ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ހިންގަމުން އަންނަ ފިޔަވަތީގައި ދެތިން ދުވަސް ވަންދެން މެދުނުކެނޑި ހަމަނުޖެހުން ހިންގުމަށް ފަހު މިރޭ އަލިފާން ރޯކޮށްލައިފިއެވެ.
ޖެންޑާ މިނިސްޓްރީން އެކަމަށް އެޓެންޑުވި ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އަދި އެމްއެންޑީއެފުން ބުނިގިތުގައި ހާދިސާ ރިޕޯޓުކުރީ މިރޭ އިރު އޮއްސި 6:55 ހާއިރުއެވެ. އަދި އެމްއެންޑީއެފުން ދިޔަ އިރު އަލިފާން ނިވާލާފައިވާ ކަމަށް ބުނެއެވެ.
ފިޔަވަތީގައި އަލިފާން ރޯކޮށްލާފައި މިވަނީ އެތަނުގައި ހަމަނުޖެހުންތައް ހިންގާތާ ދެތިން ދުވަސްވެފައިވަނިކޮށެވެ. އެ ސަރަހައްދުން މަންޒަރު ފެނުނު ގޮތުގައި އެތަނުގައި ކުދިން ކުޑަދޮރުން ނުކުމެ ފުރާޅު މައްޗަށް އަރާ ހަޅޭއް ލަވައެވެ.
މިއަދު ވެސް އެކުދިން ވަނީ ފުރާޅުތައް މައްޗަށް އަރައި، އެތަނުގެ ބިއްލޫރިތައް ތަޅާލާ އެ ބިއްލޫރިތައް މަގުމަތީގައި ތިބި މީހުންނާ ދިމާލަށް އުކާފައެވެ.
ފިޔަވަތީގައި މައްސަލަ ހޫނުވެގެން އުޅޭ ވަކި ސަބަބެއް އަދި ނޭނގޭ އިރު ޖެންޑަރ މިނިސްޓްރީން އޮތީ މިކަމުގައި ހަނެވެ.
ކޮންމެ ދުވަހަކު ތަކުރާރުކޮށް މިކަންކަން ހިންގަމުން އަންނައިރު އެތަނުގެ މުވައްޒަފުންނާއި ފުލުހުން މިހާރު ވެސް އަންނަނީ ކުދިން ފުރާޅުން ބޭލުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!