ރާއްޖެ ޑައިވިނަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަންފަށައިފި ފުވައްމުލަކު ސިޓީގައި ޑައިވިނަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ފުވައްމުލަކު ސިޓީގެ ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. “ބަރެއް ނުވެގެން ހޯދަމުންދާ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއް ކަމަށް މަޢު... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ފައްޔާޒު ކެމްޕޭނަށް އުތުރުގެ ބައެއް ރަށްރަށަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކެމްޕެއިންނަށް އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރެއް މިއަދު ފައްޓަވައިފިއެވެ. ފައްޔާޒުގެ އަރިހުގައި މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގައި ފައްޔާޒާއި “އެމްޑީޕީ ހިންގާލަން” ކެމްޕެއިން ޓީމް ފުރަތަމަ ވަޑައިގަތީ ކުޅުދުއްފުށީ ސިޓީ އަށެވެ. ފައްޔާޒާއި، ކެމްޕެއިން ޓީމް ކުޅު... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހަށް މީސްމީޑިއާ މެދުވެރިކޮށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް އިންޒާރު ދިން މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މީސްމީޑިއާގައި މީހަކު އާންމުކޮށްފައިވާ ވީޑިއޯއެއްގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ތަހްގީގުކޮށް ދިނުމަަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ޓްވީޓާގައި މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހިންގާ އެކައުންޓަކުން މެއި 1 ވަނަ ދުވަހުގެ ރޭ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ އަނެއް ލެވެލްއަށް ގެންދިޔުމަށް އެ ތަޖުރިބާއާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ ފަޔާ: އަޙްމަދު އެމްޑީޕީ އެހެން ލެވެލް އަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާއިރު އެ ތަޖުރިބާއާއި، އެ ހުނަރާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި އަޙްމަދު ވިދާޅުވީ، ފަޔާއަށް ތާއީދު ކުރަން ނިންމެވީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. ބެއްލެވީ ކުރަން މިއުޅެނީ... އަލީ އާދިލް · 4 އަހަރު ކުރިން
ކޮލަމް މެންދުރަށް ފޮނިކޮށްލަން، ޗޮކްލެޓް މޫސް ޕުޑިން ބޭނުންވާ ތަކެތި 3 ޖޯޑު ވިޕިން ކްރީމް 1 ޕެކެޓް ފުލް ކްރީމް މިލްކު 1 ދަޅު ގެރިކިރު 2 ސަމްސާ ކޯން ފްލާ 1 ސަމްސާ ކޮކޯ 1 ސައި ސަމްސާ ވެނީލާ އެސެންސް 1 ޖޯޑު ޗޮކްލެޓް ގާނާފަ 1 ޖޯޑު ޑާކު ޗޮކްލެޓް، ގާނާފަ ތައްޔާރު ކުރާނެގޮތް ތެއްޔަކަށް 1 ޖޯޑު ކިރު އަޅާފަ ކޯންފުލާ ގިރާލާށެވެ. އެއަށްފަހު ކޮކޯ އަދި ގެރިކިރު އަޅާފަ ކައްކަމުން ޑާކު ޗޮކްލެޓް ވެސް އަޅަމުން ހާކަމުން ގެންދާށެވެ. […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޓީސީސީގެ ހައިސްޕީޑް ފެރީގެ ހިދުމަތް ހދ. ގައި މިއަދު ފަށާނެ ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހދ އަތޮޅުގެ ރަށްތަކުގައި މިއަދު ފަށަބް ތާވަލު ކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު މެންދުރުން ފެށުގެން އެ ދަތުރުތައް ފަށާނެ ކަމަށެވެ. އެގޮތުން ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓުގެ ދަތުރުތައް ފަށާނެއެވެ. މި މަޝްރޫއުގެ ޒޯން އެކެއްގައި ދެން ހިމެނޭ ރަށްތަކަކީ ހއ އަދި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ މިދިޔަ އަހަރު ޕެންޝަން