ރާއްޖެ ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކާއެކު 4 މީހުން ހައްޔަރުކޮށްފި ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކާއެކު 4 މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން މީޑިޔާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ހިއުމަން ޓްރެފިކިންގެ މައްސަލައިގައި އެ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަަނީ 28 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުން ނެވެ. އޭގެތެރޭގައި ފުލުހަކާއި ބިދޭސީއެއްވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ހައްޔަރުގައި ހުރި ފުލުސް މީހާ ހުރީ މުސާރަ ނުލިބޭގޮތަށް... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ވިޔަފާރި ރަސްމާދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 75 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ބާރޖް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ބޭރުތޮށި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ސަލާމަތީ ޚިދުމަތްތަކުން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި ސަލާމަތީ ޚިދުމަތްތަކުން ވެރިރަށް މާލޭގައި ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މިރޭ އާންމުކުރެއްވި ނޫސްބަޔާނެއްގައި ވަނީ އެ ދެފަރާތް ގުޅިގެން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކުރަށްވާފައެވެ. މިގޮތުން ސަލާމަތީ ޚިދުމަތްތަކުން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، މި އޮޕަރޭޝަނަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން ކުރިއަށް ގެން... ތިލަދުން · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ކައުންސިލާއި، އަންހެނުން ކޮމެޓީން ހަނިމާދޫ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން ހދ. ހަނިމާދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން، ހަނިމާދޫ ސަޢާދާ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. ހަނިމާދޫ ސަޢާދާ ޕްރީސްކޫލަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހިންގަމުން އަންނަ ޕްރީސްކޫލެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ޙުސައިން ވަޙީދު “ތިލަދުން” އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ހިންގާ ޕްރީސްކޫލް ހިންގުމުގެ ކަންކަމަށް އެހީތެރިކަން ހޯދުމަށް ހަނިމާދޫ ކައުންސިލަށާއި، އަންހެނުންގެ ތަރައްގީކުރާ ކޮމެޓީއަށް ޕްރޮޕޯސަލް ހުށަހެޅު... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބީލަމަށް ށ. ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން ދެވަނަފަހަރަށް އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން -/500 ރުފ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ އިންޑިއާ އަށް ދާ މީހުން އަންނަ އަންގާރަ ދުވަހުންފެށިގެން ހަތް ދުވަހަށް ކަރަންޓީން ވާން ޖެހޭނެ ކޯވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ ގައުމަށް އެތެރެވާ މީހުން ހަތް ދުވަހަށް ކަރަންޓީން ވާން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވިގޮތުގައި މި ނިންމުމަށް އަމަލުކުރަން ފަށާނީ، މި މަހުގެ 11 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެދުވަހުގެ އިންޑިއާ ގަޑިން 00:01 ން ފެށިގެން އެ ގައުމަށް ދަތު... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ދުވާފަރު މަގުތަކުގެ އޭބީސީ ފަށަލައިގެ މަސައްކަތް ފަށައިފި ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރާނެއެވެ. އަދި 6923 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރާނެއެވެ. މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި، […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޅައިމަގު ސްކޫލުގެ 8 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި ށ. ޅައިމަގު ސްކޫލުގެ 08 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަކީ 16,782,860.70 (ސޯޅަ މިލިޔަން ހަތް ލައްކަ އައްޑިހަ ދެހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ ހަތްދިހަ ލާރި)ގެ މަޝްރޫޢުއެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެއިތުރުން މިއަދު ވަނީ އއ. ރަސްދޫގައި ހުންނަ، އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ ސުޕޯރޓްސް އެކެޑެމީން މިފަހަރު ދިއްދޫ އަށް ހއ. ފިއްލަދޫ ސުޕޯރޓްސް އެކެޑެމީގެ ފުޓުބޯޅަ ޓީމާއި ހއ. ދިއްދޫ އެކަޑެމީގެ ފުޓުބޯޅަ ޓީމާ މެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ތަކެއް ކުޅެފިއެވެ. ފިއްލަދޫ ސްޕޯޓްސް އެކެޑެމީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމެޗްތައް ކުޅެފައިވަނީ އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ. އެގޮތުގައި އިއްޔެގެ މެޗްތައް ހާއްސަކޮށްފައިވަނީ 14 އަހަރުން ދަށުގެ ޓީމްތަކަށާއި 11 އަހަރުން ދަށުގެ ޓީމްތަކަަށެވެ. 14 އަހަރުން ދަށުގެ ޓީމުގެ މެޗް 3 ގޯލު ޖަހައިގެން ކާމިޔާބު ކުރީ ދިއްދޫޓީމެވެ. އަދި 11 […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮނިޓަރިންގައި އޮތް ނެއްލައިދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި ހދ. ނެއްލައިދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮޮތުގައި ރަށް މޮނިޓަރިން އަށް ލެވިފައި މިވަނީ މިމަހުގެ 4 ވީ އަންގާރަ ދުވަހު އެރަށު ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ފުލޫ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިހާރު ވަނީ އެރަށުގައި ކޯވިޑް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގެ ތެރޭގައި ހިމެނެނީ: ރޭގަނޑު […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކަން އެމްޓީސީސީއަށް ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒޯނުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި މަޝްރޫއުގެދަށުން 219،595 އަކަ މީޓަރުގެ ސަަރަހައްދެއް ހިއްކާނެއެވެ. އަދި، 1336 މީޓަރު ރިވެޓްމަންޓް ޖަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ފަސް އެއްބަސްވުމެއް، ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިވެހިރާއްޖެއަށް 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ހިމެނޭހެން ޖުމްލަ ފަސް އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުންތަކުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ރާއްޖެ ދިވެހިންނަށް ޗައިނާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދެނީ ކޯވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަމާންވެށީގެ އަހަރީ ދުވަހާއި ގުޅިގެން ފަތިސް ނަމާދަށްފަހު ހަތިމު ކުރުން ކުރިއަށް ގެންގޮސްފި ށ. ފުނަދޫގައި ގާއިމް ކޮށްފައިވާ ށ. އަމާންވެށީގެ އަހަރީ ދުވަހާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ށ. އަމާންވެށީގެ އަހަރީ ދުވަސް ކަމަށްވާ މި މަހުގެ 6 ވަނަ ވީ ބުރާސްފަތި ދުވަސް ފެށިގެން ދިޔައީ އެތަނުގެ ކުދީންނާއިއެކު ފަތިސްނަމާދުންނެވެ. އަދި ނަމާދަށްފަހު ޤުރުއާން ހަތިމު ކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އެދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުދިން […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ ހދ. ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުޑަމުރައިދޫއަށް ދަތުރުދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެ އިދާރާގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ދޯންޏަކީ “ފެމެލީ” ކިޔާ ދޯންޏެކެވެ. އެ ދޯނި އިންޖީނު ހުއްޓުނީ ކުޑަމުރައިދޫއިން ފުރައިގެން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރި މަގުމަތީގައި ކަމަށް އެމްއެންއެންޑީއެފުން ވިދާޅުވެ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން