ޗައިނާގެ އިގްތިސާދު ރެކޯޑު އަދަދަކަށް ކުރިއަރައިފިއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ގައުމުގެ އިގްތިސާދު ވަނީ 18.3 އިންސައްތަ ކުރި އަރައިފަ އެވެ. މިއީ 1992 ވަނައަހަރު އެގައުމުން ކޮންމެ ކުއާޓަރެއްގެ އިގުތިސާދީ ކުރިއެރުން ރެކޯޑު ކުރަން ފެށި ފަހުން އެގައުމުގެ ޖީޑީޕީއަށް އެހާ ބޮޑު ތަފާތެއް އައި ފުރަތަމަ ފަހަރެވެ.
އެ ގައުމުގެ އިގްތިސާދު ރެކޯޑު އަދަދަކަށް ކުރިއެރި ނަމަވެސް އެއީ ރޮއިޓާސް އާއި ވޯލް ސްޓްރީޓް ޖާނަލުން، އިކޮނޮމިސްޓުންގެ ހިޔާލު ހޯދުމަށް ނެގި ޕޯލުން އެގައުމުގެއިގުތިސާދު ކުރި އަރާނެ ކަމަށް ލަފާ ކުރި މިންވަރަށް ވުރެ ދަށް އަދަދެކެވެ. އެގޮތުން އިކޮނޮމިސްޓުން ލަފާ ކުރި ގޮތުގައި އެގައުމުގެ ޖީޑީޕީ 19 އިންސައްތަ ކުރިއަރާނެއެވެ.
ޗައިނާގެ އިގުތިސާދު ރެކޯޑު މިންވަރަކަށް ކުރި އެރި ކަމަށް ދައްކަނީ މިދިޔަ އަހަރު ރެކޯޑު މިންވަރަކަށް ޖީޑީޕީ ދަށްވުމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަކުއާޓަރުގައި އެގައުމުގެ އިގުތިސާދު 6.8 އިންސައްތަ ދަށަށް ދިޔައެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާ އިރު މިއަހަރުގެ ފުރަތަމަ ތިން މަހު އެގައުމުގެ އިގުތިސާދު ކުރި އަރާފައި ވަނީ އެންމެ 0.6 އިންސައްތައެވެ.
ޗައިނާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ އިގުތިސާދަށް ލިބުުނު ގެއްލުމުން އެގައުމު މިހާރު ދަނީއަރައިގަންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!