މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީސްކޫލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީސްކޫލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީ ސްކޫލް އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިއެއްބަސްވުމަކީ ށ. ފުނަދޫ އަންހެނުންގެ ކޮމެޓީގެ ބެލުމުގެ ދަށުން ހިންގާ އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) ޕްރީ ސްކޫލާއި ދެމެދު ވެވުނު އެއްބަސް ވުމެއްކަމަށް ކޮއްކޮމެން ޕްރީ ސްކޫލުން ހާމަކުރެއެވެ. ކޮއްކޮމެން ޕްރީ ސްކޫލުން އިތުރަށް ވިދާޅުވީ މިއީ، ޕްރީ ސްކޫލުތަކަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ސޮއި ކުރި އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމު...

އަލީ އާދިލް
ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓް މޮބިލައިޒް ކޮށްފި

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓް މޮބިލައިޒް ކޮށްފި

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށަބް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ސައިޓް މޮބިލައިޒް ކޮށްފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ބޭރުތޮށި ލުމާއި، 822 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 44.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަޙްމަދު ވަހީދު
ގާފަރު ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެ

ގާފަރު ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެ

ކ. ގާފަރު ގެސްޓް ހައުސްއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާފަރު ގެސްޓްހައުސްއެއްގައި އަންހެނަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބިމާއެކު އެ ގެސްޓްހައުސްގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

ޔުމްނާ ޢަލީ
މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި

މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި

ށ. މިލަންދޫ ކައުންސިލްއިން ރެކްރިއޭޝަން ކުލަބްއެއް އުފައްދަން ނިންމައިފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ 09 މާރޗް 2022 ގައި ބޭއްވުނު އެކައުންސިލުގެ 04 ވަނަ ދައުރުގެ 40 ވަނަ ޢާއްމު ޖަލްސާގައެވެ. މި ގޮތަށް ހުށައަޅާފައިވަނީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފް އެވެ. އާޠިފްގެ މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ތިން މެންބަރުންގެ ވޯޓުންނެވެ. އާތިފްގެ ހުށަހެޅުމުގައި ކައުންސިލުން އެފަދަ ކްލަބެއް އުފައްދަން ހުށަހަޅާ ބޭނުމެއްކަމަށް ވިދާޅުވެފައި ވަނީ، މިލަންދޫގަ...

އައިޝަތު ނަސާޔާ
ރާއްޖެ ގެނައި ގަސްކާނާގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ ގެނައި ގަސްކާނާގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާ މަގުން ރާއްޖެ ގެނައި ގަސް ކާނާ ޝިޕްމަންޓެއްގެ ތެރެއިން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިތަކެތި އަތުލައިގަނެފައިވަނީ، އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ ގެނެސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިއްޔެ މި ޝިޕްމަންޓް އިތުރަށް ބަލާފާސްކުރުމުގެތެރޭގައެވެ. ކަސްޓަމުން ވިދާޅުވީ، ބަލާފާސްކުރި ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ “އޯގަނިކް ފާރޓިލައިޒަރ” ގެ ގޮތުގައިކަމަށެވެ. އަދި މިޝިޕްމަންޓުގައި ހުރި “އ...

ޔުމްނާ ޢަލީ
މަހްލޫފަށް ހައި ކޯޓުން ނާކާމިޔާބު: މައްސަލަ އަލުން ބަލަން އަންގައިފި

މަހްލޫފަށް ހައި ކޯޓުން ނާކާމިޔާބު: މައްސަލަ އަލުން ބަލަން އަންގައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކްރިމިިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރި ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު ހެކި ނެތް ކަމަށް […]

ހުސައިން ހަބީބް
"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ

"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ

ހދ. ނޮޅިވަރަމު ކައުންސިލް ހުވާސް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ އެ ކައުންސިލުން ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 09 މެއި 2022 ވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 09 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ލިސްޓު 24 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 […]

އިބްރާހިމް ޚަލީލް
ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ "ޝާމިލްއަޑު" އިފްތިތާޙްކޮށްފި

ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ "ޝާމިލްއަޑު" އިފްތިތާޙްކޮށްފި

ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ “ޝާމިލުއަޑު” އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރެވި، ތަޢާރަފުކުރާ މިފަދަ ސްކްރީން-ރީޑިންގ ސޮފްޓްވެއަރ އެވެ. މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ސޮފްޓްވެއާ ތަޢާރަފްކޮށް، އިފްތިތާޙް ކުރުމާއިގުޅިގެން ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ މި މަސައްކަތް 2020 ފެށުނުކަމަށާއި...

ޝިއުނާ އާދަމް
ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ކުރިނބީގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ކުރިނބި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ ހާވިލާ ކާޕެންޓްރީއެވެ. މިއެއްބަސްވުމުގައި ހާވިލާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކުންފުނީގެ ވެރިޔާ މުޙައްމަދު ސަލީމްއެވެ. ކުރިނބި ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހްއެވެ. ކުރިނބި ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކައުންސިލްގެ ބަޖެޓްއިން ހޭދަ...

އައިޝަތު ނަސާޔާ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން-01 ގެ ޗެމްޕިއަންކަން އިހަވަންދޫއަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން-01 ގެ ޗެމްޕިއަންކަން އިހަވަންދޫއަށް

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އިހަވަންދޫ ފުޓްސަލް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ޒޯން-1 ގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި އިހަވަންދޫއެވެ. ފައިނަލް މެޗު އިހަވަންދޫއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި ފުރަތަމަ ލަނޑު އިހަވަންދޫއަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ މުޙައްމަދު ފަޒީލެވެ. ދެވަނަ […]

އިބްރާހިމް ޚަލީލް
އެފްއޭކަޕް ސެމީގައި ލިވަޕޫލާއި ސިޓީ، ޗެލްސީއާއި ކްރިސްޓަލް ޕެލަސް

އެފްއޭކަޕް ސެމީގައި ލިވަޕޫލާއި ސިޓީ، ޗެލްސީއާއި ކްރިސްޓަލް ޕެލަސް

އިނގިރޭސި އެފްއޭކަޕް ސެމީ ފައިނަލުގައި ޗެލްސީއާއި ކްރިސްޓަލް ޕެލަސް ވާދަކުރަން ޖެހޭއިރު މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ވާދަކުރަން ޖެހިއްޖެއެވެ. މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދާފައި ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ސައުތެމްޓަންގެ މައްޗަށް 4-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީއަށް ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަހީމް ސްޓާލިންއެވެ. […]

އިބްރާހިމް ޚަލީލް
17 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

17 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

17 ކިލޯގެ މަސްތުވާތަކެއްޗާއެކު މާލޭ ސިޓީން 4 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނަކީ، ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ވ...

ޔުމްނާ ޢަލީ
ގިނަ ދުވަސްތަކަކަށް ފަހު ރެއާލް އަތުން ބާސާއަށް ބޮޑު މޮޅެއް

ގިނަ ދުވަސްތަކަކަށް ފަހު ރެއާލް އަތުން ބާސާއަށް ބޮޑު މޮޅެއް

ސްޕެނިޝް ލަލީގާގައި އެންމެ ވާދަވެރި ދެ ކުލަބް ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެނަތީޖާއިންނެވެ. އެންމެ ފަހުން މި ދެ ޓީމް ވާދަކުރި ފަސް މެޗު ވެސް ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. މި މެޗާއި ރެއާލުން ކުރިމަތިލީއިރު ރަނގަޅު ފޯމެއްގައި ހުރި އެ ޓީމްގެ ކެޕްޓަން ބެންޒެމާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް […]

އިބްރާހިމް ޚަލީލް
މޮނާކޯއިން ފަސޭހަކަމާއިއެކު ޕީއެސްޖީ ބަލިކޮށްފި

މޮނާކޯއިން ފަސޭހަކަމާއިއެކު ޕީއެސްޖީ ބަލިކޮށްފި

ފްރާންސް ލީގުގައި ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު މޮނާކޯއިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހު ހަވީރު މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަންގައި މިހާތަނަށް، ލީގުގައި ޕީއެސްޖީ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ލީގުގައި ރަށުން ބޭރުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ޕީއެސްޖީން އެންމެ […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލުން ރޯދަމަހު ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހިލޭ!

އިހަވަންދޫ ކައުންސިލުން ރޯދަމަހު ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހިލޭ!

ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން ހއ. އިހަވަންދު ގޭބިސީ ތަކުން ކުނި ނެގުމުގެ މަސައްކަތް ހިލޭ ކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ މިއީ ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުން އެރަށު ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ކޮށްދޭ ޚިދުމަތެއް ކަމަށެވެ. އެގޮތުން މިޚިދުމަތް ބޭނުންވާ ފަރާތްތަކުން މާރޗް 29 ވާ އަންގާރަ ދުވަހުގެ ކުރިން އެކައުންސިލްގެ ނަންބަރ 6500013 އަށް ގުޅުއްވައިގެން ރަޖިސްޓްރީ...

އައިޝަތު ނަސާޔާ