ވިޔަފާރި ތިނަދޫ ޕޯޓުން އަންނަ އަހަރު ހިދުމަތް ދޭން ފަށާނެ: ޝާހިދު ގދ. ތިނަދޫގައި އެމްޕީއެލުން ތަރައްގީކުރާ ޕޯޓުގެ ހިދުމަތް އަންނަ އަހަރު ފަށާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެމްޕީއެލުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ގާއިމް ކުރާ ޕޯޓުތަކުން ވިޔަފާރިވެރިންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙްގެ ދެކަނބަލުން ނިއުޔޯކަށް ފުރާވަޑައިގެންފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ދައުލަތްތައް (އ.ދ) ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނައެވެ. މިދަތުރުފުޅުގައި އ.ދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ޞާލިޙް ތަޤްރީރު ކުރައްވާނެއެވެ. ރައީސް ޞާލިޙް ތަޤްރީރު ކުރައްވަން ހަމަޖެހިފައި ވަނީ 2021 ސެޕް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފި ހަތަރު މަހަށް ފަހު އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ. އިނގިރޭސި ވިލާތުން ގައުމުތައް ގިންތި ކުރުމުގައި ގެންގުޅެނީ ހަތަރު ބަޔެކެވެ. އެއީ ގްރީން ލިސްޓާއި އެމްބާ ލިސްޓާއި އެމްބާ ޕްލަސް އަދި ރެޑް ލިސްޓެވެ. މިދިޔަ ބުދަ ދުވަހުގެ ރިވިއުގައި އިނގިރޭސި ވިލާތުގެ ޓްރެވެލް ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ އެމްބާ ލިސްޓުގައެވެ. މި ލިސްޓުގައި ހިމެނުމުން ރާއްޖެ އަށް އަންނަ އިނގިރޭސި ވިލާތުގެ ފަތުރުވެރިން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު މުވައްޒަފުންނާ ހަވާލުކުރާނެ: ޝާހިދު ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޕީއެލްގެ 35ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ކުރީކޮޅު ނިންމައިލެވޭނެ ކަމަށެވ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ވޭޕް ކުރުމަށް ބޭނުންކުރާ، މިލިއަނަށްވުރެ ގިނަ އުފެއްދުންތައް އެފް.ޑީ.އޭއިން މަނާކޮށްފި އީ ސިގިރޭޓް ނުވަތަ ވޭޕްކުރަން ބޭނުން ކުރާ މިލިއަނަށް ވުރެ ގިނަ ބްރޭންޑްތަކެއް އެމެރިކާގެ ފުޑް އެންޑް ޑުރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ. ސިއްޙަތަށް އެތައް ގެއްލުމެއްވާ ސިނގިރޭޓްގެ ބަދަލުގައި ވޭޕް ކުރަން ފެށުންވެސް އެފް.ޑީ.އޭއިން ސިފަކުރަނީ ސިއްޙަތަށް ގެއްލުންހުރިކަމެއްގެ ގޮތުގައެވެ. ސެޕްޓެމްބަރު މަހުގައި އެޖެންސީއިން ވަނީ ވޭޕް ކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އުފެއްދުންތަކަށް ހުއްދަ ނުދީ އެއެއްޗެހި މަނާ ކޮށްފައެވެ. 2007 ވަނަ އަހަރުން ފެށިގެން ވޭޕް ކުރާ އެކި ކަހަލަ ބްރޭން... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ކޮލަމް ޕާޓީ ޑްރަގާއި އެލްއެސްޑީގެ ޙަޤީޤަތް! ފުރާނައަށް ނުރައްކާވާ ބާރުގަދަ ވިހައެއް މަސްތުވާތަކެތީގެ ވަބާ ދިވެހިންގެތެރޭގައި ހަލުވިކަމާއެކު ފެތުރި އަދި ފެތުރެމުންދާއިރު މިތަކެތި ބޭނުންކުރާމީހުންނަކަށް މިއީ ކިހާވަރެއްގެ އެއްޗެއްކަމެއް ގިނަފަހަރަކު ނޭނގެއެވެ. “ރައްޓެއްސެއްގެ” ދަޢުވަތަކަށް އަޖުމަބަލާލުމަށްޓަކާ ބޭނުންކޮށްލާ ކިތަންމެ ކުޑަ ކުޑަ މިންވަރަކުންވެސް މުޅި އުމުރަށް ހިތާމަކުރަން ޖެހޭ ފަދަ ކަންތައްތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. ވީމާ މިހާރަކަށް އައިސް އާންމުވަމުންދާ ޕާރޓީ ޑްރަގްސް އަދި އެލް.އެސް.ޑީ އާބެހޭގޮތުން މަޢުލޫމާތު ކޮޅެއް ހޯދާލަމާތޯއެވެ. ޕާރޓީ ޑްރަގްސް ނުވަތަ ކްލަބް... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ރާއްޖެ މުލިއާގެ ކުރިމަތީގައި މާރާމާރީއެއް، ފިރިހެނަކަށް އަނިޔާވެ ފަރުވާދެނީ މުލިއާގެ ކުރިމަތީގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ. މި މާރާމާރީ ހިންގާފައި ވަނީ މިރޭ 19:59 ހާއިރު މުލިއާގެ ކައިރީގައިކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި މާރާމާރީގައި އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ. މިމީހާއަށް ފަރުވާދިނުމަށްވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފަ އެވެ. މަންޒަރުދުން ފަރާތަކުން މިނޫހަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ހަމަލާ ދީފައިވަނީ ސައިކަލުގައި ދުއްވާފައިދިޔަ މީހަކަށް ކަމަށެވެ. ހަމަލާ ދިނުމާއި އެކު އެމީހާވަނީ މަގުމައ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ފިޔަވަތީގައި އެންމެ ފަހުން އަލިފާން ރޯކޮށްލައިފި ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ހިންގަމުން އަންނަ ފިޔަވަތީގައި ދެތިން ދުވަސް ވަންދެން މެދުނުކެނޑި ހަމަނުޖެހުން ހިންގުމަށް ފަހު މިރޭ އަލިފާން ރޯކޮށްލައިފިއެވެ. ޖެންޑާ މިނިސްޓްރީން އެކަމަށް އެޓެންޑުވި ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އަދި އެމްއެންޑީއެފުން ބުނިގިތުގައި ހާދިސާ ރިޕޯޓުކުރީ މިރޭ އިރު އޮއްސި 6:55 ހާއިރުއެވެ. އަދި އެމްއެންޑީއެފުން ދިޔަ އިރު އަލިފާން ނިވާލާފައިވާ ކަމަށް ބުނެއެވެ. ފިޔަވަތީގައި އަލިފާން ރޯކޮށްލާފައި މިވަނީ އެތަނުގައި ހަމަނުޖެހުނ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އަނެއްކާވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ. ފުލުހުން ބުނީ މިމައްސަލަ ފެންމަތިވެފައިވަނީ ހުވަދު އަތޮޅުން ކަމަށެވެ. ފުލުން ބުނެފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ހުވަދޫ އަތޮޅުން މިފަދަ މައްސަލައެއް ފެންމަތިވި އިރު އައްޑޫގައި... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ކަސްޓަމްސްގެ މަސައްކަތުން މަސްތުވާތަކެތި އަތުލައިގަނެވޭ ވަރު އިތުރުވެއްޖެ: މާރިޔާ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުގެ ސަބަބުން ފަހަކަށް އައިސް، މަސްތުވާތަކެތި އަތުލައިގަނެވޭ ވަރު އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުން ހުނަރުވެރިވެފައި ކުޅަދާނަ ކަމަށެވެ. އޭގެ ސަބަބުން އަތުލައިގަނެވޭ މަސްތުވާތަކެތީގ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމް، ސައިންސްލެބް، ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ ހއ. މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމާއި ސައިންސްލެބާއި ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ރަޖިސްޓްރީ ވުމަށް https://forms.moe.gov.mv/ މި ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް އެ މ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، ޒުވާނަކު ޒަހަމު ކޮށްލައިފި އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމު ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމަަށެވެ. އެ މާރާމާރީގައި އަނިޔާ ވީ 29 އަހަރުގެ ފިރިހެނަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހާއަށް ލިބުނު އަނިޔާއަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ފޮނުވި މީހާ ނިޔާވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” އަށް ވިދާޅުވީ އެ މީހާ ނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ދާދި ދެންމެ ކަމަށެވެ. ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މަރިޔަމް ހަބީބް ވެސް ވަނީ އެކަން މި ނޫހަށް ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމީހާ ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ ހދ .ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޢިމަރާތްކޮށް ތަރައްޤީ ކޮށްދޭނެފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 16 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ބާވަތުގެ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 21 ސެޕްޓެމްބަރ 2021 ވާ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކުޅިވަރު ބަކާ އާއި އިރޭ ބާކީކުރީ ނުރަނގަޅު ނުފޫޒުގެ ސަބަބުން، އެކަން ކުއްވެރިކުރަން: ދިއްދޫ ބީ.އެކްސް ސްޕޯރޓްސް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އަދި މުޙައްމަދު އިރުފާން (އިރޭ) ކުރިޔަށް އޮތް ސާފް ޗެމްޕިއަންސިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ސްކޮޑުން ބާކީ ކޮށްލާފައިވަނީ އޭގެ ފަހަތުގައި ނުރަނގަޅު ނުފޫޒުތަކެއެއްގެ ސަބަބުން ކަމަށް ބުނެ ހއ. ދިއްދޫ އަށް ނިސްބަތްވާ ބީ އެކްސް ސްޕޯރޓްސް ކުލަބުން އެކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކޮށްފިއެވެ. އެ ކްލަބުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދެކުޅުންތެރިން ދިވެހި ޤައުމީ ޚިދުމަތުގައި […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން