މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކަނބަލުންނަށް ޚާއްޞަކޮށްގެން މުރައިދޫ ކައުންސިލުން ބާއްވާ 7 ވަނަ ވޮލީ މުބާރާތް ފަށައިފި

ކަނބަލުންނަށް ޚާއްޞަކޮށްގެން މުރައިދޫ ކައުންސިލުން ބާއްވާ 7 ވަނަ ވޮލީ މުބާރާތް ފަށައިފި

ހއ. މުރައިދޫ ކައުންސިލުން އެރަށު ކަނބަލުންނަށް ޚާއްޞަކޮށް ބާއްވާ 7 ވަނަ ވޮލީ މުބާރާތް އިއްޔެ ފަށައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދީފައިވާ މި މުބާރާތަކީ 8 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ. 4 ޓީމަކުން ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތުގެ އިއްޔެ ކުރިއަށް ދިޔަ މެޗްގައި ބައްދަލުކޮށްފައި ވަނީ ޖީނިޔަސް އާއި ވައިލްޑްވިންގް އެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކޮށްފައިވަނީ ޖީނިޔަސް އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް […]

އައިޝަތު ނަސާޔާ
10 އަހަރުގެ ފިރިހެން ކުއްޖަަކަށް އިހުމާލުވީ މައްސަލައެއް ފެންމަތިވެއްޖެ

10 އަހަރުގެ ފިރިހެން ކުއްޖަަކަށް އިހުމާލުވީ މައްސަލައެއް ފެންމަތިވެއްޖެ

އަޕަރ ނޯތް ޕޮލިސް ރީޖަން ( ހއ، ހދ ، ށ) ގައި ހިމެނޭ ރަށަކުން ފިރިހެން ކުއްޖަކާއި މެދު އިހުމާލުވީ މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ މި މައްސަލާގައި އިހުމާލު ވެފައިވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަ ތަކަކީ ސީރިއަސް މައްސަލަ ތަކަކަށް […]

އައިޝަތު ނަސާޔާ
ކޮމަންޑޫ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް، އާ އިންޖީނުގޭގެ ހިދުމަތް ފަށައިފި

ކޮމަންޑޫ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް، އާ އިންޖީނުގޭގެ ހިދުމަތް ފަށައިފި

ށ. ކޮމަންޑޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު އެ ރަށުގެ ރައްޔިތުންނަށް 32 އަހަރަށްފަހު ހިތް ފަސޭހަކަން ލިބުނީއެވެ. މިއީ އެ ރަށުގެ ރައްޔިތުންގެ އެތައް އަހަރެއްވަންދެން އެދެމުން އައި ކަމެކެވެ. އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު ރަށޔ ތެރޭގޤި ހުރި ބާ އިންޖީނުގެ ވަނީ ނިއްވާލާފައެވެ. އެކަމަށް އިއްޔެ ބޭއް ރަސްމިއްޔާތުގައި އިންޖީނުގެ ނިއްވާލަދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. Sh. Komandoo 32 aharu vee […]

އަޙްމަދު ވަހީދު
ދުވާފަރު މަގު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދުވާފަރު މަގު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 50 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ. އަދި ސަބްބޭސް މަސައްކަތްތައް 4 ޖެނުއަރީ ގައި ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރާނެއެވެ. އަދި 6923 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް […]

އަޙްމަދު ވަހީދު
އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ. ރާއްޖޭގައި ތިބި ކަމަށް ބުނާ، އަވަށްޓެރި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން އިސްވެ އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. މިހާރު މުޅި ރާއްޖެއަށް ވެސް ފުޅާކޮށްފައިވާ މި ހަރަކާތުގެ އެއްވުންތައް ވެރިރަށް މާލޭގައި ވެސް ދަނީ ބާއްވަމުންނެވެ. މިގޮތުން އިއްޔެ ހަވީރު ވެސް [...

އަލީ އާދިލް
ވެލާނާ އެއާޕޯޓުގެ އާ ވީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފި

ވެލާނާ އެއާޕޯޓުގެ އާ ވީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފިއެވެ. މި ޓާމިނަލް ބޭނުން ކުރަން ފެށީ އިއްޔެ ހެނދުނު 6:00 އިން ފެށިގެންނެވެ. މި ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގަދަން ފެށި ޓަމިނަލެކެވެ. އެ ޓާމިނަލުން އެއްފަހަރާ 95 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެއެވެ. އެގޮތުން މި ޓާމިނަލުގައި ހަތަރުބުރި ހުންނައިރު އެންމެ ތިރީ ބުރިން ހިދުމަތް ދޭނީ ވީވީއައިޕީ ނުވަތަ ގައުމުގެ […]

އަޙްމަދު ވަހީދު
އެޑިޔުކޭޝަނަލް ލީޑާސްގެ ރައީސަކަށް ޣިޔާޘުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ

އެޑިޔުކޭޝަނަލް ލީޑާސްގެ ރައީސަކަށް ޣިޔާޘުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ

އެޑިޔުކޭޝަނަލް ލީޑާސް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އީލާމް) ގެ ރައީސަކަށް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް އިންތިޙާބު ކޮށްފިއެވެ. އީލާމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން މި މަގާމަށް ތޯހާ އިންތިޙާބު ކޮށްފައި މިވަނީ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބުދަދުވަހުގެ ރޭ ބޭއްވި އީލާމްގެ އާންމު ޖަލްސާގައެވެ. އެގޮތުން 2022 އިން 2024 އަށް އީލާމްގެ ރައީސްގެ މަޤާމަށް ތޯހާ ހޮވިފައި ވާއިރު […]

އައިޝަތު ނަސާޔާ
ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ: ރައީސް

ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ: ރައީސް

ށ. ކޮމަންޑުއާއި މަތިކޮމަންޑުއާ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ. ރައީސް ކޮމަންޑޫއަށް ވަޑައިގަތީ އިއްޔެއެވެ. މި ޖަލްސާގައި ރައީސްގެ އިތުރުން ކުރީގެ ރައީސް ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންވިއެވެ. ރައީސް...

އަޙްމަދު ވަހީދު
ރައީސް ޞާލިޙް ކޮމަންޑޫ އަށް

ރައީސް ޞާލިޙް ކޮމަންޑޫ އަށް

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ށ. ކޮމަންޑޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަދި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީގެ އެންމެ އިސް ލީޑަރެވެ. އެމްޑީޕީން މިއަދު ބުނީ މިއީ އެ ޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރައީސް ޞާލިޙް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. އެ ޖަލްސާ އޮންނާނީ މިރޭ ކޮމަންޑޫގައެވެ. އެ އިންތިޚާބުގައި ވާދަކ...

އަލީ އާދިލް
ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އޭނާއަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ. ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެގެ ފޮރިން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޗައިނާގެ ފޮރިން މިނ...

ޔުމްނާ ޢަލީ
ފީވަކު ޒުވާނުންގެ ގުޅުމުން ބޭއްވި "ބަލްމާ ފުޓްސަލް ޗެލެންޖް 2021"ގެ ޗެމްޕިއަންކަން ހަކުރު އެފްސީއަށް

ފީވަކު ޒުވާނުންގެ ގުޅުމުން ބޭއްވި "ބަލްމާ ފުޓްސަލް ޗެލެންޖް 2021"ގެ ޗެމްޕިއަންކަން ހަކުރު އެފްސީއަށް

ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު ޒުވާނުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބޭއްވި “ބަލްމާ ފުޓްސަލް ޗެލެންޖް 2021” ގެ ޗެމްޕިއަންކަން ހަކުރު އެފްސީން ހޯދައިފިއެވެ. ފީވަކުގެ “ހަކުރު” ޢާއިލާއަށް ނިސްބަތްވާ، ހަކުރު އެފްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ފީވަކު ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި، 0 – 4 އިން ކްލަބް ފުއްޓަރު ބަލިކޮށްގެންނެވެ. ހަކުރު އެފްސީގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އަޙްމަދު ނިހާން އަދި ހުސެއިން އާދިލް އެވެ. ނިހާން […]

ޙުސައިން ޝަހުދީ
ރޯމާ އަތުން މިލާނަށް މުހިންމު މޮޅެއް، ޔުވެންޓަސްއާއި ނަޕޯލީ މެޗު އެއްވަރު

ރޯމާ އަތުން މިލާނަށް މުހިންމު މޮޅެއް، ޔުވެންޓަސްއާއި ނަޕޯލީ މެޗު އެއްވަރު

އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކުރިއިރު، ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބްރާސްފަތި ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު، އެ ޓީމުން ރޯމާގެ މައްޗަށް ކުރި ހޯދާފައި ވަނީ  3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ މިލާނުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީ މިލާނަށް ލީޑު ނަގައިދިނީ އޮލިވަ […]

އިބްރާހިމް ޚަލީލް
ފްރާންސްއިން ފެނިފައިވާ ކޯވިޑްގެ އާ ވޭރިއަންޓްއިން 46 ބަދަލެއް ފެނިފައިވޭ: ސައިންސްވެރިން

ފްރާންސްއިން ފެނިފައިވާ ކޯވިޑްގެ އާ ވޭރިއަންޓްއިން 46 ބަދަލެއް ފެނިފައިވޭ: ސައިންސްވެރިން

ފްރާންސްއިން ފެނިފައިވާ ކޯވިޑްގެ އާ ވޭރިއަންޓްއިން 46 ބަދަލެއް ފެނިފައިވާކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފިއެވެ. B.1.640.2 ގެ ނަމުން ނަން ދެވިފައިވާ އާ ވޭރިއަންޓްއިން 46 ބަދަލެއް ފެނިފައިވާކަމަށާއި، މި ވޭރިއަންޓް ވެކްސިންއަށްވެސް ނުގުޑާކަމަށް ފްރާންސްގެ ސައިންސްވެރިން ވަނީ ބުނެފައެވެ. އަދި އިންފެކްޝަންސް އުފުދޭ މިންވަރުވެސް އިތުރުވެފައިވާކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. މި އައު ވޭރިއަންޓް ދިރާސާ ކުރަމުން އަންނަ ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ މި ވޭރިއަންޓް...

އަޒްފާ ރަޝީދު
ހުޅުލެއަށް ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯއާ ހަވާލުކޮށްފި

ހުޅުލެއަށް ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯއާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި، އިބްރާހިމް ތޯހާއެވެ. މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށްދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އިސް ސަފުގަ...

އަޙްމަދު ވަހީދު
ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިމިއްޖެ

ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިމިއްޖެ

ށ. ފީވަކު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްްކަތް ނިންނާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި އެ މަސައްކަތް ނިންމާލީ މި މަހުގެ ދެވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 2،940 މީޓަރުގެ ސަރަހައްދެއް ކޮނުމާއި ކޮނުމަށް ފަހު ބިންގަނޑު އެއްވަރުކުރަން 4،511.70 މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމާއި 15،039 މީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓް ކުރުމާއި 750.40 މީޓަރުގެ ސަރަހައްދެއްގައި ކާބް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި، 460.2...

އަޙްމަދު ވަހީދު