ވިޔަފާރި ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި، 1080 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 105.19 މިލިއަން ރުފިޔާގެ މަޝް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީ އަންހެނުންގެ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަނީ ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. މިއީ ކުރިނބީ ސިއްޙީމަރުކަޒާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 1400 ޖެހުމުގެ ކުރިން އެރަށުގެ ފޯކަލްޕޮއިންޓަށް ގުޅުއްވައިގެން ނަންނޯޓުކުރަން ޖެހެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ހަމައެކަނި 18 އަހަރ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ "މަކުނު ވިދުރި"، މަންކީޕޮކްސް އަށް ދިވެހި ނަމެއް ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ކިޔާ ދިވެހި ނަމަކީ “މަކުނު ވިދުރި” ކަމުގައި ދިވެހި ބަހުގެ އެކަޑަމީއިން ހާމަކުރައްވައިފިއެވެ. ދިވެހި ބަހުގެ އެކަޑަމީއިން މީޑިއާތަކަށް ފޮނުއްވި އެންގުމެއްގައިވަނީ މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ދިވެހިބަހުން ބޭނުންކުރާނީ މަކުނު ވިދުރިކަމަށެވެ. އެހެންކަމުން މިބައްޔާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިނަން ބޭނުންކުރުމަށް ދިވެހިބަހުގެ އެކެޑަމީންވަނީ ދިވެހި މީޑިޔާތަކުގެ ކިބައިން އެދި ވަޑައިގެންފައެވެ. މަންކީޕޮކްސް ނުވަތަ މަކުނު ވިދު... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށު ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމެނީ ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 12.17 މިލިއަން ރުފިޔާގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ޙައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް މިއަހަރު ލިބުނު 453 ކޯޓާވެސް ޙައްޖު ކޯޕަރޭޝަނަށް ހައްޖަށް މީހުން ގެންދިޔުމަށް މިއަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާވެސް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަ ކުރައްވައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމެވީ ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށައަޅައި، އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމުން ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން 100 ކޯޓާ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ދައުރު ހަމަވުމުގެކުރިން އަންހެނުން ކޮމެޓީއަށް އިންތިހާބުކުރާ މެންބަރުން އިސްތިއުފާދޭނަމަ ޖޫރިމަނާ ކުރަން؟ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުކުރާ މެންބަރުން ދައުރު ހަމަވުމުގެކުރިން އިސްތިއުފާދޭނަމަ ޖޫރިމަނާ ކުރުމަކީ އަވަސް އަވަހަށް އެ ކޮމެޓީތަކުގެ ބައި-އިލެކްޝަން ބާއްވަންޖެހޭޖެހުމަށް ހައްލެއް ލިބިދާނެކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ. އިކްރާމް މިހެން ވިދާޅުވީ އިތުރު ފަސް ރަށެއްގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައިވާ ކަމަށް އެ ކޮމެޓީގެ ނައިބު... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ވޯލްޑްކަޕް ފޯރިގަދަ ކުރުމަށް އުރީދޫ އިން ކެމްޕޭނެއް ފަށައިފި މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރުމަށް އުރީދޫ މޯލްޑިވްސް އިން ‘އުރީދޫ ވޯލްޑް ކަޕް ފޯރި’ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އާއި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީއެވެ. މި ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގެ އެމާ ސްޓޭޑިއަމްގައި އުރީދޫ އާއި ހާޑްރޮކް އެފްސީ ފުޓްސަލް ޓީމުން ރަހުމަތްތެރިކަމުގެ ފުޓްސަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ އަންހެނުންގެ ކޮމެޓީން ފަހާ ކޯހަކާއި، ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ފަށަނީ ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ފަހަން ދަސްކޮށްދޭ ކޯހަކާއި ކޭކުއަޅަން ދަސްކޮށްދޭ ކޯހެއްގައި ހިންގަން ނިންމައި، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސްތަކުގައި ކިޔަވައި ދެއްވާނީ މި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވެއެވެ. މިއިން ކޮންމެ ކޯހަކަށްވެސް ނެގޭނީ ގިނަވެގެން ވިހި ބައިވެރިން ކަމަށާއި، މިއިން ކޮންމެ ކޯހެއްގެވެސް ކޯސްފީއަކީ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ މިއަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް ފަށައިފި މިއަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް މާލޭގައި ފަށައިފިއެވެ. ނަވާރަސަތޭކައެއްހާ ދަރިވަރުންނާއެކު މިމުބާރާތް ފެށީ މިއަދު ހެނދުނު މާފަންނު ސްޓޭޑިއަމްގެ ޓްރެކް ސަރަޙައްދުގައެވެ. އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތުގައި މިފަހަރު 50 އަށްވުރެން ގިނަ ސްކޫލަކުން ވާދަކުރެއެވެ. މީގެ ތެރޭގައި އަތޮޅުތަކާއި މާލެނޫން ސިޓީތަކުން ވާދަކުރާސްކޫލްތައްވެސް ހިމެނެއެވެ. ބައެއް ސްކޫލްތަކުން ވޭތުވެދިޔަ މަހެއް ހައި ދުވަސްކުރިން ފެށިގެންވަނީ ޕްރެކްޓިސް ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތުގައި 13 އަހަރާއި 21 އަހަރ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި އަލިފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމަށް، ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފި ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ. މީގެ އިތުރުން 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަންކުރާތީ ސަމާލުވާން އެދެފި މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަންކުރާތީ ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު އަދި ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ. މިގޮތުން މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ”އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ އިންޑިއާ އައުޓް ބެނާ މައްސަަލަ: ހައި ކޯޓުގައި ފުލުހުންނަށް ހޫނު ސުވާލުތަކެއް ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގިއިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތައް ފުލުހުންނަށް މިއަދު އަމާޒުވެއްޖެ އެވެ. ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ކޯޓު އަމުރެއްގެ ދަށުން ނެގި މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މީހަކު ބެނާއެއް ދެމުމަކީ ކުށަކަށް ވާ ގޮތެއް ބުނެދޭން ފުލުހުންނާ ސުވާލުކޮށްފަ އެވެ. ފުލުހުން ބުނީ އެ ސުވާލަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ. […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯއިން ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި އަދި ސާފުތާހިރު މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުމެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން، ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި ދަގަނޑާއި އެނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ނޭކުރެންދޫ ފެރީ ހަޓްގެ މަސައްކަތް ނިމިއްޖެ ހދ. ނޭކުރެންދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަދާފައިވާ މި ފެރީ ސްޓޮޕަކީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ. މި މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވަނީ ހއ. ހދ. އަތޮޅުގައެވެ. މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއަކާއި އަންހެނުންނާއި ފި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ ކައުންސިލްކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ފިއްލަދޫ ކައުންސިލްކަޕް 2022 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ މި މުބާރާތުގެ މަޤްޞަދަކީ ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުން ކަމުގައެވެ. ފިއްލަދޫ ކައުންސިލްކަޕް 2022ގެ ނަމުގައި ފިރިހެނުންނަށް ޚާއްޞަ ކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވާއިރު، އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޭންޑްބޯޅަ މުބާރާތެކެވެ. ފުޓްބޯޅަ މުބާރާތް ފަށަން ނ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން