއްމާލި ޚަބަރަކަށް ވެގެންދިޔަ، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑިއޭގޯ މަރަޑޯނާ މިދުނިޔެއާއި ވަކިވެގެން ދިޔުމުން ނައިބު ރައީސް ފައިޞަލް ކުރެއް... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފި ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަސްދުވަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފިއެވެ. އެ ހޮސްޕިޓަލުގައި ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި 128 މުއައްޒަފުން މަސައްކަތް ކޮށްފަވެއެވެ. އޭގެ ތެރޭގައި 15 މެޑިކަލް ޑޮކްޓަރުންނާއި 32 ނަރުހުން ހިމެނެއެވެ. ވޭތިވެދިޔަ 11 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން އައުޓް ޕޭޝަންޓުންގެ ގޮތުގައި 28214 ބަލިމީހުން ވަނީ ޚިދުމަތް ހޯދާފައެވެ. ލެބޯޓްރީގެ ޚިދުމަތް 94969 މީހުން ހޯދާފައިވާ އިރު އެކްސް-ރޭ ނަގާފައިވަނީ 2864 ބަލިމީހުންނެވެ. އަދި ބަނޑުގައިވާ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ މަސްމާރުކޭޓް އަޅައިދޭނެ ފަރާތެއް ހޯދަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގެ ފަރާތުން އެ ރަށުގައި އެޅުމަން ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް އެ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. ކެލާގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހު 10:00 އަށް އެ ކައުންސިލަށް ވަޑައިގަނެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެ މަހުގެ 15 ވަނަ ދުވަހުގެ 13:00 އަށް އ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ޢާއިލާއަކަށް ގޯނާކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސި ގޯނާ ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. އެގޮތުން ރޭ 22:30 ގައި […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް މުޅި ދުވާފަރު ނުކުންނަނީ ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް ރ. ދުވާފަރުގައި މިއަދު މުޒާހަރާއެއް ކުރަން ނިންމައިފިއެވެ. ދުވާފަރަށް ނިސްބަތްވާ ބައެއް ފޭސްބުކް ޕޭޖްތަކުގައި މިހާރު ވަނީ މިއަދު އެރަށުގައި ”ގެވެށި އަނިޔާއާއި ދެކޮޅަށް ކުރާ މުޒާހަރާ” އެއް އޮންނާނެކަން ޢިއުލާންކޮށްފައެވެ. މިގޮތުން އެކަން ޢިއުލާންކޮށްފައިވާ ޕޯސްޓަރުގައިވާގޮތުން ދުވާފަރުގައި މިއަދު މުޒާހަރާފެށޭނީ އެރަށުގެ ”ބޮޑު ނިކަގަސް” ކައިރިންނެވެ. އަދި މި މުޒާހަރާ ފެށޭނީ މިއަދު ހަވީރު 16:00 ގައި ކަމަށް އެ ޕޯސްޓަރުގައި ބުނެފައި ވެއެވެ. އެ ޕޯސްޓަރުގައި ބ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އެކުވެރި ޢަރަބި ޢިމާރާތުން 13 ޤައުމަކަށް ވިސާ ދިނުން މަޑުޖައްސާލައިފި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން13 ޤައުމަކަށް އައު ވިސާ ދިނުން މަޑުޖައްސާލައިފިއެވެ. ޔޫއޭއީ އިން ވިސާ ދިނުން މަޑުޖައްސާލާފައިވާ ޤައުމުތަކުގެ ތެރޭގައި ގިނައީ މުސްލިމު ޤައުމުތަކެވެ. އޭގެ ތެރޭގައި އިރާން، ތުރުކީ، ސީރިޔާ، ސޯމާލިޔާ ހިމެނެއެވެ. އެ ޤައުމުގެ ސަރުކާރުން ހާމަ ކުރި ގޮތުގައި އަލަށް އެ ޤައުމުގައި ވަޒީފާ އަދާކުރަން ބޭނުންވާ މީހުން ހިމެނޭ ގޮތަށް މި ޤައުމުތަކުގެ މީހުންނަށް އައު ވިސާ ވަކި ގޮތެއް އަންގަންދެން ދުކުރުން މެދުކަނޑާލަން ވަނީ ނިންމާފައެވެ. މި […] މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ފުނަދޫ ހޮސްޕިޓަލުން މިއަދު ވަނީ ރަސްމީކޮށް އެ ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތްފަށައި، އެތެރެހަށީގެ ޑަކްޓަރެއް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފެއްޓެވިކަން ހާމަކުރަށްވާފައެވެ. ފުނަދޫ ހޮސްޕިޓަލްގައި އަލަށް މިފެށުނު ޚިދުމަތާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުން” އަށ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" އުންމީދު، ވައިކާންޓްވީ، ބްލޮކް އަދި ލެޖެންޑްސް ފައިނަލަށް ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލަށް ޓީމް އުންމީދާއި ވައިކާންޓްވީ އަދި ފިރިހެން ކެޓަގަރީގެ ފައިނަލަށް ޓީމް ލެޖެންޑްސްއާއި ޓީމް ބްލޮކް ދަތުރު ކޮށްފިއެވެ. 25 ނޮވެމްބަރ 2020 ވީ ބުދަ ދުވަހު މި މުބާރާތުގެ ސެމީފައިނަލު މެޗުތައް ކުޅެ ނިމިފައިވާއިރު، މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލަށް ޓީމް ލެޖެންޑްސް ދަތުރު ކޮށްފައިވަނީ ޓީމް ބުނެލާނެ ގެ މައްޗަށް، ތިންސެޓް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި އެވެ. މިއަދު ފަނޑިޔާރުން އައްޔަންކޮށްފައިވާ އުތުރުގެ މެޖިސްޓްރޭޓް ކޯޓްތަކަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މީގެ އިތުރުންވެސް 6 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް ވަނީ މެޖިސްޓްރޭޓުން އައްޔަނު ކޮށްފަ އެވެ. އެއީ ގދ. ތިނަދޫ، ރ. މަޑުއްވަރި އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ބުނެފައިވަނީ، މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. އަތޮޅު ފުނަދޫއާއި މާއުނގޫދޫ އަދި ފޭދޫގައި ކަމަށެވެ. އެގޮތުން ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް އެރަށުގައި މަސްތު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙް، އެމްއެންޑީއެފްގެ ''ދަ ބޭސިކް ސްކޫލް'' ހުޅުއްވައިދެއްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވައިފިއެވެ. އެ މަނިކުފާނު މި ސްކޫލް ހުޅުއްވައިދެއްވާފައި ވަނީ، ޅ. މާފިލާފުށްޓަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރު މާފިލާފުށީގެ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ. ޓީ.ބީ.އެސް.އަކީ އެމް.އެން.ޑީ.އެފް.ގެ އެޑިއުކޭޝަން ކޮމާންޑްގެ ދ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް އެއްގަމު އުޅނަދުތަކުގައި ހުންނަންޖެހޭ ސްޓިކާތައް އެއް އޮފީހަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ: ވަޙީދު އެއްގަމު އުޅނަދުތަކުގައި ހުންނަންޖެހޭ ސްޓިކާތައް ހޯދުމަށް ރައްޔިތުން ޖެހެނީ އެއް ދުވަހު އެއް އޮފީހަށް، އަނެއް ދުވަހު އަނެއް އޮފީހަށް ދުވަން ކަމަށާއި، އެ ސްޓިކާތައް އެއް އޮފީހަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭ ސްޓޭޑިއަމްގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި ހުޅުމާލޭގައި ތަރައްގީކުރާ، “ދަ އިންޓަރނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމް ޕްރޮޖެކްޓް” ގެ ފްރޭމްވާރކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، އިއްޔެ މި އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާއި އެކުގައެވެ. ޕްލޭނިން ނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމް ކުރުމުން ފައިދާވަނީ ކިތައް ރައްޔިތުންނަށްތޯ ވިސްނާލަންޖެހޭ: ޔާސިރު ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމް ކޮށްފައިވާއިރު، އެކަމުން ފައިދާވަނީ ކިތައް ރައްޔިތުންނަށްތޯ ވިސްނާލަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުން ޔާސިރު ވިދާޅުވީ، ކަންކަން ނިންމަން ވާނީ މި ޤައުމުގެ އެންމެ އާދައިގެ މީހާއަށ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ވަޢުދުވެފައި ވަޢުދު ފުއްދޭނީ މިހާކަންވަރަށް: އުޝާމް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް 1 ވަނަ އިސްލާޙް ގެނައުމުގެ ގާނޫނު އުވާލުމުގެ ގާނޫނު އިއްޔެ މަޖިލިސްއިން ފާސްނުވުމުން، ވަޢުދުވެފައި ވަޢުދު ފުއްދޭނީ ދެން މިހާކަންވަރަށް ވިދާޅުވެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ. އެ ބިލަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވިއްވި ބިލެކެވެ. އެ ބަލުގެ މަސައްކަތް ލަސްވެ، އެ ބިލު މަޖިލިސްގައި ޕާކުކޮށްފައި ބާއްވާތީވެސް އުޝާމް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން