ރާއްޖެ އިންޓަރނެޓް އަގު ހެޔޮކުރަން އޮޕަރޭޓަރުން އެއްބަސް ކުރުވިން، ނުކުރީ އެމްޑީޕީ ވަޒީރަކަށް ނުވީމަ: މަލީހް އިންޓަރނެޓް އަގު ހެޔޮކުރަން އޮޕަރޭޓަރުން އެއްބަސް ކުރުވިންކަމަށާއި އެމްޑީޕީ ވަޒީރަކަށް އެކަން ނުވީމަ ނުކުރީކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ. މަލީހް މިހެން ވިދާޅުވެފައިވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ސަރުކާރުން ފުއްދާފައިވާ ކަމަށް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެފައި ވަނިކޮށް އެކަމަށް ރައްދުދެއްވާ ކުރެއްވި ޓުވިޓެއްގަ އެވެ. މަލީހް މިނިސްޓަ... އާއިޝަތު ރަފާހް ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ރާއްޖެ އާއި މެޑްރިޑާ ދެމެދު ސީދާ ދަތުރުތައް ފަށަނީ ރާއްޖެ އާއި ސްޕެއިންގެ ވެރިރަށް މެޑްރިޑާ ދެމެދު ސީދާ ދަތުރުތައް ބާއްވަން ސްޕެއިންގެ އެއާލައިނެއް ކަމަށްވާ އައިބީރިއާ އެއާލައިނުން ނިންމައިފި އެވެ. ހޫނު މޫސުމާ ދިމާކޮށް ފަށާ މިދަތުރުތައް އަންނަ ޖުލައި މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް ކޮންމެ ހަފްތާއަކު 2 ދަތުރު ބާއްވާނެކަމަށް އައިބީރިއާ އެއާލައިނުން ވަނީ އިއުލާންކޮށްފައިވެއެވެ. އައިބީރިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމިކަން ހާމަކުރައްވަމުން އެ އެއާލައިންގެ އެގްޒެކެޓިވް ޗެއާމަން ހަވިއޭރު ސަންޗޭޒް ޕްރިއެޓޯ ވިދާޅުވެފައި ވަނީ، ރާއް... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ރާއްޖެ މިދިޔަ އަހަރު 14 މިސްކިތެއް އުވާލި މިދިޔަ އަހަރު ރައްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 14 މިސްކިތެއް އުވާލާފި އެވެ. އިސްލާމިކް މިނިސްޓްރީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ އުވާލި 14 މިސްކިތުގެ ތެރެއިން 13 މިސްކިތަކީ އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ މިސްކިތްކަމަށެވެ. އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ 13 މިސްކިތްތައް އުވާލާފައިވަނީ މިސްކިތުގެ މުދިމު ރިޓަޔަރވުމާ ގުޅިގެންނެވެ. މީގެއިތުރުން ފ. މަގޫދޫ ފިރިހެނުން ނަމާދުކުރާ ހުކުރު މިސްކިތް އުވާލާފައިވަނީ އެ ރަށުގައި އަލަށް ހުޅުވި މަސްޖިދުލް އިސްރާގައި ނަމ... އާއިޝަތު ރަފާހް ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑްއާއި ގުޅިގެން ދޭން ވައުދުވި އެލަވަންސް ނުލިބޭ: އެމްއެޗްޕީޔޫ ކޯވިޑް-19 ގެ ހާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ވައުދުވި “ފްރޮންޓްލައިން އެލެވެންސް” ބައެއް ވޮލެންޓިއަރުންނާއި މުއައްޒަފުންނަށް ނުލިބި އެތައް މަހެއް ފާއިތުވެގެން ހިނގައްޖެ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ލަސްކުރުމެއް ނެތި ކޮންމެ މުވައްޒަފަކަށް ވެސް އެމުވައްޒަފަކު ކުރި މަސައްކަތެއްގެ އުޖޫރަ ލިބުން އެއީ ޙައްޤެއް ކަމަށެވެ. ނަމަވެސް އެޙ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ވިޔަފާރި ޗައިނާގެ އިގްތިސާދު ރެކޯޑު އަދަދަކަށް ކުރިއަރައިފި ޗައިނާގެ އިގްތިސާދު ރެކޯޑު އަދަދަކަށް ކުރިއަރައިފިއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ގައުމުގެ އިގްތިސާދު ވަނީ 18.3 އިންސައްތަ ކުރި އަރައިފަ އެވެ. މިއީ 1992 ވަނައަހަރު އެގައުމުން ކޮންމެ ކުއާޓަރެއްގެ އިގުތިސާދީ ކުރިއެރުން ރެކޯޑު ކުރަން ފެށި ފަހުން އެގައުމުގެ ޖީޑީޕީއަށް އެހާ ބޮޑު ތަފާތެއް އައި ފުރަތަމަ ފަހަރެވެ. އެ ގައުމުގެ އިގްތިސާދު ރެކޯޑު އަދަދަކަށް ކުރިއެރި ނަމަވެސް އެއީ ރޮއިޓާސް އާއި ވޯލް ސްޓްރީޓް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މެމްބަރު ވަހީދަށް މަރުގެ އިންޒާރުދޭކަމަށްބުނެ އެކަން ތަހުގީގުކުރުމަށް އެމްޑީޕީއިން ގޮވާލައިފި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކެމްޕޭން ތަގުރީރެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން އަމަލުތަކެއް ހިންގަމުންދާކަމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފި އެވެ. ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި މަގުމަތީ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ވަހީދު ވަނީ މީހުން މެރު... އާއިޝަތު ރަފާހް ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ، ކުރީގެ ވަޒީރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހީމް ކަލޭފާނު (ނާއިލާ މިސް) އަވަހާރަ ވެއްޖެ އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ72 އަހަރެވެ. ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭފާނު (ޑީއައިކޭ) ގެ ދޮށީ ދަރިކަނބަލުން ނާއިލާ އަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގެ އިނ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ކުޅިވަރު އެވަޓަންއާއި ޓޮޓެންހަމްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ އެވަޓަންއާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި، ލަނޑެއްޖަހައި ފުރަތަމަ ލީޑު ނެގީ ޓޮޓެންހަމުންނެވެ. އެއީ މެޗްގެ 27 ވަނަ މިނެޓުގައި ޓަންގުއީ އެންޑޮމްބެލޭ ހުރަސްކޮށްދިން ބޯޅައަކުން ކޭން ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް މެޗްގެ ނަތީޖާ ހަމަހަމަވާން މާގިނައިރެއް ނުނެގިއެވެ. މިގޮތުން އޭގެ 4 މިނިޓް ފަހުން އޭރި... ހުސައިން ހަބީބް · 5 އަހަރު ކުރިން
ރާއްޖެ ޝާހިދު އިންޑިއާގައި، 33 ގައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ޖުމްލަ 33 ގައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރު ޝާހިދު ދިއްލީގައި ތިއްބަވާ 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާ ބައްދަލު ކުރަށްވާފައިވާއިރު، އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ. ޝާހިދު ވަނީ، އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިސް ބޭފުޅުންނާއ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެ، ޢަދަދު 69 އަކަށް މިއަދު އަނެއްކާވެސް ރާއްޖެއިން އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ހަވީރު ނިޔާވީ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ ޙާލުބޮޑުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ވިދާޅުވެ އެވެ. އެމީހާ ނިޔާވީ މިއަދު 16:00 ހާއިރުއެވެ. މިމީހާ ހޮސްޕިތަލަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތްކަމަށާ، ގެންދިޔަތާ ކުޑަ އިރުކޮޅެެއްގެތެރޭގައި ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މި... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ސިޔާސީ ބާރުވެރިކަމަކީ ހުވަފެނީ ބާރުވެރިކަމެއްކަން ޤަބޫލުކުރަށްވާ: ސަޢީދު ސިޔާސީ ބާރުވެރިކަމަކީ ހުވަފެނީ ބާރުވެރިކަމެއްކަން ޤަބޫލުކުރަށްވުމަށް، ފެނަކައިގެ މެނޭޖިންޑިރެކްޓަރި އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ. އެމްޑީ ސައީދު މި މޭރުމުން ވިދާޅުވެފައި ވަނީ، ކުރެއްވި ޓްވީޓެއްގަ އެވެ. ސައީދު ވިދާޅުވީ، ހަސަދަވެރިކަމާއި ޒާތީ ތައައްސުބުން އެއްކިބާވެތިބެ، ރައްޔިތުންގެ އިހްސާސްތަކަށް އޯގާތެރިކަމާއެކު އިޚްލާޞްތެރި ހިތަކާއެކު ޚިދުމަތް ދެވިގެން މެނުވީ ކުރިމަގު އުޖާލާ ނުވާނެ ކަމަށެވެ. “ހަސަދަވެރިކަމާއި ޒާތީ ތައައްސުބު އެއްކިބާކޮށް ރައްޔިތުންގެ އިހްސާސްތަކަށް އޯގާތެރިކަމާއ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ރިސޯޓު މުވައްޒަފުންވެސް 2 ޑޯޒް ހަމަކޮށް، 2 ހަފްތާ ވުމުން ކަރަންޓީނު ވާކަށް ނުޖެހޭ! ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ކަރަންޓީނުނުވެ ރަށަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ޓޫރިޒަމް މިނިސްޓަރީއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހުގައި މީހުން ދިރިއުޅޭ ރަށްރަށަށް 14 ދުވަސް ފަހުން ކަރަންޓީނު ނުވެ ދެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ މުވައްޒަފުން ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކާ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލްތަކަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ހިސާބު ރިޕޯޓް ބުނާގޮތުން ދައުލަތުގެ ބަޖެޓުން މި އަހަރު ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް 450.3 މިލިއަން ރުފިޔާ ކައުންސިލްތަކަށް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ވަނަ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ 3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި 3 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އީސީއިން، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް މަޝްވަރާކޮށްފައެވެ. އެ ތިން ފޮއްޓަކީ މިހާތަނަށް ނަތީޖާ ކަނޑަނާޅާ ތިން ފޮއްޓެވެ. އެ ތިން ފޮއްޓަކީ، މ. މުލައް، މ. މުލި އަދި ފ. ނިލަންދޫ ވޯޓު ފޮއްޓެވެ. އީސީއާއި، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ދީމާ ދުނިޔޭގެ ޓީޓީ ޔޫތު ރޭންކިންގެ ގަދަ 10ގައި ހިމެނިއްޖެ ރާއްޖޭގެ ޓޭބަލް ޓެނިސް ގައުމީ ޗެމްޕިއަން އުމުރުން 13 އަހަރުގެ ފާތިމަތު ދީމާ އަލީ ދުނިޔޭގެ ޓޭބަލް ޓެނިސް ޔޫތު ރޭންކިންގެ ޖޫނިއާ ކެޓަގަރީން ގަދަ 10 ކުޅުންތެރިން ތެރޭގައި ހިމެނިއްޖެއެވެ. މިގޮތުން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އާންމުކޮށްފައިވާ ރޭންކިންގައި ދީމާ ހިމެނިފައިވަނީ ޔޫތު ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ 8 ވަނައިގަ އެވެ. މިކާމިޔާބީ ފާހަގަކޮށް ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ޓީޓީ އަށް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން