ރާއްޖެ ގައިދީންނާއި ބަންދުމީހުން ޖަލުގައި ބައިތިއްބައިގެން ޑޮކްޓަރަށް ދެއްކުމާބެހޭ އެއްބަސްވުމެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން ފަހުމްނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. އެމްސީއެސް އިން މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކުގައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މި ފަހުމްނާމާގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ އައިއެސް ޖަމާއަތާ ގުޅުން އޮންނަ ދިވެއްސަކު ހައްޔަރުކޮށްފި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުން އޮންނަ ދިވެހިއްސަކު ރާއްޖެއިން ހައްޔަރުކޮށްފިއެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އައިއެސް ޖަމާއަތާ ގުޅުން އޮންނަ ދިވެއްސަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ސީޕީ ވިދާޅުވެފައިވާ ގޮތުގައި އެމީހާ ހައްޔަރު ކުރީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތަކާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޖެނުއަ... އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު ކުމުންދޫ ކޮޅަށް 22 ލަނޑު ޖަހައި ނައިވާދޫ ފައިނަލަށް ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ނާވައިދޫއިން ކުމުންދޫ ލަދުގަންނަވާލައި، ކުމުންދޫ ކޮޅަށް 22 ގޯލް ޖަހައިފިއެވެ. މި މެޗްގައި ކުމުންދޫއަށް ޖެހިފައިވަނީ 2 ގޯލްއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން ނޭކުރެންދޫ އިން ފިނޭގެ މައްޗައް ކުރި ހޯދީ 10-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕް އިން ފައިނަލަށް ގޮސްފައިވަނީ ނާވައިދޫ އެވެ. ނޭކުރެންދޫ އަދި ނާވައިދޫއަށް ވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނާވައިދޫއަށް […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ކުޅިވަރު އިނގިރޭސި ޕުރިމިއަލީގު: ލީޑްސް ކޮޅަށް ލިވަރޕޫލްއިން 6 ގޯލު އިނގިރޭސި ޕުރިމިއަލީގުގައި ބުދަދުވަހުގެރޭ ކުޅުނުމެޗުން ފަސޭހަކަމާއެކު ލިވަރޕޫލް ކުޅުނުމެޗު އެ ޓީމް ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލް ދަނޑުގައި ކުޅުނު މިމެޗުން ލީޑްސް ޔުނައިޓެޑް މައްޗަށް ލިވަޕޫލް ކުރިހޯދީ 6-0 ގެ ނަޖާއަކުންނެވެ. މި މެޗުގައި ގޯލްތަށް ޖަހާފައިވަނީ ސަލާހް، މަޓޕް،މާނޭ،ވެންޑައިކް އެވެ. މީގެތެރެއިން މާނޭ ، ސަލާހް ކޮންމެ ކުޅުންތެރިޔެއްވަނީ ދެގޯލް ޖަހާފައެވެ. ސަލާހް ދެގޯލްވެސް ޖަހާފައިވަނީ ޕެނަލްޓީންއިންނެވެ. މި ނަތީޖާއާއެކު ލިވަޕޫލްވަނީ އެއްވަނައިގައިވާ ސިޓީއާއި 3 ޕޮއިންޓަށްކައިރިވެލާފައެވެ.... އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ފަޅުތެރެއިން ހާހެއްހާ ރާގޮނޑި ހިފައިފި ހއ. ހޯރަފުށީ ފަޅުތެރެއިން ހާހެއްހާ ރާގޮނޑި ހިފައިފިއެވެ. ރާގޮނޑި އައިން ވަދެފައި ވަނީ އެރަށު އެއާޕޯޓު ހުޅަނގު ފަޅުތެރެއަށެވެ. އެ ސަރަހައްދުގައި ހުރި މީހަކު “ތިލަދުން” އަށް ބުނީ މިވަގުތު ވެސް ރާގޮނޑި ހިފުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. “ހާހެއްހާ ރާގޮނޑި އެއްގަމަށް ލެވިއްޖެ، މިހާރު ވެސް ރާގޮނޑި އައިން ބައްދާލައިގެން އުޅެނީ” އޭނާ ބުންޏެވެ. އޭނާ ބުނީ އެ ރާގޮނޑި ހިފުމުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ފޯރިއާއިއެކު ބައިވެރިވަމުން ކަމަށެވެ. ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި މާލޭ ސިޓީގެ، ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ބިޖިލީ ކާސަލް ކިޔާ ގެއެއްގައި ކަމަށެވެ. ސިފައިންގެ މަސައްކަތުން ގޭގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ، 8:48 ގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ. ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ޕެސްޓް ބަންދުން ދޫކޮށްލައިފި ޑްރަގްގެ ބޮޑެތި ދައުވާތަކެއް އުފުލިފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބަންދުން ދޫކޮށްލައިފި އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު، މިދިޔަ އަހަރު ހައްޔަރުކުރި ޕެސްޓްގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ކުރެ އެވެ. އޭގެ ތެރޭގައި އުމުރަށް ޖަލަށްލެވޭ ފަދަ ކުށްތައް ވެސް ހިމެނެ އެވެ. އޭނާ ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. ޕެސްޓް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުުން އެންގީ މިއަދު ބޭއްވި […] އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި މަންތާއާ ގުޅިގެން ސްރީލަންކަން އިން ރާއްޖޭގެ ދެކުނު ގުޅާލަނީ ސްރީ ލަންކަން އެއާލައިނުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާ މީހުން، މަންޓާ އެއާ މެދުވެރިކޮށް ދެކުނުގެ އެހެން ބައެއް މަންޒިލްތަކަށް ދަތުރުކުރެވޭ ގޮތް ހަދައިިފިއެވެ. މި ހިދުމަތާ އެކު ސްރީ ލަންކަން އިން ގަމަށް ދަތުރު ކުރާ މީހުންނަށް މަންޓާ އެއާ މެދުވެރިކޮށް ގއ. ކޫއްޑޫ އަށް ދަތުރު ކުރެވޭނެއެވެ. މިއާއެކު އެއާޕޯޓުގައި ފަސިންޖަރުން ހޭދް ކުރަން ޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ. ސްރީ ލަންކަންގެ ރީޖަނަލް މެނޭޖަރު ޖަޔަންތާ އަބޭސިންހަ ވިދާޅުވީ އެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލާ ގާތަށް ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ކުޅުނު މެޗުތަކުން މޮޅުވެ ފައިނަލާގާތަށް ޖެހިލައިފިއެވެ. ރޭގެ މެޗްތަކުގައި މަކުނުދޫގެ މައްޗަށް ވައިކަރަދޫ އިން ކުރިހޯދީ 3-2 އިންނެވެ. އަދި އިހަވަންދޫ އިން ވަނީ 1-0 އިން ކެލާ ބަލިކޮށްފަ އެވެ. ކަނޑިތީމުން ގޮއިދޫ ބަލިކުރީ 3-0 އިންނެވެ. ނެއްލައިދޫ އަތުން ކުޅުދުއްފުށި މޮޅުވީ 3-1 އިންނެވެ. އަދި މަރޮށިން ވަނީ 4-3 އިން […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫގައި ހިންގާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ށ.ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފޯކައިދޫގެ ޒުވާނުންގެ އިތުރު އެކި އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކޯހެކެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހފައި ވަނީ 5 މާޗް 2022 އިން 15 މާޗް 2022 ގެ ނިޔަލަށް ޖުމްލަ ދިހަ ދުވަހަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙް، ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ އަނބިކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ހާމަކުރެއްވުމުގެ ދެ ގަޑިއެއްހާއިރު ކުރިން ޓްވީޓާ މެދުވެރިކުރަށްވައި ރައީސް ޞާލިޙް ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑްގެ ފަރުވާއަކަށް އެމަނިކުފާނު މިއަދު ފުރާވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަ ކުރަށްވާފައެވެ. “... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ މިސްކިތްތަކަށް އަނެއްކާ ވެސް ފެނަކައިގެ އެހީއެއް ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން އަނެއްކާ ވެސް ށ. ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފެނަކައިން މިފަހަރު ކޮމަންޑޫ މިސްކިތްތަކަށް ހަދިޔާ ކުރި 8 ލައުޑް ސުޕީކަރެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި، ފެނަކަ ސީއެސްއާރު ގެ ދަށުން، އެރަށު މިސްކިތްތަކައް ބޭނުންވާ 8 ލައުޑް ސުޕީކާ ވަނީ އެ ކައުންސިލާ ހަވާލުކޮށްފައެވެ. މި މަހުގެ 20 ވަނަ ދުވަހު ވެސް ފެނަކައިން ވަނީ ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ފަހަރު ހަދިޔާ ކޮށްފައި ވަނީ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ ހދ. ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ރަޖިސްޓަރީގެ ކަންކަން ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. އޮންލައިން ފޯމް: https://shorturl.at/wEKLU މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި ހެންވޭރު ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. ހ.ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތި އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 ހާއިރުއެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރުއެވެ. މި ހާ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކުޅިވަރު ޗެލްސީ މޮޅުވިއިރު ޔުވެންޓަސްއާއި ވިލަރެއާލް މެޗަށް ހަމަހަމަ ނިމުމެއް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ލިލް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކުރިއިރު ޔުވެންޓަސް އާއި ވިލަރެއާލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ފްރާންސްގެ ލިލްއާއި ދެކޮޅަށް ކުޅުނު މެޗު، ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗެ ފެށިތާ ކުޑައޮރުކޮޅެއް ތެރޭ ޗެލްސީން ވަނީ ލިލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން އަޒްޕިލްކުއޭޓާ ތިރިތިރިން ލިލްގެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން