ވިޔަފާރި އެމްޓީސީސީގެ "ހުނަވަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް" އިފްތިތާހުކޮށްފި އެމްޓީސީސީން “ހުވަނަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް” މިއަދު އިފްތިތާހު ކޮށްފިއެވެ. މިއަދު މާފަންނު ބަސް ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއާއި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާވެސް ގުޅުވައިގެން ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ކުންފުނީގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަށް ގާއިމުކުރުން ކަމަށާއި، ވަކި މަސައްކަތްތަކަކީ ހަމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑަބްލިއުއެސްސީން ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ޓީވީ ހަދިޔާ ކޮށްފި މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ޓީވީ ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން ހަދިޔާ ކުރީ 55 އިންޗީގެ ޓީސީއެލް ހަތް ޓީވީއެވެ. ހދ. އަތޮޅު އެޑިއުކޭޝަމް ސެންޓަރުން ވަނީ އެމްޑަބްލިއުއެސްސީގެ މި އެހީއާ ގުޅިގެން އެ ކުންފުންޏަަށް ޝުކުރު އަދާ ކޮށްފައެވެ. މިއީ އެ ސްކޫލް ޑިޖިޓަލް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ އިތުރު ލުޔެކެވެ. އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ކިހާދޫގެ އަންހެނުން އެރަށުގެ އިކޯ ސެންޓްރޯގެ އޮޕަރޭޝަންސް ހިންގައިފި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ.ކިހާދޫގެ އަންހެނުން އެރަށު އީކޯ ސެންޓްރޯ ހިންގުމާއި ހަވާލުވެއެއްޖެއެވެ. އީކޯ ސެންޓްރޯގެ މެނޭޖްމަންޓާއި، އޮޕަރޭޝަންސްގެ ހުރިހާ މަސައްކަތެއް މިއަދު ކުރިއަށް ގެންދިޔައީ ކިހާދޫގެ އަންހެނުންނެވެ. މީގެ އިތުރުން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަށް ދަރަވަންދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލް މެންބަރުން ވެސް ކިހާދޫއަށް އައިސްފައިވެ އެވެ. ކިހާދޫގެ 26 ޒީރޯ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯގެ އާއްމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު ހުޅުވާލި މި ފުރުސަތުގެ ދަށުން އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން “އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް” އާއި ޑޮކިއުމަންޓްތައް 31 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ހުށަހަޅަން އެސްޓީއޯއިން އެދެއެވެ. ފޯމް ހުށަހަޅާނީ cs@sto.mv އީމެއިލް އެޑްރެހަށް ނުވަތަ ކުންފުނީގެ ވެބްސައިޓް sto.mv ގައި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއަދު ހަވީރު އެކަމަށްޓަކައި އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެޚްމާނަކީ މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރުޑީސީ) މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކެވެ. މީގެ އިތުރުން ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދާއި، އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން ސިޓީގެ ކ... ތިލަދުން · 4 އަހަރު ކުރިން
ރާއްޖެ އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަޝްވަރާކުރައްވައިފި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ހިންގާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައި ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަޙުގައި ތަކެތީގެ އަގުތައް އުފުލުމ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިހާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެ އޮޕަރޭޝަނަކީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 7 ވަނަ ދުވަހު ހިންގި... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އޭޖީ މެދުވެރިނުކޮށް، ކައުންސިލްތަކުން އަމިއްލައަށް ކޯޓުތަކަށް ދެވޭނެ: ސުޕްރީމް ކޯޓް ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް އަމިއްލައަށް ކޯޓަށް ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށް، ކައުންސިލްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ނިންމައިފި އެވެ. އދ. ފެންފުށީ ބިމެއްގެ މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކުން ކޯޓަށް އަންނަން ޖެހޭނީ އެޓާނީ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ. އެކަމަކު ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލްތަކަކީ އަމިއްލައަށް ދައުވާކޮށް އަދި ދައުވާލިބިގަނެވޭ މުއައްސަސާތަކެކެވެ. ހައި ކޯޓުގެ އެ... ހުސައިން ހަބީބް · 4 އަހަރު ކުރިން
ކުޅިވަރު ފަސޭހަކަމާއިއެކު އެވަޓަން ބަލިކޮށް ގަދަ ހަތަރެއްގެ ރޭހަށް ޓޮޓެންހަމް އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ޓޮޓެންހަމާއި އެވަޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޓޮޓެންހަމުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތައް ދިރުމެއް ލިބިއްޖެއެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޓޮޓެންހަމުން މޮޅު ކުޅުމެއް ދެއްކިއިރު، އެވަޓަންގެ ފަރާތުން ފެނިފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެވަޓަންއަށް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯ ފްލެޓުތައް އަވަހަށް ނިންމަން މަޝްވަރާ ކޮށްފި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓުގެ ދަށުން ހަދާ ފްލެޓުތަކުގެ މަސައްކަތް އަވަހަށް ނިންމަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކޮންޓެކްޓަރާއި މަޝްވަރާކުރައްވައިފިއެެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓްގެ މަސައްކަތްތައްދާގޮތް ބައްލަވާލެއްވުމަށް ޝަރީފާއި ބޯޑު މެމްބަރުންގެ އިތުރުން ހައުސިން ކޮމިޓީގެ ބައެއް މެމްބަރުން އިއްޔެ ކުރެއްވި ޒިޔާރަތުގައެވެ. ސްޓެލްކޯއިން ބުނީ ޝަރީފުގެ މިޒިޔާރަތުގައި އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާލުމަށް ކުރަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ އުމަރުގެ ރިޔާސީ ކެމްޕެއިން އަލުން ފަށައިފި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެމްޕެއިން އަލުން ފެއްޓެވިކަން އޭނާ ޢިއުލާން ކުރަށްވައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހު، އުމަރުގެ އޭނާ ކެމްޕެއިން މެދުކަނޑާލެއްވީ އޭނާގެ ހޯމް މިނިސްޓަރުކަމުގައި 2015 ވަނަ އަހަރު ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވުމުންނެވެ. އުމަރު އަލުން […] އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ތިނަދޫ ރީޖަނަލް ޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުނަފުނިން ބުނީ މި މަޝްރޫއުގެ ދަށުން ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަން ފޫޓިންގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި، ގާޑްހައުސް، ވެއާހައުސް، އަދި ވާކްޝޮޕް އިމާރާތްއެޅުމާއި، ނަރުދަމާ ނެޓްވޯކެއް ގާއިމްކުރުމުގެ އި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ އިން ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ފާސްކޮށްފި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 2.70 ރުފިޔާ ބަހަން ނިންމައިފިއެވެ. ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިއަދަދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދަަރުންގެ 98.7 އިންސައްތައިގެ ވޯޓާ އެކުއެވެ. މި ޖަލްސާގައި އަމިއްލައަށް 101 ހިއްސާދާރަކު ވަނީ ބައިވެރިވެފައިވާއިރު، ޕްރޮކްސީ މެދުވެރިކޮށް 1101 ހިއްސާދާރަކު ބައިވެރިވިއެވެ. އެއީ 135.9 މިލިއަން ރުފިޔާގެ ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންނެވެ. އިންކަމް ޓެކްސް ގާނޫނަށް ގެނެވުނު ބަދަލާއެކު، ރެޒިޑެންސީ ކަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން "ހޯރަފުށީ ޑޭ" ނަމުގައި ހާއްސަ ދުވަހެއް ފާހަގަކުރަނީ ހއ. ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން “ހޯރަފުށީ ޑޭ” ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 17 ވާ އަންގާރަ ދުވަހުއެވެ. އެ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކޮށް އެވޯޑް ދިނުމުގެ ބޭނުމަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ހަނިމާދޫ މަގު ހަދައި ނިމެނީ ހދ. ހަނިމާދޫ މަގުހަދައި ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 93 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، ސަބްބޭސް އާއި ސަބްގްރޭޑިން އާއި ތާރުއެޅުން އަދި ހިނގާ ސަރަހައްދުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރަމުން އަންނަނީ މަގުބައްތިއާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން