ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، މުޅި ރާއްޖޭން 3 ވަނަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ” 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހއ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަދި މުޅި ރާއްޖެއިން އެންމެ ރަނގަޅު 3 ވަނަ ކައުންސިލަކަށް ތުރާކުނު ކައުންސިލް ހޮވިއްޖެއެވެ. ތުރާކުނު ކައުންސިލް ވަނީ 2019 ވަނަ އަހަރު ވެސް މި ރޭންކިންއިން ހއ. އަތޮޅުން އެންމެ ކުރި ހޯދާފައެވެ. 2020 ވަނަ އަހަރު މުޅި ރާއްޖޭން 3 ވަނަ ކައުންސިލެއް […] ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ރާއްޖެ ސީރާ ގުރޫޕްއާއެކު އެމްއެމްޕީއާރުސީން މާކެޓިން ކެމްޕެއިނެއް ފަށައިފި މެދުއިރުމަތީގައި ފަތުރުވެރިކަމާ ގުޅުން ހުރި ޚިދުމަތްތައް ފޯރުކޮށްދޭ ސީރާ ގްރޫޕްގެ ފްލޭގްޝިޕް ކޮންސިއުމަރ ޓްރެވަލް ބްރޭންޑް އަލްމޮސާފާއާއެކު އެމްއެމްޕީއާރުސީން މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ. ސީރާ ގްރޫޕަކީ މެދުއިރުމަތި އަދި އުތުރު އެފްރިކާގައި ފަތުރުވެރިކަމާ ގުޅޭ އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުންޏެވެ. ސީރާ ގްރޫޕާއެކު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެކި ބާވަތުގެ ކޮންޓެންޓު މެދުވެރިކޮށް މި... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ހުޅުވާލި މި ފުރުސަތުގެ ދަށުން މި ތަކެތި ވިއްކާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައެވެ. މިއީ އައްޑޫގައި ހުޅުވާ މި ބްރޭންޑުގެ ފުރަތަމަ ފިހާރައެވެ. ބީސީސީން އޮތެންޓިކް މޯލްޑިވްސް ހުޅުވީ ދިވެހި އަމިއްލަ އުފެއްދުންތައް މާކެޓުކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލުމަށެވެ. މި ފިހާރަ ހުޅުވަން ނިންމާފައިވަނީ ގަން... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ޔޫކްރެއިނާއި ރަޝިއާ ފަތުރުވެރިންގެ ވިސާ އިތުރުކުރެވޭ ގޮތް ހަދައިފި ރާއްޖޭގައި މިހާރުތިބި ޔޫކްރެއިނާއި ރަޝިއާގެ ފަތުރުވެރިން ވީސާ އިތުރުކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެ ގޮތް ހަދައިދެއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކަށް އެތަންތަނުގައި ތިބި މި ދެ ގައުމުގެ ފަތުރުވެރިންގެ އަދަދާއި އެމީހުން ފުރުމަށް ހަމަޖެހިފައިވާގޮތް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން އެދިފައިވާނެކަމަށެވެ. އަދި އެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިރާގުން ތަށި ދިފާއު ކުރުމަށް އުރީދޫއާއި ދެކޮޅަށް ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ގެ 8 ވަނަ މުބާރާތުގެ ފައިނަލުން ދިރާގާއި އުރީދޫ ޖާގަ ހޯދައިފިއެވެ. މި މުބާރާތް އެންމެ ފަހުން 2019 ވަނަ އަހަރު ބާއްވާފައިވާއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދިރާގުންނެވެ. ވުމާއިއެކު މި މުބާރާތުގެ ފައިނަލަށް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުލިގަމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ ހއ. އުލިގަމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 މާޗް 2022 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާއަށް ) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ކޮޗިން ފެރީން ގެނައި އޮރެންޖްތައް ލިބުނީ އުތުރުގެ ރައްޔިތުންނަކަށް ނޫން: ޔާމީން ކޮޗިން ފެރީގެ ދަތުރުތައް ކުރަނީ ރާއްޖޭގެ އުތުރަށް ނަމަވެސް، އެ ފެރީން ގެންނަ “އޮރެންޖް”ތައް ލިބެނީ އުތުރުގެ ރައްޔިތުންނަށް ނޫންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގެ ދަށުން މިއަދު ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ކޮޗިން ފެރީއަކީ ރާއްޖޭގެ... އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު ނަޕޯލީ ކަޓުވާލައި ބާސާ އަނެއް ބުރަށް ޔުއެފާ ޔޫރަޕާ ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާއި ނަޕޯލީ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ގެ ބުރުން ބާސާ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ބާސާގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއެކު ރޭ ލިބުނު މޮޅާއިއެކު ބާސާއަނެއް ބުރަށް ކޮލިފައިވެފައި ވަނީ 5-3 […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކުޅިވަރު ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލަށް ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ފައިނަލަށް ދަތުރުކޮށްފިއެވެ. ވައިކަރަދޫ ގްރޫޕް ގެ ފަހު މެޗުގައި ނެއްލައިދޫގެ މައްޗަށް ކުރިހޯދީ 7-4 ގެ ނަތީޖާ އަކުންނެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ވައިކަރަދޫ ފައިނަލަށް ދަތުރުކުރީ 9 ޕޮއިންޓާއެކުގައެވެ. ފައިނަލުގައި ވައިކަރަދޫ ނިކުންނާނީ ނާވައިދޫ އާއި ދެކޮޅަށެވެ. ކަނޑިތީމުން ފައިނަލް ޖާގަ ޔަގީން ކުރީ ގްރޫޕްގެ ފަހުމެޗުގައި 5-0 ގެ […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު، އެއްވަނައަށް 10000 ރުފިޔާ ހދ.ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް 10000.00 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ލޯގޯ ފަރުމާ ކުރުމުގައި ބަލާނޭ މިންގަނޑުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ފަރުމާކުރެވޭ ލޯގޯއަކީ މީގެ ކުރިން... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙް، އަލުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި ސާޖަރީއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލުކުރެއްވީ މިއަދު ހެނދުނު 6:00 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމް... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ކޮލަމް ހިޖާމަ ޖެހުމުން ލިބޭ ފައިދާތަކާއި ފަރުވާތައް ހިޖާމާ ޖެހުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ސާބިތުވެފައިވާ ފަރުވާއެކެވެ. އެއީ ދީނީ ގޮތުން ހުއްދަ އަދި އެކަމުގެ ފައިދާ އިންތިހާއަށް އޮތް ފަރުވާއެކެވެ. އެކި ބަލިތަކަށް ހިޖާމާގެ ސަބަބުން ޝިފާ ލިބިގެން ދެއެވެ. މި ލިއުމުގައި މިއަލި އަޅުވާލަނީ ފަހުގެ ދިރާސާތަކުގެ އަލީގައި ހިޖާމަ ޖެހުމުން ހަށިގަނޑަަށް ކުރާ ފައިދާ ތަކުގެ މައްޗަށެވެ. ހިޖާމާ ޖެހުން ނުވަތަ ކަޕިން އަކީ ޗައިނީސް މެޑިސިންގެ ތެރޭގައިވެސް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރުވާ އެކެވެ. ހިޖާމާ ޖަހާއިރު މިކަން ކުރަން ދަންނަ ތ... އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ރާއްޖެ "ތަރައްޤީ ހޯދޭނީ ގުޅިގެން ކުރެވޭ މަސައްކަތުންކަން" އަތޮޅަކަށް ވިޔަސް ނުވަތަ ރަށަކަށް ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަންކަމަށާއި، ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ލޯކަލްގަވަރމަންޓް އޮތޯރިޓީން(އެލްޖީއޭ) އިންތިޒާމުކޮށް ބޭއްވި ކަންކަތި އެވޯޑް 2022 ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ރަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ނައިބު ރައީސް ފައިސަލް، ރައީސް ކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރަށްވައިފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރަށްވައިފިއެވެ. ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިވަގުތު ހުންނެވީ ތައިރޮއިޑް ބަށްޔަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައެވެ. ރައީސް ޞާލިޙް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މިއަދު ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެވަޑައިގަންނަވާނީ ނ... ތިލަދުން · 4 އަހަރު ކުރިން
ރާއްޖެ ތިލަދުންމަތީގެ 3 ރަށް ހިމެނޭހެން 10 ރަށެއްގައި ވޮލީ ކޯޓް އަޅަން ހުޅުވާލައިފި ތިލަދުންމަތީގެ 3 ރަށް ހިމެނޭހެން 10 ރަށެއްގައި ވޮލީ ކޯޓް އަޅަން ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވޮލީ ކޯޓް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން އިޢުލާން ކޮށްފައިވަނީ މި 10 ރަށަށް ވަކިންނެވެ. އެގޮތުން ތިލަދުންމަތިން ވޮލީ ކޯޓް އެޅުމަށް އިޢުލާން ކޮށްފައިވަނީ ހއ.ހޯރަފުށި، ހދ.ވައިކަރަދޫ އަދި ހދ.ކުރިނބީ އެވެ. މީގެ އިތުރުން އިޢުލާން ކޮށްފައިވާ ރަށް ތަކަކީ ނ.މާފަރު، ބ.ކިހާދޫ، ބ.ދަރަވަންދޫ، ޅ.ކުރެންދޫ، އއ.ހިމަންދޫ، […] އަލީ އާދިލް · 4 އަހަރު ކުރިން