ފަންޑަށް، އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ ފާއިތުވި 2021 އަހަރު ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ ލިބިފައިވާ ކަން ޕެންޝަން އޮފީހުގެ އަހަރީ ރިޕޯރޓުގައި ހަމާކޮށްފިއެވެ. ޕެންޝަން އޮފީހުން ބުނީ، މިއީ 2020 ވަނަ އަހަރުގެ ފައިދާއަށްވުރެ %11.6 މަތި އަދަދެއްކަމަށެވެ. އަދި މިއީ ކޯވިޑް 19 ގެ ކުރިން އެފަންޑުގެ ފައިދާއިން އަހަރަކަށް ޖެހޭ އެވްރެޖް %5 އަށް ވުރެ ވެސް މަތީ އަދަދެއްކަމަށް އެ ރިޕޯގައި ބުނެފައިވެއެވެ. މީގެއިތުރުން 2021 ވަނަ އަހަރަކީ ޕެންޝަން އޮފީހުން […] އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު ރެލިގޭޝަންގައި އޮތް އެވަޓަން އަތުން ޗެލްސީ ބަލިވެއްޖެ އާދީއްތަ ދުވަހު ކުޅުނު މެޗުން ރެލިގޭޝަން ގައި އޮތް އެވަޓަން އަތުން ޗެލްސީ ބަލި ވެއްޖެއެވެ. މި މެޗުން ޗެލްސީ ބަލިވީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ގޯލާ އަމާޒުކޮށް ޗެލްސީއަށް ފޮނުވާލެވުނީ 4 ހަމަލާއެވެ. އެވަޓަންއަށް ފޮނުވާލެވުނީ 3 ހަމަލާއެވެ. މެޗުގައި ފެނުނު ހަމަ އެކަނި ގޯލް ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައި ރިޗާލިސަން ކާމިޔާބް ކޮށްދިނީ ޑިމާރީ ގްރޭގެ އެހީތެރިކަމާއެކު ގައެވެ. ޗެލްސީ 3 ވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓް […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ވިޔަފާރި ހުރިހާ ޓީމެއް ބަލިކޮށް އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ސްޓެލްކޯ ކަނބަލުންނަށް އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ސްޓެލްކޯ ކަނބަލުންގެ ޓީމުން ކާމިޔާބުކޮށްފިއެވެ. މިއީ އެ މުބާރާތުގައި ފައިނަލަށް ދަތުރު ކުރި ހުސް އަންހެން މެމްބަރުން ހިމެނޭ ހަމައެކަނި ޓީމެވެ. އެ ޓީމަކީ ދެވަނަ ހަފްތާގައި މޮޅު ހޯދި ޓީމުވެސްމެއެވެ. ސްޓެލްކޯ ކަނބަލަުންގެ ޓީމުން ވަނީ އުރީދޫ މަސްރޭހުގެ ތާރީހުގައި އެންމެ ގިނަ ސްކޯ ހޯދި ޓީމުގެ މަގާމުވެސް ހޯދާފައެވެ. މިރޭ ކުރިއަށްދިޔަ ފައިނަލުގައި ސްޓެލްކޯ ކަނބަލުންނާ ތިން ޓީމަކުން ވަނީ ވާދަ ކޮށްފައެވެ. އެއީ މުބާރާތުގެ ފުރަތަމަ ހަފްތާގައި އެއްވަނަ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ފިޠުރު ޢީދުގެ މުނާސަބަތުގައި، "އާޗާ ޢީދު ޕްރޮމޯ" އަދި އުރީދޫ "ކުލަބް ޕްރިމިއަރ އޮފަރ" އެއް ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި، އުރީދޫ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެންމެ 150ރ އަށް 21ޖީބީ ޑޭޓާ މުޅި ހަފްތާއަށް، އަދި ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓް އޮފަރ އެއް ތައާރަފްކޮށްފި އެވެ. މި އޮފަރގެ ދަށުން ޢީދު ޗުއްޓީ ތެރޭގައި ދުވާލަކު 1ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް 150ރ ޕެކް ބައްލަވައިގަތުމުން 7 ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2ޖީބީ، މުޅިއަކު ދުވާލަކު 3ޖީބީ ގެ […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ވިޔަފާރި ފެނަކައިން ޙިދުމަތްދެމުންގެންދާ ހުރިހާ ރަށެއްގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފި ފެނަކައިގެ ޙިދުމަތްދެމުންގެންދާ ހުރިހާ ރަށެއްގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފި އެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެނަކައިގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ބްރާންޗްތަކުގައި މިއަދު ހެދުނުންފެށިގެން ދަނީ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. ފެނަކައިން ބުނީ، މި ހަރަކާތްތަށް މިރެޔާ ހަމަޔަށް ކުރިއަށްގެންދިޔުމަށް ވަނީ ރޭވިފައިވާކަމަށެވެ. އެގޮތުން ރަށްރަށުގެ ހުންނަ ފެނަކަ އޮފީސް އަދި އިންޖީނުގެ ސާފު ކުރުމުގެ އިތުރުން ގޮނޑުދޮށް ތ... އަލީ އާދިލް · 4 އަހަރު ކުރިން
