ވިޔަފާރި މިރޭ ހުޅުމާލެއިން ފެނުގެ ހިދުމަތް ކެނޑޭނެ މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ހިދުމަތް މެދުކެނޑޭނީ މިރޭ 11:00 އިން ފަތިހު 4:00 އާ ދެމެދުގައި ކަމަށެވެ. ފެނުގެ ހިދުމަތް މެދުކަނޑާލަނީ ހުޅުމާލޭގެ މެއިން ވޯޓާ ނެޓްވޯކް އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރާށެވެ. ފެނުގެ ހިދުމަތް މެދުކަނޑާލުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ. އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބުން މަނާކޮށްފި ށ. ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބެނުން މަނާ ކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް މިއަދުން ފެށިގެން އަރާފޭބުމާއި، ކާށި އަދި ދަރުފަދަ ތަކެތި އެރަށުން ގެނައުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ކައުންސިލްގެ ހުއްދަ ނުނެގި ނަމަވެސް މަތިކޮމަންޑޫގައި އަލަށް ހިއްކި ސަރަހައްދަށް އަރާފޭބުމުގައި ހުރަހެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ. މަތިކޮމަންޑޫއިން ދަރު ގެންނަން ބޭނުންވާ ފަރާތްތަކުން ކޮމަންޑޫ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވައްކަން ކުރިކަމަށްބުނެ ހޯދަން އިޢުލާންކުރި ސުކޫލު ދަރިވަރުންގެ ވީޑިއޯ ޑިލީޓްކޮށްފި، މަގުމަތިން ހޮވީ ކޭޝްކާޑެއް ވައްކަމުގެ މައްސަލައެއްގައި ފުލުހުން މިއަދު ހޯދަން އިޢުލާންކުރި ސުކޫލު ދަރިވަރުންގެ ވީޑިއޯ ޑިލީޓްކޮށްފި އެވެ. މަގުމައްޗަށް ވެއްޓިފައި އޮތް އެއްޗެއް ނަގައިގެން ދާ ތިން ކުދިން ހޯދަން ފުލުހުންގެ އިދާރާއިން ވަނީ ވީޑިއޯއަކާއި އެކު އިޢުލާނެއް ކޮށްފަ އެވެ. ނަމަވެސް މިހާރު ފުލުހުންގެ މީސްމީޑިޔާގެ މަންސަ ތަކުން މިވީޑިއޯ ވަނީ ފޮހެލާފަ އެވެ. ވެބްސައިޓުގައި އާންމުކުރި އިޢުލާންވެސް ވަނީ ނަގާފަ އެވެ. މިއަދު ހެނދުނު ފުލުހުން އާންމުކުރި އިޢުލާނުގައި ބުނެފައިވަނީ “ވީޑިއޯއިން ފެންނަ ތިން މީހުންނަކީ ވައްކަމުގެ މައ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކޮށްފި ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗް ސަރަހައްދުގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކުރީ ފާހާނާއާއި، ބީޗްހަޓް، ޝަވަރ، ބެންޗް އަދި އުނދޯލި ހިމެނޭގޮތަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. އިއްޔެ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ ސުޕަނެޓް ހިދުމަތް ފ. ނިލަންދުއަށް ތައާރަފުކޮށްފި 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފ. ނިލަންދުއަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. “ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ ސުޕްނެޓް ޕެކޭޖްތަަައް އެ ރަށަށް ތައާރަފްކޮށްފައި ވާއިރު، ނިލަންދޫ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އީޔޫއާ ގުޅިގެން ޓޫރިޒަމް ވިޔަފާރިތަކަށް އެހީތެރިކަން ޔޫރަޕިއަން ޔޫނިއަން އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޕްރައިވެޓް ސެކްޓަ ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ގިނަ އަދަދެއްގެ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފިއެވެ. މިއީ އީޔޫގެ ފަރާތުން ފަންޑްކޮށްފައިވާ ” އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް” ޕްރޮޖެކްޓުގެ ދަށުން ދޭ އެހީއެކެވެ. އެ އެހީ ދިނުމަށް އިއްޔެ ވަނީ ކ. ތުލުސްދޫގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި އެހީގެ ދަށުން އީޔޫއިން ހަދިޔާ ކުރީ 2 […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ޕޯޓް ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ ކޯހެއް ބާއްވައިފި މެރިޓައިމް ޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ، “ޕޯޓް ފެސިލިޓީ ޑެޒިގްނޭޓެޑް ސެކިއުރިޓީ ޑިއުޓީސް” ކޯހެއް ބާއްވައިފިއެވެ. ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން އެމްޕީއެލް އިން އެ ކޯސް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށި ކެމްޕަހުގައެވެ. އެއީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ކޯހެކެވެ. އެ ކޯހުގައި ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ 11 މުވައްޒަފެއް ބައިވެރިވިއެވެ. މި ކޯހުން ޕޯޓުގައި މަސައްކަތް ކުރާ މީހުންނަށް، ޕޯޓު ފެސިލިޓީ ސެކިއުރިޓީ ޕްލޭނާއި އިންޓަނޭޝަނަލް ކޮންވެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ އަވައްޓެރި ފުލުހުންގެ ހިދުމަތް، ހުރިހާ އަތޮޅެއްގައި ތައާރަފު ކޮށްފި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންހެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ”ނެއިބަހުޑް ޕޮލިސިންގ މޮޑެލް – އަވައްޓެރި ފުލުހުންގެ ހިދުމަތް” މުޅި ރާއްޖޭގައި މިހާރު ތައާރަފު ކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ، މިހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށާވަނީ 2020 އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހުކަމަށާއި މި މަސައްކަތުގައި މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ އިހަވަންދޫ އައިސްޕްލާންޓްގައި ހިންގި ގަތުލު: ގާތިލު މަރަން ހުކުމްކޮށްފި ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2017 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޅ. ހިންނަވަރަށް ނިސްބަތްވާ އިސްމާއިލް މަރާލީ އޭނާއާ އެކު އައިސްޕްލާންޓްގައިި މަސައްކަތްކުރި ބަންގްލަދޭޝްގެ ސުމޮން މިއާ އެވެ. ސުމޮން ވަނީ ކޯޓުގައި ކުރިން އެކަމަށް އެއްބަސްވެފަ އެވެ. ފަހުން އޭނާ ބުނަމުންދަނީ ފުލުހުން އޭނާއަށް ބިރުދެއްކުމުން އެއްބަސްވީ ކަމަށެވެ. ކްރިމިނަލް ކޯޓުން […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވާނެ، ބޮޑު އިނާމަކަށް 50،000ރ. އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މަސްރޭހުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ މުއްދަތު މިރޭ 11:59ގައި ހަމަވާތީ ޓީމުތަކުން ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން ހަދާން ކޮށްދީފިއެވެ. މި ހަރަކާތް އުރީދޫ އިން ބާއްވާ މިއީ 11 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މުބާރާތަށް މީގެ ކުރިން ވަނީ ބޮޑު ތަރުހީބެއްލިބިފައެވެ. މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި […... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ސިއްހީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ފަށަނީ އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. މިގޮތުން އެ ޚިދުމަތް ފެށުމަށް މިއަދު ވަނީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އެރަށަށް ވަޑައިގެންފައެވެ. މެންދުރުފަހު 2:45 ހާއިރު އެ ޑޮކްޓަރު އިހަވަންދޫއަށް ވަޑައިގަތުމުން އޭނާއަށް ވަނީ އިހަވަންދޫ ކައުންސިލުންނާއި، ސިއްހީމަރުކަޒުންނާއި އަދި އެ ނޫންވެސް ބައެއް މުއައްސަސާތަކުން ހޫނު މަރުޙަބާއެއް ކިޔާފައެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ މެނޭޖަރު މުޙައްމަދު އަކްރަމް “ތިލަދުން”އަށް ވިދާޅ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ކިންގްސް ކުންފުނިން ބީއެމްއެލް އަށް ދައުވާކޮށްފި މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ “ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް” އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައިފިއެވެ. އެ ކުންފުނީގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކޮށްފައިވާއިރު އެ ކުންފުނިން ވަނީ އެ ގޮތަށް ބީއެމްއެލްއިން އަމަލުކުރި ސަބަބު ނާންގާ ކަމަށް ކުރިން ބުނެފައެވެ. އަދި އެ ކުންފުނިން ޕޮންޒީ ސްކީމްތަކެއް ހިންގާ ކަމުގެ ތުހުމަތު ކުރެވިފައިވާއިރު އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ. […] އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެމްޑަބްލިއުއެސްސީން ހަތަރު ރަށެއްގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެއީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގައި ހިންގާ މަޝްރޫއުތަކެވެ. އެމްޑަބްލިޔުއެސްސީން ބުނީ، އެ ރަށްތަކުގެ ތެރެއިން ކުޑަފަރި ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކިނޮޅަހުގެ ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު، މާޅެންދޫގެ ކޮމިޝަންކުރުމުގެ މަސައްކަތް މާދަމާ ފަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިފަހަރުވެސް ހދ. ކުޑަފަރު ފަސްގަނޑާއި ށ. ކުޑަޅައިމެންދުއަށް ކުރިމަތިލާނެ ބަޔަކު ނުވި ރިސޯޓުތައް ހަދަން އަލަށް ހުޅުވާލި ރަށްތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ތިލަދުންމަތިން ޝައުގުވެރިކަން ފާޅު ކުރީ ހަމައެކަނި ހއ. ދެ ރަށަށް ކަން ހާމަވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވިދާޅުވީ ހއ. ގެ ދެ ރަށަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. އެ އަތޮޅުން ރިސޯޓް ހަދަން ހުޅުވާލީ މެދުފުއްޓާއި އަލިދުއްފަރު ފިނޮޅެވެ. ހއ. އަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި އިރު ހދ. އާއި ށ. އަތޮޅުން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި ނޭޝަނަލް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން 2022-2026 އިފްތިތާޙް ކޮށްފިއެވެ. މި އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މުޖްތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމަށް މި ޕްލޭން ގައި ވަނީ ޓާގެޓްތަކެއް ކަނޑައަޅާފައެވެ. މިގޮތުން ހިމަނާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލް ކުރަމުންދާ ގޮނޑިތަކުގެ އަދަދުގެ ނި... ޝިއުނާ އާދަމް · 4 އަހަރު ކުރިން