މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޯވިޑް ބަލީގައި 48 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 48 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖެއިން 48 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ މެންދަމު 2:33 ގައެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 210 ވަނަ މީހާއެވެ. މިމަހުގެ 24 ވަނަ ދުވަހުވެސް ވަނީ ޒުވާން އުމުރުގެ މީހެއް މިބަލީގައި ނިޔާވެފައެވެ. އެއީ 34 އަހަރުގެ މީހެކެވެ. އެމީހާއަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި […]

ޔުމްނާ ޢަލީ
ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނުވާލައި ސްވިޒަލޭންޑް ކުއާޓާއަށް

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނުވާލައި ސްވިޒަލޭންޑް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ސްވިޒަލޭން ބައްދަލުކުރި މެޗު ސްވިޒަލޭންޑުން ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗަކީ ފުޓްބޯޅައިގައި ބަލާހިތްވާ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ފޯރިގަދަ މެޗެކެވެ. މި މެޗު ސްވިޒަލޭންޑުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެ، އަދި ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ކްރޮއޭޝިއާ ކަޓުވާލައި ސްޕެއިން ކުއާޓާއަށް

ޔޫރޯ 2020: ކްރޮއޭޝިއާ ކަޓުވާލައި ސްޕެއިން ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިންއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ކޮންމެ ޓީމަކުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފި

ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ފަޅުވެރިޔާ ޕޮޒިޓިވްވިކަން އިނގުނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެ ކޭހާއި ގުޅިގެން އެދުވަހު އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތުމަށްފ...

ޔުމްނާ ޢަލީ
"ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްނުކުރުމަށް އުލިގަމު ކައުންސިލުން ގޮވާލައިފި

"ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްނުކުރުމަށް އުލިގަމު ކައުންސިލުން ގޮވާލައިފި

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހއ. އުލިގަމު ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުގެ ހުރިހާ މެންބަރުން ސޮއިކުރައްވާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޤާނޫނު ނަންބަރ 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގ...

އަޙްމަދު އަރުޝަމް
ކޮވިޝީލްޑް ޖަހާފައި ތިބޭ މީހުންނަަށް އީޔޫގެ ޓްރެވަލް ފާސް ނުލިބޭނެ

ކޮވިޝީލްޑް ޖަހާފައި ތިބޭ މީހުންނަަށް އީޔޫގެ ޓްރެވަލް ފާސް ނުލިބޭނެ

ކޯވިޑް-19 އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ، ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބޭ މީހުންނަަށް އީޔޫގެ ޓްރެވަލް ފާސް ނުލިބޭނެ ކަމަށް އެ ޔޫނިއަން އިން ބުނެފިއެވެ. އީޔޫ ޓްރެވަލް ފާހަކީ އީޔޫގެ ގައުމުތަކަށް ދަތުރު ކުރާ ޓޫރިސްޓުންނަކީ ކޯވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅު އަަޅާފައިވާ ބައެއް ކަން އަންގަައި ދިނުމަށް ދޭ ފާހެކެވެެ. މިފާސް ދޭން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. ކޮވިޝީލްޑަކީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އުފެއްދި ވެކްސިނެކެވެ. […]

އަޙްމަދު ވަހީދު
އަނގޮޅިތީމު ބަނދަރުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

އަނގޮޅިތީމު ބަނދަރުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ. އަދި ޕޭވްމަންޓް ހެދުމުގެމަސައްކަތް މި ހަފުތާ ތެރޭ ފަށަން ހަމަޖެހި...

އަޙްމަދު ވަހީދު
ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފި

ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަރުކާރުގެ ދެ ވުޒާރާއަކަށް ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހ. ސުނާރު ޚަދީޖާ ނަސީމެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ. ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމެވެ. އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސ...

ޔުމްނާ ޢަލީ
ޖިއޯޕޮލިޓިކްސް އޮއިވަރުގެ ތެރޭގައި ބަޔަކަށް އަތްގާތްކޮށްދޭ ފައްތިޔަލަކަށް ރާއްޖެ ވެގެން ނުވާނެ: ސައީދު

ޖިއޯޕޮލިޓިކްސް އޮއިވަރުގެ ތެރޭގައި ބަޔަކަށް އަތްގާތްކޮށްދޭ ފައްތިޔަލަކަށް ރާއްޖެ ވެގެން ނުވާނެ: ސައީދު

މިސަރަހައްދުގައި އުފެދިފައިއޮތް ޖިއޯޕޮލިޓިކްސް އޮއިވަރުގެ ތެރޭގައި ބަޔަކަށް އަތްގާތްކޮށް ދޭން ފައްތިޔަލަކަށް ރާއްޖެ ވެގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމުވެސް ފުރުއްވާ ސައީދު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ބިލަށް ބަހުސް ކުރަށްވަމުންނެވެ. ސައީދު ވިދާޅުވީ، އެ ބިލުގެ 4 ވަނ...

އަލީ އާދިލް
އުކުޅަހު ބަދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އުކުޅަހު ބަދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 19,630 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 31 މީޓަރުގެ ބޭރުތޮއްޓަކާއި 136 މީޓަރުގެ އެއްގަމުތޮއްޓެއްގެ އިތުުރުން ކުދި ދޯނިފަހަރަށް ކައިރިކުރެވޭ ގޮތަށް 138.73 މީޓަރުގެ...

އަޙްމަދު ވަހީދު
ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދަށް ރުހުން ދީފި

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދަށް ރުހުން ދީފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ހޯދުމަށް މިއަދު މަޖިލީހުން ނެގި ވޯޓުން ރުހުން ލިބިފައިވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިއަދު ނެގި ވޯޓުގައި ރުހުން ދެއްވާފައިވަނީ ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓުންނެވެ. ފިޝަރީޒް މިނިސްޓްރ ޑރ. ޙުސެއިން އާއި މިނިސްޓަރު އޮފް އެންވަޔަރުމަ...

އަލީ އާދިލް
ކޮޕާ އެމެރިކާ: ބްރެޒިލް އެއްވަރުވިއިރު ޕެރޫ މޮޅުވެއްޖެ

ކޮޕާ އެމެރިކާ: ބްރެޒިލް އެއްވަރުވިއިރު ޕެރޫ މޮޅުވެއްޖެ

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ބްރެޒިލްއާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ވެނެޒުއޭލާ އަތުން ޕެރޫ މޮޅުވެއްޖެއެވެ. ބްރެޒިލް އެންމެ ފަހުން ކުޅުނު ދިހަ މެޗު ވެސް ކާމިޔާބު ކޮށްފައި ވީނަމަވެސް މި މެޗުން އެއްވަރު ވުމުން މޮޅުވުމުގެ ސިލްސިލާ މިވަނީ ނިމުމަކަށް އައިސްފައެވެ. އާދީއްތަ ދުވަހުގެ ރޭ ބްރެޒިލްއާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން […]

އިބްރާހިމް ޚަލީލް
ފޭބި އަހަރު މާލެއަށްވުރެ މައްސަލަތައް ގިނަވެ، އަތޮޅުތެރެއަށް މަސްތުގެ "ނުރައްކާ"! 

ފޭބި އަހަރު މާލެއަށްވުރެ މައްސަލަތައް ގިނަވެ، އަތޮޅުތެރެއަށް މަސްތުގެ "ނުރައްކާ"! 

ފާއިތުވި 6 އަހަރު ދުވަހާއި އަޅާބަލާއިރު 2020 ވަނަ އަހަރު އަތޮޅު ތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކޮށްފައިވާ ނިސްބަތްވަނީ ވެރިރަށް މާލެއަށް ވުރެއް އިތުރުވެފައެވެ. މިއީ އަތޮޅުތެރޭގެ ހިތްގައިމު ދިރިއުޅުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިއީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ވިސްނާލަން ޖެހޭ، އަދި ސަމާލުވާން ޖެހޭ ވަރަށް ނުރައްކާތެރި ސިގުނަލެކެވެ. ފާރަވެރިވެ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބޮޑު އަދި ބިރުވެރި މައްސަލައެކެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ...

އަލީ އަހުސަން
ޔޫރޯ 2020: ގަދަފަދަ ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާ ފައިނަލަށް

ޔޫރޯ 2020: ގަދަފަދަ ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާ ފައިނަލަށް

ޔުއެފާ ޔޫރޯ ގެ ކުއާޓާ ފައިނަލުން ދުނިޔޭގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ބެލްޖިއަމް ޖާގަ ހޯދައިފިއެވެ. ކުއާޓާގެ ޖާގައެއް ބެލްޖިއަމް ހޯދީ ސްޕެއިންގެ ސެވިއްޔާގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. ދެވަނަ ބުރުގެ ޖާގައެއް ބެލްޖިއަމް ހޯދީ ގްރޫޕް ފިޔަވަހީގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައެވެ. ޕޯޗުގަލް ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް އޮފް ޑެތު ގެ ދެވަނަ ހޯދައިގެންނެވެ. […]

ޖަލްވާން ޖާދުﷲ
އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރާތްތައް 20 އަހަރު ދުވަހަށް ކުއްޔަށް ދެނީ

އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރާތްތައް 20 އަހަރު ދުވަހަށް ކުއްޔަށް ދެނީ

ހދ. ކުޅުދުއްފުށި ސިޓީގެ އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 20 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިިން ނިންމައިފިއެވެ. މި ސްކޫލް ކުއްޔަށް ދޭންނިންމީ ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް ކަމަށް އެކައުންސިލުން ހާމަކުރިއެވެ. އަދި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށްވެސް އެކައުންސިލުން ފާހަގަ ކުރިއެވެ. އެގޮތުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާނަމަ މިއަދު 18...

އަޙްމަދު އަރުޝަމް