ރާއްޖެ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް "ބާކީ ނުވޭ" ނަމުގައި ކެމްޕެއިނެއް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިިސްވެ ރާއްޖޭގައި ހިންގަމުން އަންނަ “އިންޑިއާ އައުޓް” ކެމްޕޭނާއި ދެކޮޅަށް “ބާކީ ނުވޭ” ނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ މީސްމީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ. “ބާކީ ނުވޭ” ހޭޝްޓެގެއް ބޭނުންކޮށްގެން އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތައް މިހާރު މީސްމީޑިއާގައި އަންނަނީ ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީވ... އަލީ އާދިލް · 4 އަހަރު ކުރިން
މަޖިލިސް ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ: އަސްލަމް ހދ. ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފޭށޭނީ ކޮން އިރަކުންތޯ ވަޒީރާއި ސުވާލު ކުރައްވާފައެވެ. ސުވާލުގެ ޖަވާބު ދެއްވަމުން ވަޒީރު، އަސްލަމް ވިދާޅުވީ، އެ މަސައްކަތް މިއަހަރުގ... އަލީ އާދިލް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ބަނގުރާ ނުވިއްކިޔަސް ފަތުރުވެރިކަން ފުޅާކުރެވޭނެ: ސައޫދީ ބަނގުރާ ނުވިއްކާވެސް ފަތުރުވެރިކަން ފުޅާކުރެވޭނެ ކަމަށް ސަޢޫދީޢަރަބިއްޔާއިން ބުނެފިއެވެ. ސަޢޫދީޢަރަބިއްޔާއިން މިހެން ބުނެފައިވަނީ ވޯރލްޑް އިކޮނޮމިން ފޯރަމުން ބޭއްވި ޕެނަލް ޑިސްކަޝަނަނެއްގައި އެ ޤައުމަށް އަމާޒުކޮށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މި ފޯރަމްގައި ސައުދީ އަރަބިއްޔާ ފަތުރުވެރިކަމަށް ހުޅުވާލަމުންދާއިރު، އަވައްޓެރި ޤައުމުތައް ފަދައިން ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ބަނގުރާ ވިއްކުމުގެ ފުރުސަތު ލިބިދާނެތޯ، ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސަޢޫދީޢަރަބިއ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް، ކުރިއަށް އޮތް ދެ އަހަރުވެސް ދަރަނި ދެއްކޭނެ: ރައީސް ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށާއި ކުރިއަށް ދެ އަހަރު ވެސް ދަތިކަމެއް ނެތި ދަރަނި ދެއްކޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން ރިޒާވް ދަށްވެ ދަރަނި ނުދެއްކި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަން އިން ލަފާ ކިރުމާ ގުޅިގެންނެވެ. ރައީސް ވިދާޅުވީ ރަޝިއާ ޔޫކްރޭން ހަނގުރާމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޝާޜޭ ޑެފެއާރ ރައީސް ޞާލިހާއި ބައްދަލުކުރައްވައިފި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޝާޜޭ ޑެފެއާރ ރައީސް ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އެގޮތުން އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޝާޜޭ ޑެފެއާރ މިޒް އަންޑްރެއާ އަޕެލް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ މިޒް އަޕެލް ވަނީ ދެ ޤައުމުން ވެސް އެ ޤައުމުގެ އެމްބަސީ އަނެއް ޤައުމުގައި ޤާއިމުކުރުމުގެ ކަންކަން ކުރިޔަ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި އެމްއެސްއެސް އިން ރާއްޖެއިން ސިންގަޕޫރަށާއި މެލޭޝިއާއަށް ކާގޯ ދަތުރު ފަށަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖެ އިން ސިންގަޕޫރާއި މެލޭޝިއާއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފަށަން ނިންމައިފިއެވެ. އެމްއެސްއެސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މި ދަތުރުތައް ފަށަނީ އަލަށް ގެންނަ ކޮންޓެއިނާ ބޯޓު، “ގްރެފީން” މެދުވެރިކޮށް ކަމަށެވެ. އެ ބޯޓު މިހާރު އޮތީ ޔޫއޭއީގައެވެ. އެގައުމުން މުދާ ބަރުކޮށްގެން މި މަސްތެރޭގައި ބޯޓު ރާއްޖެ އަންނާނެއެވެ. އެމްއެސްއެސް އިން ބުނީ އެ ބޯޓުން ސިންގަޕޫރަށާއި މެލޭޝިއާއަށް ކުރާ ކާގޯ ދަތުރުތައް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި މިއަހަރު އެމްޑަބްލިއުއެސްސީން 20 ޕްރޮޖެކްޓް ނިންމާނެ: ޝާހު އެމްޑަބްލިއުއެސްސީން މިއަހަރު ނިމޭއިރު 20 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހު އަލީ ވިދާޅުވެއްޖެއެވެ. އެމްޑަބްލިއުއެސްސީގެ 27 ވަނަ އަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ މިވަގުތު ރާއްޖޭގައި 31 ޕްރޮޖެކްޓް އެ ކުންފުނިން ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ތެރެއިން މިހާރު ވ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަތޮޅުން އެންމެ ރަނގަޅު ތިން ޖަމިއްޔާ ހޮވާ އެ ކޮންމެ ޖަމިއްޔާއަކަށް 75 ހާސް ރުފިޔާގެ އެހީ ދެނީ ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 75000 (ހަތްދިހަ ފަސްހާސް) ރުފިޔާ ދިނުމަށް ށ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެ އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރު... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ރިސޯޓް ބިމު ކުލި ނަގާ ރޭޓް ކުޑަ ނުކުރުމަށް ނިންމައިފި ރިސޯޓުތަކުން ނަގަމުން އައި ބިމު ކުލި ކުޑަކުރިން ސަރުކާރުން ހުށެޅިނަމަވެސް ހާލަތައް ބަލައި އެ ބަދަލު ނުގެންނަށް މިހާރު ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދި ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާފަދަ އެތައް ކަމެއް ކުރިމަތިވަމުނަ ދާކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ފިސްކަލް ރާސްތާއަށްވެސް އަސަރުކޮށް، ދައުލަތުން 2022 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތާ ތަފާތުވަމުން ދާ ކަމަށް ވެސް ބުންޏެވެ. […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ރިޓަޔާކޮށް ތިއްބެވި އިސްރައްވެހިންނަކީ، ބަޖެޓަށް އޮތް ތަކްލީފެއްކަމަށް ދެކިގެން ނުވާނެ: އަސްރާ އެތައް އަހަރެއް ވަންދެން ގައުމަށް ހިދުމަތްކޮށްދެއްވުމަށްފަހު ވަޒީފާއިން ރިޓަޔާކޮށްގެން ތިއްބެވި އިސްރައްވެހިންނަކީ، ޤައުމުގެ ބަޖެޓަށް އޮތް ތަކްލީފެއްކަމަށް ދެކިގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ. އަސްރާ މިހެން ވިދާޅުވީ، “ރައްޔިތުންގެ އުދާސް” ނަމުގައި އެމްއެންޕީން މިރޭ ކުރިއަށްގެންދާ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަސްރާ ވިދާޅުވީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖްލިސްގެ ޖަލްސާ ބައްލަވަން އޭނާ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެންމަޑީގެ ބިޔަ އާބާދީއާއި އެކު މާމަކުނުދޫ އަތޮޅު ދުނިޔޭގެ ސަމާލުކަމަށް! އެންމަޑީގެ ބިޔަ އާބާދީއާއި އެކު މާމަކުނުދޫ އަތޮޅަށް ދުނިޔޭގެ ސަމާލުކަން ލިބެން ފަށައިފިއެވެ. މަންޓާ ޓްރަސްޓްގެ ޓީމުން މި އަހަރުގެ މާޗްމަހު ހދ. މަކުނުދޫގައި އެއް މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ސާރވޭއަކަށްފަހު މުޅިން އަލަށް ސަތޭކައަށްވުރެ ގިނަ މަންތާ ނުވަތަ އެންމަޑި ރާއްޖޭގެ އެންމަޑީގެ ރަޖިސްޓްރީއަށް އިތުރު ކުރެވިފައިވާކަމަށް އެ ޖަމާޢަތުން ހާމަ ކުރެއެވެ. މުޅި ދުނިޔޭގައިވެސް ފަރުތަކުގެ ކައިރީގައި ދިރިއުޅޭ އެންމަޑީގެ ބާވަތް އެންމެ ގިނައީ ދިވެހިރާއްޖޭގައި ކަމަށް ބައިނަލް އަޤްވާމީ ޖަމިއްޔާއ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ރ. މާކުރަތު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށި ލުމާއި، 129 މީޓަރުގެ އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 28 […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާއުނގޫދޫ ކައުންސިލާ ގުޅިގެން އިޖުތިމާޢީ ޙަރަކާތްތައް ހިންގައިދޭނެ ފަރާތެއް ހޯދަނީ ށ. މާއުނގޫދޫ ކައުންސިލާ ގުޅިގެން އިޖުތިމާޢީ ޙަރަކާތްތައް ހިންގައިދޭނެ ފަރާތެއް އެރަށު ކައުންސިލުން ހޯދަން ފަށައިފިއެވެ. މިކަމަށްޓަކާ މާއުނގޫދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާއި، ބޮޑެތި މީހުންގެ ތަޢުލީމާއި ކުރިއެރުމުގެ އިތުރުން ކުޑަކުދިންނަށް ކުރާއަނިޔާއާއި ގެވެށިއަނިޔާ ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ޝައުޤުވެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ރަށުގެ މުއައްސަސާތަކަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ. މިކަމަށް... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި މީދޫ އެއްގަމު ތޮށިލާން ބޭނުންވާ ގާ އެތެރެކޮށް ނިމިއްޖެ ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ނިމުނީ އިއްޔެއެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 294 […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަސް ރަށެއްގެ އަންހެނުންގެ ކޮމެޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފި ބޮޑުތިލަދުންމަތީގެ ތިންރަށެއް ހިމެނޭހެން ފަސް ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމަވާފައިވާ ބޮޑުތިލަދުންމަތީގެ ތިންރަށަކީ ހއ. ވަށަފަރާއި، ށ. ޅައިމަގުގެ އިތުރުން ށ. ކޮމަންޑޫއެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރެއްވި އި... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން