ރާއްޖެ ޤައުމީ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލައްވައިފި ޤައުމީ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާގުޅިގެން އެ ކޮމިޓީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން އެކުލަވައިލައްވައިފި އެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، ކުރިންވެސް އެ މަގާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. އެ ކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ، މައްޗަންގޮޅީ މާފުނަ މުޙައްމަދު އިސްމާޢީލްފުޅާއި، މައްޗަންގޮޅީ ކަޝްމީރުވާދީ އިބްރާހީމް ޙުސައިން މަނިކާއި، މާފަންނު ދިޖުލަތު ކޯރު ޙަފީޡާ އިބްރާހީމާއި، މާފަންނު އަލި... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް ސޮއިކޮށްފި ށ. ފުނަދޫގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ކަމަށެވެ. މިރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުންވެސް ބައެއް ބޭފުޅުން ބައިވެރިވެފައިވެ އެވެ. އެގޮތުން 3 ދުވަސްތެރޭ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ވިހި ރުފިޔާގެ އާ ނޫޓުތަކެއް ބޭނުން ކުރަން ފަށައިފި ވިހި ރުފިޔާގެ އާ ނޫޓޫތަކެއް ބޭނުން ކުރަން ފަށައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އާ ނޫޓުތަކެއް ޗާޕު ކުރަން ނިންމީ މިހާރު ހުރި 20ރ. ގެ ނޫޓުގެ ހުސްވާން ކައިރިވުމުން ކަމަށެވެ. މި ނޫޓުތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު13 ވަނަ ދުވަހު ޗާޕުކޮށް، ރާއްޖެ ގެނައި ސްޓޮކެކެވެ. އަލަށް ޗާޕުކޮށްގެން ނެރުނު 20ރ. ގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. އެ ނޫޓުގެ ތާރީހަކީ 01 ޖުލައި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޭދޫ ވޮލީކޯޓުގައި ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދަނީ ށ. ފޭދޫ ވޮލީކޯޓުގައި ލައިޓް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބީލަމުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެއިދާރާއިން ދޫކުރާ “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް” ފުރިހަމަކުރެއްވުމަށްފަހު 15 މާރިޗު 2022 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން އެއިދާރާއަށް ނުވަތަ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރިޕޯޓް ފަނޑިޔާރުންގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ މާރިޗު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ޗުއްޓީ ދިނުމަށް ކަނޑައަޅާ މާއްދާއެއް އެ ޤާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ޖައިލަމްގެ މަރުގެ ދައުވާލިބުނު މީހުން ސަލާމަތްވެއްޖެ ދަރުބާރުގެ ކައިރީގައި މީގެ ހަތް އަހަރު ކުރިން މަރާލި ހ. ހަންޑްރެޑްފްލާވާސް ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ. 2015 ވަނަ އަހަރު ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ޖައިލަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގް އަދި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާން އަދި ގއ. ވިލިނގިލި ފިޔަޖަހާގެ މުހައްމަދު ހުމައިދުގެ […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ވިޔަފާރި ކޮމަންޑޫ ހިއްކި ސަރަހައްދު ވަގުތީގޮތުން ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މިހާރު ހިއްކާފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ބުނީ މިހާރު ހިއްކާ ސަރަހައްދު ހިމާޔަތް ކުރަނީ އެ ސަރަހައްދު ގިރައިގެންދިޔަ ނުދޭން ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުގައި ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި ހއ. އަތޮޅަށް ހުޅުުވާލައިގެން ހިންގާ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް މިއަދު އެ އަތޮޅު ވެރިރަށް ދިއްދޫގައި ފަށައިފިއެވެ. މިކޯހަކީ ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. 25 ބައިވެރިންނާއި ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި ދިއްދޫގެ ބައެއް ޒުވާނުންގެ އިތުރުން ސްކޫލްގެ ބައެއް ދަރިވަރުންވެސް ހިމެނެއެވެ. މިކޯސް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ހެނދުނު ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 3" އަންނަ ހޮނިރު ދުވަހު ބާއްވަނީ އަންހެނުންގެ ދުވަހާއި ގުޅިގެން ށ . ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ގެންދާ “ދަންދާނަ ބާޒާރު” ސިލްސިލާގެ ތިން ވަނަ ބާޒާރު، “ދަންދާނަ 3” އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ ބާޒާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ، މިފަހަރުގެ ދަންދާނަ ޕްރޮގްރާމް ކުރިއަ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަނަފަރުން ކަނޑާލި 29 މީހުންގެ މައްސަލަ އަލުން ބަލަން އަންގައިފި ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރި 29 މީހުންގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ. މަނަފަރު ރިސޯޓުން 2020 ވަނަ އަހަރު ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރުމުގެ ކުރިން އެ މީހުންގެ މުސާރައިން ވެސް އެ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮތީ 75 ޕަސެންޓް […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ހިންގައިފި ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. މި އެކްސަސައިޒް ބާއްވާފައިވަނީ 09 މާޗް 2022 ވީ ބުދަ ދުވަހުގެ ރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ރޭގަނޑު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ހަނިމާދޫ އެއަރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ”އެއާޕޯޓް އިމަޖެ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި މޯލްޑިވިއަނުން ލަންކާގެ ރަތުމަލާނާ އެއާޕޯޓަށް ދަތުރުތައް ފަށަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސިރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ފްލައިޓު ތާވަލު ކޮށްފިއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނީ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓް ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލުމާއެކު އެ އެއާޕޯޓަށް ދަތުރު ފެށުމުގެ މަޝްވަރާތައް ކޮށްފައިިވާ ކަމަށެވެ. އެގޮތުން ދަތުރުތައް ފަށާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް އެ އެއާލައިނުން ބުންޏެވެ. މި މަހުގެ 27ގެ އިތުރުން 29 އަދި 31 […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ފަހަތުން އަރާ ޕީއެސްޖީ ބަލިކޮށް ރެއާލް ކުއާޓާއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީއެވެ. ރޭ ރެއާލްގެ ދަނޑުގައި މި ދެ ޓީމް ވާދަކުރި ދެވަނަ ލެގުގެ މެޗުގައި، ޕީއެސްޖީގެ މައްޗަށް ރެއާލް ކުރި ހޯދާފައި ވަނީ ޕީއެސްޖީން ލަނޑެއް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ނޫސްވެރިޔާ ސާއިލްގެ ފޮތް މޫލީ މެދުވެރިކޮށް އޯޑަރު ކުރެވޭ ގޮތް ހަދައިފި ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕައިލް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ނޫސްވެރިޔާއަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް، “އެދުވަސް ގެނެވޭނެ” މޫލީ މެދުވެރިކޮށް އޯޑަތު ކުރެވޭ ގޮތް ހަދައިފިއެވެ. ދިވެހި ބަހުން ލިޔެފައިވާ މި ފޮތަކީ މެޑިކަލް ރިސާޗްތަކާއި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކުގެ އަލީގައި ސާއިލް ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގައި އޭނާ ވަނީ ނަފްސާނީ ބަލިތަކުން ދިމާވާާ ގޮންޖެހުންތަކ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އެމްޕީއެލް މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ހަދަނީ އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ހަދަން ނިންމައިފިއެވެ. މި ޑޭކެއާ ސެންޓަރު ހަދަން ނިންމާފައިވަނީ އެމްޕީއެލްގެ ބޯޑުންނެވެ. އެމްޕީއެލްއިން ބުނީ އަމާޒަކީ ، މުވައްޒަފުންނަށް ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިތަކުގައި (ޑިއުޓީ ގަޑިތަކުގައި) ދަރިން ޑޭ ކެއާ ސެންޓަރަށް ގެންދެވި މިހާރު އުފުލަމުންދާ ތަކުލީފުތަކަށް ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށްވެސް ފަސޭހަ ގޮތްތަކެއް ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި ޑޭކެއާ ސެންޓަރުގައި މަސައްކަތ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން