ތިލަދުންމަތީ ޚަބަރު ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ކުއްވެރިކޮށް، ދިއްދޫ ކައުންސިލުން ބަޔާނެއް ނެރެފި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ކުއްވެރިކޮށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ނޫސް ބަޔާނެއް ނެރެފި އެވެ. މިއީ ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުން އިންތިހާބުވެ ހުވާކުރެއްވުމަށްފަހު އެކައުންސިލުން ނެރުނު ފުރަތަމަ ބަޔާނެވެ. އެކައުންސިލުން މިއަދު ނެރުނު އެބަޔާނުގައި ބުނެފައިވަނީ، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ ނިޔަތުގައި، 6 މޭ 2021 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނުގެ ގެކޮޅު ކައިރިން ކާރަށް އަރާ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ކޮލަމް ލޯބިވާ މީހަކު މަރުވެގެން މާބޮޑަށްދެރަވެ ދިރިއުޅުން ހުއްޓޭހިސާބަށް ދާނަމަ މިވާހަކަ ކިޔާލާ! އިސްލާމީ ދިގު ތާރީޚުގެ ތެރެއިން ފާހަގަ ކުރެވޭ ވަރަށް މުހިންމު ޝަޚުސިއްޔަތެކެވެ. ތިން ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންގެ ބައްޕައެކެވެ. ފުރަތަމަ ފިރިހެން ދަރިފުޅަށް ގާތްގަނޑަކަށް ދެއަހަރު ވީތަނާ އެލޯބި ލޯބި ދަރިފުޅު މިދުނިޔެއާ އަލްވަދާޢު ކިޔެވެ. އޭރު އެއީ ކިރުބޯ ކުއްޖެކެވެ. އެންމެ މަޖާ އުމުރެވެ. މަންމައާ ބައްޕައާއެކު ކުޅެހަދާ، ބަސްބަސް ކިޔައި، ކުދިކުދި ޖުމްލަ ހަދައިގެން މަޖާ ވާހަކަތައް ދައްކާ އުމުރެވެ. އެހެންނަމަވެސް އަޖަލު އައިސް ޖެހުމުން ލަސްކުރުމެއް ނުވެއެވެ. މަލަކުލް މަވްތު […] ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫއިން އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ ހއ. މުރައިދޫއިން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 7 އަށް އަރައިފިއެވެ. ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވް މެއި 18 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެއްކަމަށެވެ. އަދި މީހާއަކީ މިފަހުން ދަތުރެއް ވެސް ނުކޮށް، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. މުރައިދޫ ކައުންސިލުން ހާމަކުރަށްވާފައިވާ އެރަށުގެ އެންމެފަހުގެ ކޯވިޑްގެ ހާލަތު […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ޕާޓީގެ މަގާމުތަކުން އީސަ އެކަހެރިކޮށް ތަޙްޤީޤު އަވަސްކުރުމަށް އެމްޑީޕީން ގޮވާލައިފި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) މަގާމުތަކުން ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަޙްމަދު ޢީސާ އެކަހެރިކޮށް ތަޙްޤީޤު އަވަސްކުރުމަށް އެޕާޓީން ގޮވާލައިފި އެވެ. އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާކަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ޚަބަރު ބައެއް މެމްބަރުން މެޑަލްޖަހަން އެހެން މެމްބަރުންގެ އަބުރު ކަތިލާ: ޝިފާޢު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހއ. އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ހާޒިރުނުވި ސަބަބު ސާފުކޮށްދެއްވައިފި އެވެ. ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކި ކުރަން މިއަދު ތާވަލުކުރި މައްސަލަ ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވި، އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ. މިކޮމެޓީއަށް މިއަދު ހާޒިރުނުވާ މެންބ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން ފަސްކޮށްފި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅީފަޅު)ގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ކޯވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މި ހިނގާ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ށ. ފުނަދޫން މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރެވިފައިވަނީ 31 އަހަރުގެ މީހެއްކަމަށެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު މި މަހުގެ 19 ވަނަ ދުވަހުކަމަށް ފުލުހުން މަޢުލޫމާތުދެއެވ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި އިސްދޫ ބަނދަރުގެ 85 އިންސައްތަ މަސައްކަތް ނިންމާލައިފި ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީނިންމާލައިފައެވެ. ޕްލޭނިން މިނިސްޓްރީން އިސްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 34.7 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 230 މީތަރުގެ ސަރަހަެއްގެ އެއްގަމު ތޮށި ލައ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫއިން ބަލީގެ އަލާމާތް ހުރެގެން ޓެސްޓް ކުރި ދެމީހަކު ޕޮޒިޓިވްވެއްޖެ ށ. ފޯކައިދޫ ހޯމް ކަރަންޓީނުގައި ތިބި ދެމީހެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ފޯކައިދޫ ސިއްހީ މަރުކަޒުން ހާމަކުރެއްވި ގޮތުގައި، އެ ދެމީހުންނަކީ މިމަހުގެ 16 ވަނަ ދުވަހު މާލޭން ފޯކައިދުއަށް ގޮސް ހޯމް ކަރަންޓީންގައި އެއް ގޭގައި ތިބި ދެ މީހުންނެވެ. އެ ދެމީހުންގެ ކިބައިން ބަލީގެ އަލާމާތް ފެންނަން ފެށުމުން އެ މައުލޫމާތު ސިއްހީ މަރުކަޒާއި ހިއްސާ ކުރީ ވެސް އެ ދެމީހުންނެވެ. “ކޯވިޑްގެ ޢަލާމާތްތައް ފެންނަ ކަމަށް އެ ދެފަރާުތުން މަޢްލޫމާތު ދިނުމުން 19 […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނަން އަމުރެއް ނުކުރެވޭނެ: ހައި ކޯޓް ހއ. ފިއްލަދޫ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން އެވެ. އޭނާ އެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުއާ ވާދަކޮށް އެއް ވޯޓުގެ ތަފާތުންނެވެ. ރައީސްގެ ވޯޓު އަލުން ގުނަން އަމުރުކޮށްދޭން އެދި އިރުޝާދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގަައި […] ތިލަދުން · 5 އަހަރު ކުރިން
ޚަބަރު ތުޙްމަތުތަކަށް އިންކާރުކޮށް، އިޖުތިމާއީ ކޮމިޓީގެ މުޤައްރިރުކަމުން ޢީސަ އިސްތިއުފާ ދީފި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ޢީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުޙްމަތުތަކަށް އިންކާރުކޮށް، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާ ދީފި އެވެ. އީސަ އިސްތިއުފާދެއްވިކަން އިޢުލާންކޮށްފައިވަނީ މިއަދު ނެރުއްވި ބަޔާނެއްގަ އެވެ. މަޖިލީހުގެ ރަސްމީ ލެޓަރ ހެޑްގައި ނެރުއްވި މި ބަޔާނުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުންދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މު... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ރޭ ދަރަވަންދޫން ހައްޔަރުކުރި ފާތިހުގެ ބަންދަށް 15 ދުވަސް ޖަހައިފި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 6 ވަނަދުވަހުދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރޭގެ ވަގުތެއްގައި ބ. ދަރަވަންދޫން ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހުގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ. ލ.ގަން / ދުންފިނިއުފާ، އަހުމަދު ފާތިހު (23 އަހަރު) ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ ބ. ދަރަވަންދޫގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ހިންގި އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރުމަށްފަހު އޭނާ ވަނީ މިއަދު މާލެ ގެނެސްފައެވެ. ފާތިހުއަކީ ރައީސް މުހައްމަދު ނަޝީދަށް އަވަހ... ތިލަދުން · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މޯދީ، ޕާކިސްތާނުން އޮކްސިޖަންގެ އެހީ ހޯދަން ދެކޮޅު އިންޑިއާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާއިރު އެ ގައުމުގައި ދިމާވެފައިވާ އޮކްސިޖަންގެ މައްސަލައަށް ހައްލު ހޯދުމަށް ޕާކިސްތާނުގެ އެހީ ހޯދަން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެކޮޅު ހައްދަވައިފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އިންޑިއާއަށް ދިމާވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމަށް އޮކްސިޖަން ފޮނުވަން ނިންމާފައެވެ. އެގޮތަށް ނިންމީ މިދިޔަ އޭޕްރިލް މަހުގެ 25ވަނަ ދުވަހުގައެވެ. ޕާކިސްތާނުގެ މި ނިންމުމާއެކު އިންޑިއާ ޕަންޖާބުގެ ޗީފް މިނިސްޓަރު ވަނީ އެ ސަރަހަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ނެއްލައިދޫ ބަނދަރުގެ ބޮޑުބައި ނިންމާލައިފި ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް އެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު ބަނދަރުގެ ޕޭވްމަންޓު ހެދުމުގެ މަަސައްކަތުގެ 86 އިންސައްތަމަސައްކަތް ވަނީ ނިންމާލާފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47.6 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކޮށް، 331 މީޓަރު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫއިން 63 މީހަކު ބަލިން ރަނގަޅުވެ، ޕޮޒިޓިވްވި ޖުމްލަ 114 ގައި ހއ. ދިއްދޫއިން އިތުރު 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ ޢަދަދު 114 އަށް އަރައިފިއެވެ. އެރަށުން މިހާތަނަށް 63 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެބަލީގައި އެރަށުން އެކަކު ވަނީ ނިޔާވެފަ އެވެ. ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެމީހާ މިހާރު ބަލިން ރަނގަޅުވެފަވައެވެ. އެ ކޭހާއި ގުޅިގެން ޕޮޒިޓިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން