ވިޔަފާރި އީދު ހޭދަ ކުރި ގޮތް ހިއްސާ ކޮށްގެން އުރީދޫ އިން ހަދިޔާއެއް މިއަހަރުގެ ފިތުރު އީދު ހޭދަ ކުރި ގޮތް ހިއްސާ ކޮށްގެން އުރީދޫ އިން ހަދިޔާއެއް ލިބޭ ގިވްއަވޭއެއް ފަށައިފިއެވެ. އެ ފުރުސަތުގެ ދަށުން ހަދިޔާ ހޯދަން ބޭނުންވާ މީހުން ޖެހޭނީ އީދު ހޭދަ ކުރި ގޮތް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރާށެވެ. މިގޮތަށް ހިއްސާ ކުރާއިރު އީދު މަޖާ ހޭޝްޓެގް ބޭނުންކޮށް އުރީދޫ ޓެގް ކުރަންވާނެއެވެ. އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓާގައިވެސް ފޮޓޯ ހިއްސާ ކުރެވޭނެއެވެ. އެ ޕޯސްޓް ޕަބްލިކް ޕޯސްޓަކަށް ވާން ޖެހޭއިރު […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފައްޔާޒު ހޮވުން މުހިންމު، ލީޑާޝިޕް އެބަފެނޭ: މޭޔަރު އާތިފް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ކާމިޔާބު ކުރުމަށް، އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ފަޔާއަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވަމުން ދެއްވި ވީޑިއޯ މެސެޖެއްގައި މޭޔަރު އާތިފް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާ ކަމަށެވެ. އަދި އެންމ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޢީދު ފާހަގަކުރުމަށް ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފި ހއ. ފިއްލަދޫ އިޖުތިމާޢީ މަރުކަޒާއި ފިއްލަދޫ ސްޕޯރޓްސް އެކަޑެމީ ގުޅިގެން ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފިއެވެ. މި މަސްރޭހުގައި ޖުމްލަ 9 ޓީމެއް ވަނީ ބައިވެރި ވެފައެވެ.އީދު ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 21:30 އަަށް ކުރިޔަށް ގެންދެވުނު މި މަސްރޭހުގައި 53.8 ކިލޯގެ މަސް ބާނައިގެން ޗެންޕިއަން ޓީމަށް ކަޑައަޅާފައިވާ -/3000 ރުފިޔާ ހޯދާފައިވަނީ މި މުބާރާތުގެ ވާދަކުރި ހަމައެކަނި އަންހެން ޓީމް ކަމަށްވާ މަސްވެރި ކަނބަލުންގެ ޓީމެވެ. […] އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ "ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އުފާކުރަން" ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އުފާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚިޠާބު ގައެވެ. ރައީސްގެ ޚިޠާބުގައި ވަނީ އޭޝިޔާ ސަރަޙައްދަށް ބަލާއިރު، ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިހާރު އެންމެ ފުރިހަމ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރިޕޯޓް ރޯދަމަސް ވެސް ނިމުނީ! ހިނގާ ޝާލޫއާއި އެކު ގޭގައި ތިބެގެން ފިޓްވެލަން ކަސްރަތު ކުލާހެއްގައި ބައިވެރިވެ އެއްމަސް ދުވަހު ނުވަތަ ދެމަސް ދުވަހު ކަސްރަތު ކޮށްލާފައި، އެކަން ހުއްޓާލުމަކީ މީހާގެ މުޅި އުމުރު ދުވަހު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ ކަމަކަށް ނުވާނެކަން ޔަޤީނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކީ ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރަނެޖެހޭ ދުވަހެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަނެޖެހޭކަމާއި މިއީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަން، މީގެ 16 އަހަރު ކުރިން […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނުކުމެ މިތިބީ ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް ހިންގާލަން: ފަޔާ ނުކުމެ ތިއްބެވީ ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް ހިންގާލަން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. (ފަޔާއާއި، އޭނާގެ ހިންގާލަން ޓީމް އިއްޔެ ވަނީ ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކެމްޕެއިނަށް ވަޑައިގެންފައެވެ. ކުޅުދުއްފުށީ މަގުން ހދ. ގެ ބައެއް ރަށްތަކަށް ފެއްޓެވި މި ދަތުރުގައި މި ޓީމް އިއްޔެ ވަނީ ކުމުންދޫ، ނޭކުރެންދޫ އަދި މަކުނޫއަށް ޒިޔާރަތްކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކޮށްފ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ޑައިވަރު ސައީދު ފެނޭތޯ 55 ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލައިފި ޑައިވިންއަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލިފައިވާ ފުވައްމުލަކު ސިޓީގެ މުޙައްމަދު ސައީދު (ސައިއްޓޭ) ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން 55 ސްކްއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް ބެލިއްޖެ އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ސައީދު ގެއްލުނީ މަހުމޫދު ފާއިޒު ދެ މީހުން ފަން ޑައިވިންއަކަށް ގޮސް އުޅުމުގެ ތެރޭގައި އިއްޔެ މެންދުރު ފަހުއެވެ. އެ ދެ މީހުން ޑައިވިންއަށް ފޭބީ މެންދުރު 14:30 ހާއިރުއެވެ. ސައީދު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ 15:36 ހާއިރު އެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ޚަބަރު މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުގެ އިދާރާއިން ބުނީ، ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ ހޯދާފައިވާ ކަމަށެވެ. މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެއަށް ގަވާއި... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ''ބާރަށު ދިގު ބަތްޕެން'' ކައްކަނީ ފިރިހެނުން، ނަމޫނާ ސަގާފަތެއް ދިރުވުމުގައި ޒުވާނުން! ބާރަށު ދިގުބަތްޕެން ކައްކަން ފެށުނު ތާރީޚެއް ބުނެދޭން އެނގޭ މީހަކު މިހާރު އެރަށުގައި ނެތްކަމުގައި ވެއެވެ. ވުމާއެކު ތާރީޚީ މި ކެއްކުން އެންމެ އަހަރަކު ވެސް ނުކައްކާ ދޫކޮށްލުމަކީ މިހާރު އެ ރަށު ރައްޔިތުންނާއި އަދި ހާއްސަކޮށް ޒުވާނުން ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ވުމާއެކު އެހެން އަހަރުތެކެކޭ އެއްގޮތަށް ބާރަށުގައި މި އަހަރު ވެސް ވަނީ ދިގު ބަތްޕެން ކައްކާފައެވެ. މި ބަތްޕެން ކެއްކުން އަބަދު ވެސް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ އެންމެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން: ފުވައްމުލައް ސިޓީ ކައުންސިލް ޑައިވިންއަށް ގޮސް އުޅެނިކޮށް މިއަދު ގެއްލިފައިވާ ފުވައްމުލަކު ސިޓީގެ ނީމޯ (ނޫވިލު) މުޙައްމަދު ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރައްވަމުންދާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ސައީދު (ރައްޓެހިންގެ ކިޔާ ނަމުންނަމަ ސައިއްޓޭ) ގެއްލުނު ހިތާމަވެރި ހާދިސާއާއި ގުޅިގެން ފުވައްލުމައް ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ސައީދު އާއި އެ ސިޓީގެ ޑޭޒީވިލާ، މަހުމޫދު ފާއިޒު ފަން ޑައިވިންއަކަށް ގޮސް އުޅުމުގެ ތެރޭގައި ވީނުވީއެއް ނޭގ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް، އެސްޓީއޯއިން ހަދިޔާ ދޭންފަށައިފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އުފަންވާ ކޮންމެ ކުއްޖަކަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދޭންފަށައިފި އެވެ. މިކެންޕޭން ފަށާފައިވަނީ މިއަދު އެވެ. މިއީ، އެސްޓީއޯއިން ކުރިއަށް ގެންދާ “އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް” ކެމްޕެއިންގެ ތެރެއިން، ކުރިއަށް ގެންދާ ހަރަކާތެކެވެ. “މިއަދު އާރުއެޗްގައި މި ކެމްޕެއިން ފަށާފައިވާކަން އަޅުގަނޑުމެން ވަރަށް އުފަލާއިއެކު ދަންނަވަން. މިކެމްޕޭން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ.” އެ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ ކައުންސިލްގެ ބަހެއް ނޭހި، "ޢީދަށް އަލިވިލުނު އިރު" މަގު މެދަށް ނުނެރޭ އެއްޗެއް ނެތް! މި އަހަރުގެ ރަމަޟާން މަސް ނިމުމަކާއި ކައިރިވެފައި ވަނިކޮށް ހދ.މަކުނުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ. އެ އިޢުލާނުގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި ޢީދުވިލޭރޭ އެ ރަށުގެ މަގުތަކަށް އެކި ބާވަތްތަކުގެ ސާމާނު ނެރެ ބެހެއްޓުމުގެ ސަބަބުން ތަފާތު ހާނީއްކަތައް ބައެއް ފަރާތްތަކަށް ލިބިފައިވާ ކަމަށާއި، ވުމާއެކު އެފަދަކަމެއް ނުކުރުމަށް މަކުނުދޫ ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ. ކައުންސިލުން މިފަދަ އިލްތިމާސެއް ކުރިޔާލައި، ކުރި ނަމަވެސް، މަންޒަރު ފެނި... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޑަބްލިއުޑީސީން އެ ރަށުގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފި ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހަނިމާދޫގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފިއެވެ. ހަނިމަދޫ އުތުރު އަވަށު އަތިރިމަތީގައި ތަރައްޤީކޮށްފައިވާ ބާބެކިއު ސަރަހައްދު ރަސްމީކޮށް ހުޅުވާފައި ވަނީ މިއަދުއެވެ. އެ ސަރަހައްދު ރަސްމީކޮށް ހުޅުވައި ދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނެވެ. އެ ސަރަހައްދު ހުޅުވުމުގެ ގޮތުން މިއަދު މެންދުރު 13:00 ގައި އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫގެ ގިނަ އަދަދެއްގެ ބަޔަ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ ދާއިރާގެ ރަށްތަކުން ހިންގާލަން ޓީމަށް ހޫނު ތަރުހީބެއް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ)އާއި، އޭނާގެ ހިންގާލަން ޓީމަށް މަކުނުދޫ ދާއިރާގެ ރަށްތަކުން ހޫނު ތަރުހީބެއް ލިބިއްޖެއެވެ. ފައްޔާއާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ހިމެނޭ ހިންގާލަން ޓީމް މިއަދު ވަނީ ކެމްޕެއިންނަށް އުތުރުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއް ފަށާފައެވެ. މި ޓީމް މިއަދު މަކުނުދޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ވެސް ޒިޔާރަތްކޮށްފައިވާއިރު އެ ރަށްތަކުނ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު ކަރަންޓު ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް، ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އަށް ހއ. އުތީމު ކަރަންޓު ކޭބަލް ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފި އެވެ. މިމަސައްކަތް ކުރުމަށް، އަންބަލަން ކޮންސްޓްރަކްޝަން އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު އެގްރިމެންޓްގައި ސޮއި ކުރެވިފައިވަނީ އިއްޔެ އެވެ. އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވީ، މިއީ މީގެ 30 އަހަރު ކުރިން އެރަށުގައި އަޅާފައިވާ ކޭބަލް ނެޓްވޯކް ބަދަކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ. “މިކަމަށްޓަކައި ރައީސް އިބްރާހި... އަލީ އާދިލް · 4 އަހަރު ކުރިން