ކޮލަމް ޢީދު ދުވަހު މެންދުރަށް، ކުޅުދުއްފުށީ މީރު މަސްބޮނޑިއެއް! ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި “މަސް ބޮނޑި” އަކީ ވަރަށް މަގުބޫލު ކެއުމެކެވެ. އެކި ކަންކޮޅުތަކުގައި “މަސް ބޮނޑި” ފިހަނީ ތަފާތުކޮންނެވެ. މިއަދު މި ހިއްސާ ކޮށްލަނީ، ދުނބުރި ފަތަށް ލައި، ފަންވަތަކުން އޮޅާލުމަށްފަހު ފިހެލާ ކުޅުދުއްފުށްޓަށް ހާއްސަ “މަސް ބޮނޑި” އެވެ. މާލޫދަށް ކޭން ގެންދިޔަ ޒަމާނުންސުރެއް ދިވެހިން އައީ މަސްބޮނޑި ފިހަމުން ނެވެ. ދިވެހި ރަހައެއް ދޭ “މަސް ބޮނޑި” އަކީ، ހާއްސަކޮން ޢީދު ދުވަހުގެ މެންދުރަށް ސުފުރާމަތި ފަޅުފިލުވަދޭ ކެއުމެކެވެ. ބޭނުންވާ ތަކެތި 1 […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ނިއުޔޯކަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުރާވަޑައިގެންފި އެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި، “ފުޓިންގ ސަސްޓެއިނަބުލް އެންޑް ރިޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އޭން އިންކްލޫސިވް ރިކަވަރީ” މި މައުޟޫއަށް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ބާއްވަވާ މަތީ ފެންވަރުގެ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ޑިބޭޓް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާއި... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ މަސްރޭހުގެ ފައިނަލް މިރޭ، ބޮޑު މަސް ބޭނުމާއި އެކު އުސްފަސްގަޑުގައި އުރީދޫ މަސް ރޭހުގެ ގްރޭންޑް ފައިނަލް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ. އުރީދޫ މޯލްޑިވްސް އިން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބާއްވާ މުބާރާތެކެވެ. އެ މުބާރާތް މިއަހަރު ބާއްވާފައިވަނީ ކޮވިޑާ ގުޅިގެން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. މިރޭގެ ފައިނަލުގައި ހަތަރު ޓީމަކުން ވާދަ ކުރާނެއެވެ. އެއީ ކޮންމެ ހަފްތާއަކު އެއްވަނަ ހޯދި ޓީމުތަކެވެ. މުބާރާތުގެ ފުރަތަމަ ހަފްތާގައި އެއްވަނަ ހޯދައިގެން ގޯޅިއަންސް ފައިނަލުން ޖާގަ ހޯދި އިރު ދެވަނަ ހަފުތާގައި ސްޓެލްކޯ ކަނބަލުން، ތިންވަނަ ހަފްތާގައި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ މޯލްޑިވިއަން އިން ޓިކެޓް އަގުބޮޑުކޮށްފި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ކޮށްފައިވާތީ މޯލްޑިވިއަން އެއާލައިނުން ދަތުރުތަކުގެ އަގު ބޮޑުކޮށްފިއެވެ. މިއަދުން ފެށިގެން އެ އެއާލައިނުން ވަނީ އެތެރޭގެ އުދުހުންތަކުގައި ޓިކެޓުތަކުން 180ރ. ބޮޑުކޮށްފައެވެ. މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި ޔޫކްރޭނާއި ރަޝިއާ ހަނގުރާމައިގެ ސަބަބުން ޖެޓް ފިޔުލް ލިބޭ އަގު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އަގު 40 އިންސައްތަ ބޮޑުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެ އެއާލައިނުން ޓިކެޓް އަގު ބޮޑު ކުރީ ފިޔުލް ސާޗާޖުންނެވެ. އެތެރޭގެ އުދުހުންތަކުގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން