ތިލަދުންމަތީ ޚަބަރު ފާއިތުވި އަހަރު މިލަންދޫ އަންހެނުންގެ ކޮމެޓީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައި ފާއިތުވި 2021 ވަނަ އަހަރު ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ. މިގޮތުން ފާއިތުވި އަހަރު އެ ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި އެ ކޮމެޓީން އިސް ނަގައިގެން މިލަންދޫ ސްޕޯޓްސް ކުލަބާއި ގުޅިގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވަނީ ކުރިއަށް ގެންގ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ތާވަލު ކޮށްފިއެވެ. އުރީދޫ އިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މިމަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް އަމިއްލައަށް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. ފޭދުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ފާރަށް ކަޅުތެޔޮ ޖަހައިފި ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރަށް ކަޅުތެޔޮ ޖަހައި، ގެއްލުން ދީފިއެވެ. ފޭދޫން “ތިލަދުން”އަށް ވާހަކަ ދެއްކި މީހަކު ބުނީ އެކަން ހިންގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، އެ ސްކޫލްގެ ފާރުގައި ލާފައިހުރި ކުލައާއި މެދު ހިތްހަމަނުޖޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް އޭނާ ތުހުމަތު ކުރިއެވެ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލްގެ ފާރުގައި ލާފައި ވަނީ ރީނދޫ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ އަސްހަދު ރާއްޖޭގައި ނެތް! ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ( އަޑުބަރޭ) ގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް މިއަދު އޭނާއަށް އިއްވާފައިވާއިރު، އޭނާ މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު އިނގޭ ޔޫތު މިނިސްޓްރީގައި މަސައްކަތްކުރާ ބޭފުޅަކު “ތިލަދުން”އަށް ވިދާޅުވީ، ޢާއިލީ ޒިންމާ ޗުއްޓީއެއްގައި އަސްހަދު ރާއްޖޭން ބޭރަށް […] އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ކިޔަނީ އިވޯލްވް ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކުރަން އެސްޓީއޯއިން ފަށާ ބޭންކަށް ކިޔާނީ “އިވޯލްވް” ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. ރޭ ޑިޖިޓަލް ބޭންކުގެ ނަން ހިއްސާކުރައްވަމުން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭންކު ހިންގުމުގެ ހުއްދަ އެމްއެމްއޭއިން ވީހާވެސް އަވަހަށް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ ކުންފުނިން މި ހުއްދައަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެސްޓީއޯއިން މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ [... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ކުޑަކުއްޖެއްގެ ގާތިލަށް އިއްވި 16 އަހަރުގެ ޖަލު ހުކުމް ދަމަހައްޓައިފި މާލޭގައި 14 އަހަރުގެ ކުއްޖަކު މަރާލި މީހަކަށް އިއްވި 16 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. 2016 ވަނަ އަހަރު، މަޖީދީމަގުގައި ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ކުއްޖެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުން 2019 ވަނަ އަހަރު ޖުވެނައިލް ކޯޓުން 16 އަހަރާއި އަށް މަހުގެ ޖަލު ހުކުމެއް އިއްވީ އެ ހާދިސާ ހިނގިއިރު 17 އަހަރު ފުރިފައިވާ ކުއްޖަކަށެވެ. އޭނާއަށް މިހާރު 18 އަހަރު ފުރުނަސް، އޭނާގެ މައުލޫމާތު […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހިންގަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް، ފަތުރަނީ ދޮގު މައުލޫމާތެއް: ކޮމަންޑޫ ކައުންސިލުން ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހިންގަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމަށާއި، އެ މަސައްކަތާއި ގުޅުވައިގެން ފަތުރަނީ ސައްހަނޫން މައުލޫމާތެއް ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފިއެވެ. މަތިކޮމަންޑޫ ބިންހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން އެ ކައުންސިލްގެ 4 މެންބަރުން ސޮއިކޮށް މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މަތިކޮމަންޑޫ ބިންހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ކޮމަންޑޫ ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާއަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޒުވާނުންގެ މަރުކަޒުގެ މައްސަލާގައި ޔޫތު މިނިސްޓްރީއާއި އިތުރަށް ވާހަކަ ދައްކަން ފުނަދޫ ކައުންސިލުން ނިންމައިފި ށ. ފުނަދޫ ކައުންސިލުން ބަލަހައްޓަމުންދާ އެރަށުގެ ޒުވާނުންގެ މަރުކަޒު، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ހަވާލު ކުރުމާއިމެދު އެމިނިސްޓްރީއާއި އިތުރަށް ވާހަކަދެއްކުމަށް ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައި ވަނީ އެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އެމިނިސްޓްރީއިން އެންގުމާއި ގުޅިގެން އެކަމާއިމެދު މަޝްވަރާ ކުރުމަށް މިމަހުގެ 30 ވަނަ ދުވަހު ބޭއްވި އެކައުންސިލްގެ 04 ވަނަ ދައުރުގެ 04 ވަނަ ކުއްލިޖަލްސާގައެވެ. ފުނަދޫ ކައ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖަލު ހުކުމާއެކު އަސްހަދަށް މަގާމު ގެއްލިއްޖެ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ( އަޑުބަރޭ) ގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ހުކުމާއެކު އަޑުބަރޭ މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ. އަލީ ވަހީދު ރާއްޖެ ގެންނަން އަޑުބަރޭ އަށް ކޯޓުން ކުރިން ވަނީ 72 ގަޑިއިރުގެ މުހުލަތެއް […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: 3349 ވޯޓު ކަރުދާސް ޗާޕުކޮށްފި ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް 3349 ވޯޓް ކަރުދާސް ޗާޕް ކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފައިވާ ގޮތުގައި ވޯޓް ކަރުދާސް ޗާޕް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޗާޕްހާނާއެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އީސީން އާންމުކޮށްފައިވާއިރު، ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތަކަންދޫ އަންހެނުންގެ ކޮމިޓީއަށް ޞަފިއްޔާ އިބްރާހީމް ހއ. ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމުގެ ހުސްވެފައިވާ މަގާމަށް އިންތިޚާބުވި މެންބަރުން އޭނާގެ މަސްއޫލިއްޔަތާއި ހަވާލުވެއްޖެއެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ހުސެއިން ނައީމް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކޮމިޓީއަށް އަލަށް އިންތިހާބު ވެފައި ވަނީ އެރަށު ޗަނބޭލީގެ ޞަފިއްޔާ އިބްރާހީމް ކަމަށެވެ. މިގާމަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލާފައި ވަނީ އެކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އީސީން ހުޅ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ޅައިމަގު ބަނދަރުގެ އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ ގެންގޮސްފި ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިހާރު ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ބޭރުތޮއްޓަކާއި، 276 މީޓަރުގެ އެއްގަމުތޮއްޓެއް ލާނެއެވެ. އަދި 500 މީޓ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ހުޅުދުއްފާރު ސްކޫލްގައި 12 ކްލާސްރޫމް އިމާރާތްކުރަން ހަވާލުކޮށްފި ރ. ހުޅުދުއްފާރު ސްކޫލުގެ 12 ކްލާސްރޫމްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި އެކު ސޮއި ކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑްއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. އަދި މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބްއެވެ. އެޑިއުކޭޝަނ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ބިދޭސީ އަންހެނަކަށް ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް އެ ޚިދުމަތަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:20 ހާއިރެވެ. މިކަން ހިނގާފައި ވަނީ މާލޭގެ ގެއެއްގައެވެ. އެ އަންހެން މީހާގެ ފިރިމީހާއަކީ ވެސް ބިދޭސީ އެކެވެ. “އަނިޔާ ލިބުނު އަންހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން” ފުލުހުން ވިދާޅުވިއެވެ. ފުލ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫއަށް އާ ސީއީއޯއެއް އައްޔަން ކޮށްފި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފިއެވެ. މިއަދު މި މަގާމަށް އައްޔަން ކުރީ ގަތަރުގެ ރައްޔިތެއް ކަމަށްވާ ޚާލިދް ހަސަން އެމް އޭ އަލް-ހަމާދީ އެވެ. އޭނާއަށް އުރީދޫ އިން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ. ޚާލިދަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމާ ސޭލްސްގެ ސީނިއާ ޑައިރެކްޓަރު އަދި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން