މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޔޫރޯ 2020: ނެދަލެންޑްސް ކަޓުވާލައި ޗެކްރިޕަބްލިކް ކުއާޓާއަށް

ޔޫރޯ 2020: ނެދަލެންޑްސް ކަޓުވާލައި ޗެކްރިޕަބްލިކް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ނެދަލެންޑްސްއާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެކްރިޕަބްލިކް ޖާގަ ހޯދައިފިއެވެ. ހަންގޭރީގެ ބުޑަޕެސްޓް ޕުސްކަސް އެރީނާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނެދަލެންޑްސްގެ ޑަމްފްރައިސް އަދި މެންފިސް ޑިޕޭއަށް ލަނޑު ޖަހާނެ ފުރުޞަތު ލިބިގެން […]

އިބްރާހިމް ޚަލީލް
ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތް: ދިއްދޫ ކައުންސިލް ރައީސް

ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތް: ދިއްދޫ ކައުންސިލް ރައީސް

ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތްކަމަށް ވިދާޅުވެ، “ދިއްދޫ ރައްޔިތުންގެ އަޑު” ހަރަކާތަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ހަރަކާތުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 7 ވަނަ އާންމު ބައްދަލުވުމުގައި، ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނެގުމާ ބެހޭ ގޮތުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާ...

ޝިއުނާ އާދަމް
އިބްރޭގެ އެހީތެރިކަން ފިއްލަދޫ ރައްޔިތުންނަށް

އިބްރޭގެ އެހީތެރިކަން ފިއްލަދޫ ރައްޔިތުންނަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮތް ހއ. ފިއްލަދޫ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ހިމެނޭ ދާއިރާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ރޯ މަސް ހަދިޔާ ކުރަށްވައިފިއެވެ. ފުރަބަންދުގެ ސަބަބުން ފިއްލަދޫގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މެންބަރު އިބްރޭ މިއަދު ވަނީ 975 ކިލޯ ރޯމަސް އެރަށަށް ހަދިޔާ ކުރަށްވާފައެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަޠުޙުﷲ ޙަސަން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އިބްރޭ މިއަދު...

ޔުމްނާ ޢަލީ
ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ށ. ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރީ އިއްޔެ 22:44 ހާއިރު، އޭނާ ދިރިއުޅޭ ގެ ކައިރިން ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ. އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން މަސްތުވާތަކ...

އަޙްމަދު އަރުޝަމް
ނޭކުރެންދޫން ޕޮޒިޓިވްވެފައިވާ މީހަކު މާސްކުނާޅާ ބޭރުގައި އުޅުމުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ނޭކުރެންދޫން ޕޮޒިޓިވްވެފައިވާ މީހަކު މާސްކުނާޅާ ބޭރުގައި އުޅުމުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ހދ. ނޭކުރެންދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާސްކުނާޅާ ބޭރުގައި އުޅުމުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ. ފުލުހުން މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގައި ހުރި މި މީހާ ޖޫރިމަނާކުރީ 11000 ރުފިޔާއިންނެވެ. އެގޮތުން، ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކަރަންޓީން އުސޫލުތަކާއި ޚިލާފުވުމުން ނެގޭ 10000 ރުފިޔާގެ ޖޫރިމަނާއާއި މާސްކު ނާޅާ ބޭރުގައި އުޅުމުން ނެގޭ 1000 ރުފިޔާގެ ޖޫރިމަނާ ހިމެނެއެވެ. ނޭކުރެންދޫން ރޭންޑަމް ސާމްޕަލެއް ކޯވިޑް...

އަޙްމަދު އަރުޝަމް
ހިމާޔަތް ކޮށްފައިވާ ކޭލަކުނު ކަނޑޫފާވެސް މަރުވަނީ

ހިމާޔަތް ކޮށްފައިވާ ކޭލަކުނު ކަނޑޫފާވެސް މަރުވަނީ

ސަރުކާރުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނުގެ ކަނޑޫފާވެސް މަރުވާން ފަށައިފިއެވެ. ކޭލަކުނަކީ ރާއްޖޭގައި އޮތް ހަމައެކަނި “ޓްރޫ ފޮރެސްޓް” އެވެ. އެކިކަހަލަ ތަފާތު ރީތި ގަސްތަކުން ޖަރީވެފައިވާ އެ ރަށުގެ ކަނޑޫފާވެސް ނެތިދިއުމުގެ ބިރު އެބައޮތެވެ. ތިލަދުންމަތީގެ ގިނަރަށްތަކަށް ދިމާވަމުންދާ ކަނޑޫފާ މަރުވުމުގެ މައްސަލަ، ކޭލަކުނު ކަނޑޫފަލަށްވެސް ދިމާވަމުންދާތީ ގިނަބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަދި ތިމާވެށީގެ އެކްޓްވިސްޓް އަބްދުﷲ އާދަމް (އެޑަމ...

އަޙްމަދު އަރުޝަމް
ޕީޖީ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ 65% އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް

ޕީޖީ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ 65% އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ 65% އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. އިއްޔެ ޕީޖީ އޮފީހުން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޖީ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ ބޮޑު ބަޔަކީ ޑްރަގާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ދުވަހާއި ގުޅިގެން އިއްޔެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އާއްމުކުރި މައުލޫމާތު ހިއްސާކުރައްވާ ޝަމީމް ވިދާޅުވީ މީހ...

އަލީ އާދިލް
ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ، އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަ ފައިކަށިތައް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގިރާފައިވާސަރަހައްދަށް 12000 އަކަ މީޓަރުގެ ވެލި އަޅާނެއެވެ. މި މަޝްރޫއަކީ 16.94 މިލިއަން ރުފިޔާގެ […]

އަޙްމަދު ވަހީދު
އުރީދޫ ސުޕަނެޓް ހިދުމަތް ހިމަންދޫއަށް ތައާރަފުކޮށްފި

އުރީދޫ ސުޕަނެޓް ހިދުމަތް ހިމަންދޫއަށް ތައާރަފުކޮށްފި

އުރީދޫގެ ސުޕަނެޓް ހިދުމަތް އއ. ހިމަންދޫއަށް މިއަދު ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން އުރީދޫން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. މި ޕްރޮމޯޝަންގެ ދަށުން އެ ރަށުން އެންމެ ފުރަތަމަ މި ހިދުމަތް ހޯދާ 20 […]

އަޙްމަދު ވަހީދު
މާފަރު އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރަނީ

މާފަރު އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތްކުރެވެމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ. އެ އެއާޕޯޓުގައި އަޅާ ޓްރާންސިޓް ހޮޓަލުގައި 47 ކޮޓަރި އަޅަން ވަނީ އެ ކުންފުނިން ނިންމާފައެވެ. އަދި މި ހޮޓާ ތަރައްގީކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށްވެސް މިހާރުވަނީ އިޢުލާންކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން އިތުރަށް ހާމަކުރެއްވިގޮތުގައި 4 ތަރީގެ ހޮޓަލެއްގެ ފެންވަރަށް ތަރައްގީ ކުރާ މި ޓްރާންސިޓް ހޮޓާގެ މަސަައްކަތް ކުރިއަށް...

އަޙްމަދު އަރުޝަމް
ޔޫރޯ 2020: އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާއަށް

ޔޫރޯ 2020: އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީއާއި އޮސްޓްރިއާ ބައްދަލުކުރި ވާދަވެރި ފޯރިގަދަ މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ޖެހި ލަނޑުތަކުން މޮޅުވެ އިޓަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ އިގިރޭސި ވިލާތުގެ ޤައުމީ ސްޓޭޑިއަމް ކަމުގައިވާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިޓަލީ ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ވަނީ […]

އިބްރާހިމް ޚަލީލް
ޓެކްސީއަކަށް ބަނގުރާ އަރުވަނިކޮށް ތިން މީހަކު ހައްޔަރުކޮށްފި

ޓެކްސީއަކަށް ބަނގުރާ އަރުވަނިކޮށް ތިން މީހަކު ހައްޔަރުކޮށްފި

މާލޭ ސިޓީގެ ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއަކަށް ބަނގުރާ ދަޅުތަކެއް އަރުވަނިކޮށް، އެ ދަޅުތައް އަތުލައި، އެކަމުގައި އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ބަންގުރާ ދަޅުތަކާއެކު ތިން މީހ...

ޔުމްނާ ޢަލީ
ހަނިމާދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެ އެކްޓިވްކޭސްތަކުގެ އަދަދު 59ގައި

ހަނިމާދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެ އެކްޓިވްކޭސްތަކުގެ އަދަދު 59ގައި

ހދ. ހަނިމާދޫން އިތުރު ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 59 އަށް އަރައިފިއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިމަހުގެ 25ވަނަ ދުވަހު ނެގުނު 30 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 2 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ހަނިމާދޫގައި މިހާރު ބަލި ޖެހިފައިތިބި މީހުންގެ އަދަދަކީ 59 އެއް ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ […]

ޝިއުނާ އާދަމް
ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާމެދު ފީވަކު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާމެދު ފީވަކު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ށ. ފީވަކު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފީވަކު ކައުންސިލްގެ އެމްޑީޕީ މެންބަރު އާމިނަތު ވަހީދާ ފިޔަވައި އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުގައި ދިވެހި ދައުލަތުގެ ދީންކަމުގައިވާ އިސްލާމް ދީނަށާއި، މާތް الل...

އަލީ އާދިލް
ފެހެންދޫ ބަނދަރު މަޝްރޫއުގެ ދަށުން ކަނެކްޓިން ބްރިޖުގައި ސްލެބް އެޅުމުގެ މަސައްކަތް ފަށައިފި

ފެހެންދޫ ބަނދަރު މަޝްރޫއުގެ ދަށުން ކަނެކްޓިން ބްރިޖުގައި ސްލެބް އެޅުމުގެ މަސައްކަތް ފަށައިފި

ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއިގެ ދަށުން ކަނެކްޓިން ބްރިޖުގައި ސްލެބް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މުޅި މަޝްރޫއުގެ 89 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމ...

އަޙްމަދު ވަހީދު