ކުޅިވަރު ޔުރޯ 2020: ޖަރުމަނު އަތުން ފުރާންސަށް ހަނި މޮޅެއް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ދެވަނަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ޖަރުމަނު ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ފުރާންސުން ކާމިޔާބު ކޮށްފިއެވެ. ޖަރުމަނުގެ މިޔުނިކްގައި ހުންނަ އެލިއާންޒް އެރީނާ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ފްރާންސްގެ މިޑްފީލްޑަރ ޕޮގްބާ ޖަރުމަނުގެ އޭރިއާތެރޭ ހުހަށްހުރެ ބޮލުން ފޮނުވާލި ހަމަލާ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަހަކަށްވުރެ ގިނަދުވަސްފަހުން ގޮއިދޫ މޮނިޓަރިން އުވާލައިފި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ށ. ގޮއިދޫ މޮނިޓަރިން އުވާލައިފި އެވެ. ގޮއިދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 1 މަސްދުވަހަށް ވުރެ ގިނަދުވަސް ފަހުންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ހާލަތުން ވީއްލީ މިރޭގެ 22:28 އިން ފެށިގެންނެވެ. ގޮއިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެރަށުން ނެގުނު ރެންޑަމް ސާމްޕަލްތަކުން ބައެއް ސާމްޕަލްތައް ޕޮޒިޓިވްވުމުންނެވެ. […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ކުޅިވަރު ޔޫރޯ 2020: ރޮނާލްޑޯގެ ރެކޯޑާއިއެކު ޗެމްޕިއަން ޕޯޗުގަލް ފެށުން ރަނގަޅު ކޮށްފި ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާއި ހަންގޭރީ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ޕޯޗުގަލް ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ހަންގޭރީގެ ކެޕިޓަލްސް ސިޓީގައި ހުންނަ ބުޑަޕެސްޓް ސްޓޭޑިއަމްގައި 60000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޕޯޗުގަލްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ހަންގޭރީގެ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކް ގެ ރައީސާއަށް، ޑރ. ފަރަހަނާޒް ފައިޒަލް ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްގެ ރައީސާއަށް ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް މިއަދު ހަމަޖައްސަވައިފިއެވެ. އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވުނު ހަފްލާގައި އެކަމަނާއާއި ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ މިސް. ލިންޑާ ސްކޮޓްއެވެ. ޑރ. ފަރަހަނާޒް ފައިޒަލްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބުއަކަށް... ތިލަދުން · 5 އަހަރު ކުރިން
ވިޔަފާރި ފުޅަދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެނެސްފި ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓު މިހާރު އެ ރަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނިގޮތުގައު މި މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 51،861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 108 މ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ކޮރަޕްޝަން ހިންގި ކަމަށްބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް: ފެނަކަ ކޮރަޕްޝަނުގެ ތުހުމަތުކޮށް ފަތުރަމުން އަންނަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ކޮރަޕްޝަން މައްސަލަތަކެއް އުޅެ ކަމަށް ބައެއް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ފެތރެން ފެށުމުންނެވެ. މިކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް އަދި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ފުރަތަމަ ފަހަރަށް ވަކަރުން ހަދާފައިވާ އުޅަނދެއް ޖައްވަށް ފޮނުވާލަން ތައްޔާރުވަނީ ފުރަތަމަ ފަހަރަށް ވަކަރުން ހަދާފައިވާ އުޅަނދެއް ޖައްވަށް ފޮނުވާލަން ތައްޔާރުވެއްޖެއެވެ. ފިންލެންޑުގެ އާކްޓިކް އެސްޓްރޯނޮޓިކްސް އިން ތައްޔާރުކުރާ މި އުޅަނދަކީ ވަކަރުން ހަދާ ދުނިޔޭގެ ފުރަތަމަ ސެޓެލައިޓެވެ. ހަތަރު އިންޗީގެ މި ސެޓެލައިޓުގައިބޭނުން ކުރަނީ ވީސާ ނަމަކަަށް ކިޔާ ހާއްސަ ފްލައިވުޑެކެވެ. މި ސެޓެލައިޓު ޖައްވަށް ފޮނުވާލަނީ ޓެސްޓުތަކެއް ހެދުމަށެވެ. އެގޮތުން، ޖައްވުގައި ވަކަރު ކިހާ ދުވަހަކު ހަލާކުނުވެ ހުންނާނެތޯ މި ދިރާސާގައި ބަލާނެއެވެ. ސެޓެލައިޓު ޖައްވަށް ފޮނުވާލުމުގެ ތައްޔާރީތައް ވަމުން އަން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫއިން ސިފައިންގެ ދެ މީހަކު ޖޫރިމަނާކޮށް ކަރަންޓީނަށް ހދ. ހަނިމާދޫގައި ކަރަންޓީން ކޮށްފައިވާ ގެއަކަށް ހުއްދަ ނުހޯދާ ސިފައިންގެ ދެ ބޭފުޅަކު ވަތް މައްސަލައެއް ފެންމަތިވެއްޖެއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގައި މަސައްކަތް ކުރައްވާ ސިފައިންގެ މި ދެ ބޭފުޅުން ވަދެފައިވަނީ ހަނިމާދޫ، ނޫވިލު ކިއާ ގެއަކަށެވެ. އެ ގެއަކީ މި މަހުގެ ފަސްވަނަ ދުވަހު ހަނިމާދޫއިން ކޯވިޑަށް ޕޮޒިޓިވްވި، ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ޑރ. ވަހީދު ގެ ތިން ބޮޑީގާޑުން ކަރަންޓީން ކުރެވިފައިވާ ގެއެވެ. މިއަދުގެ ވަގުތެއްގައި މި މައްސަލަ ފެންމަތިވެފައިވާއިރު، […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތިން "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު ބަަލައިގަތުމަށް "ނޫނެކޭ" ބުނީ މޮސްޓާ އެކަނި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ބ.ތުޅައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސޭނު ހުށަހަޅާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަތުމަށް، ބޮޑު ތިލަދުންމަތީގެ މެންބަރުންގެ ތެރެއިން “ނޫނެކޭ” ބުނީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުގައި ބޮޑު ތިލަދުންމަތީގެ 15 މެންބަރުން ތިއްބެވިއިރު، މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެފައިވަނީ 7 މެންބަރުންނެވެ. މީގެތެރެއިން 6 މެންބަރުން ފެންނަކަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި މާލެ، ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލެއް މާލެ އާއި ހުޅުމާލޭގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ސްޓޭޝަންތަކުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހިދުމަތް ދޭނީ ހެނދުނު 8:30ންހަވީރު 4:00 ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ ހެނދުނު 8:30ން 11:30އަށް އަދި މެންދުރު 2:00ން ހަވީރު 4:00 ކަމަށެވެ. މި ބަދަލު ގެނައީ މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރެމުންދާތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އެމްޑަބްލިއުއެސްސީން އައިޖީއެމްއެޗުގައި ޓެކްސީ ސްޓޭންޑެއް މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އައިޖީއެމްއެޗުގައި ޓެކްސީ ސްޓޭންޑެއް ހަދައިފިއެވެ. އެކުންފުނިން މި ޓެކްސީ ސްޓޭންޑް ހެދީ އެ ކުންފުނީގެ ގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އައިޖީއެމްއެޗްގެ މައި ދޮރާށި ކުރިމައްޗަށް ވާގޮތަށް ހަދާގައިވާ މި ޓެކްސީ ސްޓޭންޑަކީ 1.25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޓެކްސީ ސްޓޭންޑެކެވެ. އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޓެކްސީ ސްޓޭންޑެއް ހެދީ އައިޖީއެމްއެޗް ދޮރާށި ކައިރިން ޓެކްސީގެ ހިދުމަތް ހޯދަންއާއްމު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ކޮޕާ އެމެރިކާ: އާޖެންޓީނާ އެއްވަރުވިއިރު ޕެރަގުއޭ ފެށުން ރަނގަޅުކޮށްފި ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޕެރަގުއޭއިން ބޮލީވިއާ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ހޯމަ ދުވަހުގެ ރޭ އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު އާޖެންޓީނާއިން ވަނީ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
މަޖިލިސް މިގައުމުގައި ދީނަށް ފުރައްސާރައެއް ނުކުރޭ، އިތުރު ދީނެއް ފަތުރާކަށްވެސް ނޫޅޭ: ޖާބިރު ދިވެހިރާއްޖޭގައި ދީނަށް ފުރަށްސާރަ ކުރާމީހުން އުޅޭކަން ނުދެނެހުރި ކަމަށާއި، މި ގައުމުގައި އިތުރު ދީނެއް ފަތުރަން އެއްވެސް ބަޔަކު ނޫޅޭކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު ޢަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް “ނަފްރަތުގެ އަމަލު ހިންގުން” ނަމުގައި މާއްދާއެއް އިތުރު ކުރަން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އިބުތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މިގޮތުން އޭނާ ހުވަދު އަތޮޅުގައި ހައްދަވަމުން ގެންދަވާ ރިސޯޓުގެ ގޮނޑު ދޮ... އަލީ އާދިލް · 5 އަހަރު ކުރިން
މަޖިލިސް "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށް ހިމަނައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގެންފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި މި ބިލުގެ އިބުތިދާއީ ބަހުސްގެ މަރުހަލާ ވަނީ ކުރިއަށް ގެންގޮސް، ބިލު ބަލައިގަތުމާއި މެދު ތަޅުމުގައި […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ފޯނު ފިހާރައެއްގެ ފުރާޅުން ޓިނުނަގައިގެން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި މާލޭ ސިޓީގެ ފޯނު ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެންވަދެ، ފޯނުތަކެއް ވަގަށްނެގި ދެ މީހަކު، ފޯނުތަކާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި/ކްރެސްޓް، ޢަލީ ފައުޒާންއާއި، ތ. ތިމަރަފުށި/މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ. މި ދެ މީހުންގެ އުމުރަކީ ވެސް 31 އަހަރެވެ. މި ދެމީހުން ފޯނުތައް ވަގަށް ނެގީ މާލޭ ސިޓީގެ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެންނެވެ. އެ ދެމީހުން ވަނީ އެ ފިހާރައަށް ވަދެ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން