މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ މިއަދު ހަވާލު ކުރީ ބ. ކެންދޫއާއި ދަރަވަންދޫ އަދި ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދެވެ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު...

އަޙްމަދު ވަހީދު
މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ހދ. މަކުނުދޫ ސްކޫލާއި، އެ އަތޮޅު ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބީލަމުގައި ބައެވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު ގައިވާ ގޮތުގެ މަތީން ރަޖިސްޓްރީ ވެފައިވާ ފަރާތްތަށްކަށެވެ. މަކުނުދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމަށް ބީލަމަށް ކުރިމަތިލާ ފަރާ...

އައިޝަތު ނަސާޔާ
އޯޓިޒަމް ތަަހައްމަލު ކުރަމުން އަންނަ ތަކަންދޫ އަހުޒާމް، ހާފިޡް ކަމުގެ ސަނަދު ހޯދުމަށް ކުރި ދަތުރު!

އޯޓިޒަމް ތަަހައްމަލު ކުރަމުން އަންނަ ތަކަންދޫ އަހުޒާމް، ހާފިޡް ކަމުގެ ސަނަދު ހޯދުމަށް ކުރި ދަތުރު!

ދަރިއަކު ޤުރުއާން ހިތުދަސް ކުރުމަކީ މައިންބަފައިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހަމައެހެންމެ އެއީ އެ އާއިލާއަކަށް ވެސް އުފާވެރިކަން ގެނުވާނޭ ކަމެކެވެ. ހއ. ތަކަންދޫ ކަސްތޫރިވިލާ އަހުމަދު އަހުޒާމް މުހައްމަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެކެވެ. އުމުރުން މިހާރު 20 އަހަރު ފުރިފައިވާ އަހުޒާމްއަކީ އޯޓިޒަމްގެ ސަބަބުން ދިރިއުޅުމުގައި އެހެން މީހުންނާއި ބޮޑެތި ތަފާތުތަކެއް ހުރި ފަރާތެކެވެ. ނަމަވެސް މި އަހަރު އަހުޒާމްވަނީ ޤުރުއާން ހިތުދަސްކޮށް ދިވެހިރާއްޖޭގެ ޤުރުއާނާއި ބެހޭ މަރުކަޒުން...

އިބްރާހިމް ޚަލީލް
ހުޅުމާލެއިން ކުނި ނަގާ ވަގުތު އަންނަ މަހުން ފެށިގެން ބަދަލުކުރަނީ

ހުޅުމާލެއިން ކުނި ނަގާ ވަގުތު އަންނަ މަހުން ފެށިގެން ބަދަލުކުރަނީ

އަންނަ މަހުން ފެށިގެން ހުޅުމާލޭގެ ގޭބިސީތަކުން ކުމި ނަގާ ވަގުތުތައް ބަދަލުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން ކުނި ނަގާނީ ހަވީރު 6:00ން ރޭގަނޑު 11:00 އާ ދެމއދު ކަމަށެވެ. ނަމަވެސް ހަވީރު 5:00 ން ފެށިގެން ކުނި ކޮތަޅުތަކުގައި ބަންދު ކޮށް އެޕާޓްމަންޓު ބޭރަށް ނެރެދިނުމަށް ވެމްކޯއިން އެދެއެވެ. ވެމްކޯއިން ބުނިގޮތުގައި މި ބަދަލު ގެނައީ ހުޅުމާލެއަށް މިހާރު […]

އަޙްމަދު ވަހީދު
ގޮއިދޫ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިމިއްޖެ

ގޮއިދޫ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިމިއްޖެ

ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްްޖެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭކް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް މި މަޝްރޫއުގެ 73 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިންޑިން އިމާރާތުގެ މަސައްކަތާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ […]

އަޙްމަދު ވަހީދު
މޯލްޑިވިއަން އިން އޮންލައިންކޮށް ޓިކެޓް ނެގުމުން ރިޓާން ދެ ޓިކެޓް ލިބުމުގެ ފުރުސަތު

މޯލްޑިވިއަން އިން އޮންލައިންކޮށް ޓިކެޓް ނެގުމުން ރިޓާން ދެ ޓިކެޓް ލިބުމުގެ ފުރުސަތު

ގައުމީ އެއާލައިން މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުކުރާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފިއެވެ. މި ޕްރޮމޯޝަން އެ އެއާލައިނުން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. މި ޕްރޮމޯޝަނުގެ ދަށުން އޮންލައިންކޮށް ޓިކެޓު ނަގާ މީހުންގެ ތެރެއިން އެއް ނަސީބުވެރިއަކަށް ރިޓާން ދެ ޓިކެޓް ލިބޭނެއެވެ. މި ޓިކެޓުގައި ރާއްޖޭގެ ކޮންމެ މަންޒިލަކަށް ވެސް ދަތުރުކުރެވޭނެއެވެ. Purchase your tickets online for a chance to win 2 domestic tickets everyday. https://t.co/dHKLbZHvOl pic.twitter.com/m4f0utDpvN […]

އަޙްމަދު ވަހީދު
ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި

ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި

ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި ބައިވެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެފިއެވެ. ޖުމްލަ 30 ބައިވެރިންނާއި އެކު މި ކޯސް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވެފައި ވަނީ މި ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދާފައިވަނީ އާއްމުންނަށް އެ ފުރުސަތު ހުޅުވާލައިގެން ކަމަށާއި އެގޮތުގެ […]

އައިޝަތު ނަސާޔާ
ޕާކިސްތާނުން، އަފްޣާނިސްތާނަށް 28 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

ޕާކިސްތާނުން، އަފްޣާނިސްތާނަށް 28 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

އަފްޣާނިސްތާނުގެ ރައްޔިތުންގެ ބޭސްފަރުވާއަށާއި، ކާބޯތަކެތި ހޯދުމަށާއި އަދި މިނޫންވެސް އަސާސީ މުހުތާދުތައް ފުއްދުމަށް ޕާކިސްތާން ސަރުކާރުން 28 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ. މި ނިންމުން ނިންމެވިކަން ހާމަކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާނެވެ. މިގޮތުން ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އުމަރު ޖާވިދު ބަޖްވާއާއި، އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނުން 28 މިލިއަން ޑޮލަރުގެ އެހީގެ...

އަޒްފާ ރަޝީދު
ބޯޑާ މައިލްސްގެ ޕާޓަނަރަަކަށް އަގޯޑާ

ބޯޑާ މައިލްސްގެ ޕާޓަނަރަަކަށް އަގޯޑާ

“ބޯޑާ މައިލްސް” ޕްރޮގްރާމުގެ އެސޯސިއޭޓް ޕާޓްނަރަކަށް މަޝްހޫރު އޮންލައިން ޓްރެވަލް ބުކިން ޕްލެޓްފޯމް، އަގޯޑާ ހަމަޖައްސައިފިއެވެ. އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބޯޑާ މައިލްސްގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ)އެވެ. އަދި އަގޯޑާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ޖޯން ބްރަައުންއެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދާއި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑ...

އަޙްމަދު ވަހީދު
ރަޖިސްޓްރީ ކުރިތާ މަހެއް ނުވަނީސް އެމްއެންޕީއަށް 10،000 މެންބަރުން ހަމަކޮށްފި

ރަޖިސްޓްރީ ކުރިތާ މަހެއް ނުވަނީސް އެމްއެންޕީއަށް 10،000 މެންބަރުން ހަމަކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް 10 ހާސް މެންބަރުން ހަމަކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން “މޯލްޑިވްސް ނެޝަނަލް ޕާޓީ” ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ ހުސްވި އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މި ރޭ ކުރެއްވި ޓްވީޓެއްގައި އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަވިކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ […]

އަލީ އާދިލް
ބާރަށު ސްކޫލް ޕްރިސްޕަލްގެ ސައިކަލުގައި ރޯކޮށްލުން ކައުންސިލުން ކުށްވެރިކޮށްފި

ބާރަށު ސްކޫލް ޕްރިސްޕަލްގެ ސައިކަލުގައި ރޯކޮށްލުން ކައުންސިލުން ކުށްވެރިކޮށްފި

ހއ. ބާރަށު ސްކޫލްގެ ޕްރިންސިޕަލްގެ ސައިކަލު ރޯކޮށްލާފައިވާތީ އެ މައްސަލަ އެރަށު ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ސައިކަލު ރޯ ކޮށްލާފައި މިވަނީ މި ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި މިކަން ކުރި ބަޔަކު ކޮށްފައިވަނީ ޕްރިންސިޕަލް ދިރިއުޅުއްވާ ގެ ކަމަށްވާ މީޒާންގޭގެ ގޯތި ތެރޭގައި ސައިކަލް ބަހައްޓާފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބާރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލު ރޯކޮށްލުމުގެ އިތުރުން އެގެއަށް ވެސް […]

އައިޝަތު ނަސާޔާ
އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމްގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި އެވެ. ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައެވ...

އަލީ އާދިލް
ޖެންސެޓު އެސެމްބަލްކޮށް ފެނަކަ އާ ހަރުފަތަކަށް

ޖެންސެޓު އެސެމްބަލްކޮށް ފެނަކަ އާ ހަރުފަތަކަށް

ކަރަންޓު އުފެއްދުމަށް ބޭނުންވާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ފެށީ ރައްޔިތުންނަށްދޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު އިތުރަށް ފުޅާކޮށް، ތަރައްޖީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. މި މަސައްކަތް ފެނަކައިން އެންމެ ފުރަތަމަ ފެށީ މި އަހަރުގެ ޖޫން މަހުގައެވެ. ފެނަކައިން ބުނީ މިހާތަނަށް ހަ ރަށަކަށް ބޭނުންވާ ޖެެންސެޓް، އެސެމްބަލް ކޮށް ކާމިޔާބު ކަމާއެކު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ....

އަޙްމަދު ވަހީދު
މަޚްލޫފްގެ މައްޗަށް "ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ" އުފުލައިފި

މަޚްލޫފްގެ މައްޗަށް "ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ" އުފުލައިފި

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓު އަޙްމަދު މަޚްލޫފުގެ މައްޗަށް ރިޝްވަތުގެ ދަޢުވާ އުފުލައިފި އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މީޑިއާތަކަށް މަޢުލޫމާތުދެމުން ވިދާޅުވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގގެ މައްސަތައް ތަކާއި ގުޅިގެން ދަޢުވާ ކުރުމަށް 24 ނޮވެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައ...

އަލީ އާދިލް
އުތީމު "ވިންގާސް"އިން ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބާއްވަނީ

އުތީމު "ވިންގާސް"އިން ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބާއްވަނީ

ހއ. އުތީމުގެ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ “ވިންގާސް”އިން އިންތިޒާމް ކޮށްގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މިއަންނަ ޑިސެމްބަރ މަހުގެ 15 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 4 ޓީމަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިންގާސް ގެ މެމްބަރެއް ކަމަށްވާ މުޙައްމަދު ބަސީރު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ 1 އިން 10 ވަނަ ދުވަހާއި […]

އައިޝަތު ނަސާޔާ