ވިޔަފާރި ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމާ ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެ ސަރުކާރުން ކ. ގުޅީގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ ރަސްމީކޮށް ހަވާލުވެ، ސްޓެލްކޯއިން ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު ގުޅީގައި މިއަދުން ފެށިގެން ޔޫޓިލިޓީގެ ހުރިހާ ހިދުމަތެއް ދެމުން އަންނާނީ ސްޓެލްކޯއިންނެވެ. ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވުމަށް އެރަށު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ރަށަކީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދު... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ހުޅުމާލެ ފްލެޓަކުން ވައްކަން ކޮށްފި ހުޅުމާލޭ 113 ނަމްބަރު ފްލެޓުން ރޭ ވައްކަން ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ ފްލެޓުން ވައްކަން ކުރިކަމުގެ ރިޕޯޓް ރޭ 3:19 ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ވަގުން ވަދެ އެ ފްލެޓުން ތިން ފޯނާއި، 1300 އަށް ވުރެ ގިނަ ޑޮލަރު ވަނީ ވަގަށް ނަގާފައެވެ. މި ވައްކަމުގެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށެވެ. ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި ރާއްޖޭގައި ލަންކާ މީހަކު ނިޔާވެއްޖެ ކޯވިޑް-19 ބަލީގައި ރާއްޖެއިން 73 އަހަރުގެ ސްރީލަންކާ ރައްޔިތަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި އެމީހާއަކީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެކެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:04 ހާކަށް ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 278 ވަނަ މީހާއެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު ދަނީ މި ބަލީގައި ނިޔާވަމުންނެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައި އޮތްއިރު […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި މިނިމަމް ވޭޖާއެކު ފެނަކައިގެ 80 އިންސައްތަ މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެ މިނިމަމް ވޭޖް ތަންފީޒުކުރަން ފެށުމާއެކު މިދިޔަ މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަނުގެ 80 އިންސައްތަ މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެއެވެ. އެ ކުންފުނިން ނެރުނު ހިސާބުތައް ދައްކާގޮތުގައި، ޖުމްލަ 3،346 މުވައްޒަފެއްގެ މުސާރައަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މީގެ ތެރޭގައި 495 މަސައްކަތު މީހުންނާއި 1،952 ޓެކްނިކަލް އަދި އޮފިސަރުންނާއި ސުޕަވައިޒާ ލެވެލްގެ 700 މުވައްޒަފުން ހިމެނެއެވެ. އެގޮތުން ކުރިން ބޭސިކް މުސާރައިގެ ގޮތުގައި 2،800ރ. ލިބުނު މުވައްޒަފުންނަށް މި ބަދަލާއެކު 4،650ރ. އަށް ވަނީ އިތުރުވެފައެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަނީ 1443 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާން ކޮށްފިއެވެ. މި އަހަރު މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ބޭނުންވާ “ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް” ފުރިހަމަ ކުރެއްވުމަށް ފަހު ލިޔުންތަކާއިއެކު 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ދިއްދޫ އެންމެ އަލިގަދަ ތަރި 1443" އެއްވަނައަށް އުމްރާ ދަތުރެއް ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން، އެއްވަނައަށް އުމްރާ ދަތުރެއް ލިބޭ ޤުރުއާން މުބާރާތެއް އިޢުލާންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. “ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 01 އޭޕްރިލް 2022 އިން 15 އޭޕްރިލް 2022 އަށެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިއްދޫގައި ދިރިއުޅެމުންދާ އެންމެހާ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އަންހެނުންގެ ކޮމެޓީން ފާއިތުވި އަހަރު ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައި ށ.ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަކޮށްފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ފާހަގަ ކުރެވިފައި ވަނީ ފާއިތުވި އަހަރު ހިންގަން ރޭވި ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ޕްރޮގްރާމެއް ފިޔަވައި ދެން ބާކީހުރި ހުރިހާ ޕްރޮގްރާމެއް ކާމިޔާބު ކަމާއިއެކު ހިންގައި ނަމޫނާ މަސައްކަތްތަކެއް ކޮށްފަ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުލިގަމު ސްކޫލްގައި 8 ކްލާސްރޫމާއި، އިތުރު އިމާރާތްތަކެއް އެޅުމަށް ހަވާލުކޮށްފި ހއ. އުލިގަމު ސްކޫލުގެ 08 ކްލާސްރޫމްގެ އިތުރުން، އިތުރު އިމާރާތްތަކެއް އެޅުމަށް އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ސްކޫލްގައި 08 ކްލާސްރޫމްގެ އިތުރުން، ސައިންސް ލެބް، ސްކޫލްގެ ވަށާފާރު އަދި އޭވީ ރޫމް އިމާރާތް ކުރާނެއެވެ. މި މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއިއެކު ސޮއި ކޮށްފައި ވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑްއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. [... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވައިކަރަދޫ މޮނިޓަރިންގައި، ފިޔަވަޅުތައް ވަރުގަދަކޮށްފި ހދ ވައިކަރަދޫގެ މުޖުތަމަޢު ތެރެއިން ކޯވިޑް-19 ގެ ކޭސްތައް ފެނި ބަލި ފެތުރެމުން ދާތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:10 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިންގެ އަށް ލާފައި މިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެރަށުގެ ފްލޫ ކްލިނިކަށް ދައްކަމުންދާ ގިނަ ފަރާތްތަކެއް ކޯވިޑް އަށް ޕޮޒިޓިވް ވަމުން ދިއުމާއި ގުޅިގެންނެވެ. […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި 74 އަހަރުގެ މީހަކު ނިޔާވެއްޖެ ކޯވިޑް-19 ބަލީގައި ރާއްޖެއިން 74 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 6:51 ހާކަށް ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 277 ވަނަ މީހާއެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު ދަނީ މި ބަލީގައި ނިޔާވަމުންނެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވިއިރު، މިވަގުތު […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ އިގްތިސޯދީގޮތުން ފުދުންތެރި ބަޔަކަށް ހަދައިދޭނަން: ނާޒިމް ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރަށްޔިތުންނަކީ އިގްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ހަދައިދެއްވާނެ ކަމަށާއި، އެކަން ކޮށްދޭނީ ވެސް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަމަށް އެ ޕާޓީގެ ރައީސް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕޭން ޖަގަހާގައި ރޭ ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުން ނާޒިމް ވިދާޅ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ރަސްމާދޫ ބަނދަރުގެ މަސައްކަތް ނިމެނީ ރ. ރަސްމާދޫ ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިދިޔަ ހޮނިހހިރ ދުވަހު ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ހާބަރު ޕޭވްމަންޓް ހެދުމުގެ 69 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގައި އިލެކްޓްރިކަލް ވަޔަރިން ކޯހެއް ފަށަނީ ހއ. ދިއްދޫގައި “އިލެކްޓްރިކަލް ވަޔަރިން” ކޯހެއް ހިންގުމަށް އެރަށު ކައުންސިލުން ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދިއްދޫ ކައުންސިލާއި، މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، ފޯނު ނަމްބަރު އަދި “ޑައި... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ތިލަދުންމަތީ ފެރީ ނެޓްވޯކަށް ބޭނުންވާ ފެރީތައް ނިންމާލައިފި، މިއަދު ޓެސްޓުތައް ފަށާނެ އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިންމައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި ލޯންޗު ފެރީތަކަކީ ގަލްފް ކްރާފްޓުން ބަނދެފައިވާ ލޯންޗުތަކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 11 އޭޕްރިލް 2021 ގައެވެ. އެމްޓީސީސީން، ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލުކުރީ 50 މީހުންގެ ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށެވެ. 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ މި ފެރީގައި ފަސިންޖަރުންގެ ސީޓާއި، […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަތުހީ، ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތް ކުރަންޖެހޭ: މޫކޭ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ މޫސާ ފަތުހީ އާދަމް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް “އަނިޔާއިން” ސަލާމަތްކުރަންޖެހޭ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް އެމްޑީޕީގެ ފ... އަލީ އާދިލް · 4 އަހަރު ކުރިން