މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ވީގޮތެއް ނޭނގި ބައްޓޭގެ ނަން އީސީގައި އޮންނަ އެމްޑީޕީގެ ދަފުތަރުން "ގެއްލިއްޖެ"

ވީގޮތެއް ނޭނގި ބައްޓޭގެ ނަން އީސީގައި އޮންނަ އެމްޑީޕީގެ ދަފުތަރުން "ގެއްލިއްޖެ"

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ)ގެ ނަން އިލެކްޝަން ކޮމިޝަން (އީސީ) ގައި އޮންނަ އެމްޑީޕީގެ ދަފުތަރުން އުނިވިގޮތެއް ބަލައިދޭން އޭނާ އީސީގައި އެދިއްޖެއެވެ. އެކަން ސާފުކޮށްދޭން ބައްޓޭ ވަނީ ސިޓީއަކުން އީސީ ގައި އެދިފައެވެ. މިއަދު އީސީއަށް ފޮނުވި އެ ސިޓީގައި ބައްޓޭ ވިދާޅުވެފައި ވަނީ އޭނާގެ ނަމަކީ އީސީގައި އޮންނަ އެމްޑީޕީގެ ދަފުތަރުގައި ޒަމާނުއްސުރެ އޮންނަ ނަމެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އޭނާގެ […]

ޙުސައިން ޝަހުދީ
42 ކިލޯ ޑްރަގް މައްސަލާގައި ގޯސްކޮށް ހެކި ހޯދުމުން ދެ މީހުން ދޫކޮށްލައިފި

42 ކިލޯ ޑްރަގް މައްސަލާގައި ގޯސްކޮށް ހެކި ހޯދުމުން ދެ މީހުން ދޫކޮށްލައިފި

މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް 42 ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާ ނުކުރަން ނިންމައި، ބަންދުން ދޫކޮށްލައިފި އެވެ. މ. ލަވްނެސްޓް ގެއިން 42 ކިލޯގެ ޑްރަގް އަތުލައިގަނެ، މިދިޔަ މާޗް މަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލްގެ މެމްބަރު އަހުމަދު ހުސައިނާއި މ. ނޫރުއް އަބްދުﷲ ނަޝީދަށް ދައުވާ ނުކުރަން ނިންމައި، ބަންދުން ދޫކޮށްލީ ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ޕީޖީ އޮފީހުން […]

ހުސައިން ހަބީބް
ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސަށް ދަންނަވައިފި

ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސަށް ދަންނަވައިފި

ށ. ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް އެރަށު ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނޫމަރާ ކައުންސިލާއި ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލުން ވަނީ އެ ކައުންސިލާއި، އެރަށު ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސްއަށް ދަންނަވައި، އެކަންކަމ...

މުޙައްމަދު ވަސީމް
ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްއެއް

ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްއެއް

ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްއެއް ތައާރަފުކޮށްފިއެވެ. މިޕްރޮގްރާމް ތަޢާރަފުކޮށްފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން “ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު” އެކުލަވާލުމާއި ގުޅިގެންނެވެ. ސީއެމްޑީއޭ އިން ބުނީ މިޕްރޮގްރާމްގެ މަޤްޞަދަކީ، ކުންފުނި ހިންގުމާއި ވިޔަފާރިކުރުމުގެ މިނ...

އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ކައުންސިލުން ބެސްޓްއޯލްރައުންޑަށް ދެވޭ ފައިސާގެ އިނާމު ސްކޫލްތަކާ ހަވާލުކުރަނީ

ހއ. އަތޮޅު ކައުންސިލުން ބެސްޓްއޯލްރައުންޑަށް ދެވޭ ފައިސާގެ އިނާމު ސްކޫލްތަކާ ހަވާލުކުރަނީ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބެސްޓްއޯލްރައުންޑަށް ދެވޭ ފައިސާގެ އިނާމު އެއަތޮޅު ސްކޫލްތަކާ ހަވާލުކުރަން ފަށައިފި އެވެ. އެކައުންސިލުން ބުނީ، ވޭތުވެދިޔަ ތިންއަހަރު، ހއ.އަތޮޅު ސްކޫލްތަކުން ޖީ.ސީ.އީ އޯލެވެލް އަދި އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް ދެވޭ ފައިސާގެ އިނާމު އެސްކޫލްތަކާ ޙަވާލުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ހަތަރު ސްކޫލަކަށް ފައިސާގެ އިނާމުވަނީ ޖަމާކޮށްދީފައިކަމަށް އެކައުންސިލުން ބުނެއެވެ، ފައިސާގެ އިނާމު ޖަމާކޮށ...

އިބްރާހިމް އަސްވާޤް
ށ. އަތޮޅުގެ ހަތް ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ށ. އަތޮޅުގެ ހަތް ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ށ. އަތޮޅުގެ ހަތް ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ތަކަކީ، ‏ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއިއެކުގައި މަސައްކަތްކޮށް، އެފަރާތްތަކުގެ ޙައްޤުތައް ހޯދައިދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަކޮށްގެން ހިންގުނު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމް ތަކެކެވެ. މި ތަމްރީން ޕްރޮގްރާމްތައް ފަށާފައި ވަނީ އިއްޔެއެވެ. ނިންމާލާނީ މިއަދުއެވެ. ޖެންޑ...

ޝިއުނާ އާދަމް
ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތަކީ މި އަހަރުގެ ސެޕްޓެމްބަރ 29 އިން އޮކްޓޯބަރ 10އަކަށް ތުރުކީ ވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތެވެ. ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. އެހެންކަމުން މި މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެ...

ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރަނީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރަނީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ބާއްވާ ޙަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައެވެ. މިރޭގެ ޙަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދާއިމީ ވަޒީފާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައ...

ސަނިއްޔާ އަބޫބަކުރު
ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ގއ. ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. އެ މަސައްކަތް ހަވާލު ކޮށްފަްިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ބަންޑް ވޯލް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019 އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. […]

އަޙްމަދު ވަހީދު
އައްޑޫ ސިޓީގެ ފޭދޫގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގާފައިވާ މި މާރާމާރީ ހިންގާފައިވަނީ ރޭ ފަތިހު 3:10 ހާއިރު އެވެ. ޒުވާނާ ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 3:10 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ […]

ޔުމްނާ ޢަލީ
ގާޒީ ބަލިވެ އުޅޭތީ ޔާމީންގެ ޝަރީއަތް ކެންސަލް

ގާޒީ ބަލިވެ އުޅޭތީ ޔާމީންގެ ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ދައުވާތަކުގެ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖެއްސި އެވެ. ޝަރީއަތް ބާއްވަން ހަމަޖެއްސީ ވެސް ލައިވްކުރާ ގޮތަށެވެ. ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން […]

ހުސައިން ހަބީބް
މެެއި މަހު އުފަންވި 165 ކުއްޖަކަށް އެސްޓީއޯގެ ހަދިޔާ ލިބުނު

މެެއި މަހު އުފަންވި 165 ކުއްޖަކަށް އެސްޓީއޯގެ ހަދިޔާ ލިބުނު

މި ނިމުނު މެއި މަހު އުފަންވި 165 ކުއްޖަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދީފިއެވެ. މިއީ އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެސަޓީއޯއިން ދޭން ފެށި ހަދިޔާއެވެ. އެގޮތުން އެ ކުންފުނިން އެތެރެކުރާ ކުަޑަކުދިންގެ ސާމާނު މި ހަދިޔާގެ ތެރޭގައި ހިމެނެއެވެ. މި ޕްރޮގްރާމް މިހާރު ފަށާފައިވަނީ އައިޖީއެމްއެޗް އާއި ޓްރީ ޓޮޕް އާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މުލީ ރީޖަނަލް […]

އަޙްމަދު ވަހީދު
އެސްޓީއޯ ކްރެޑިސްކީމުން ދަށުން އެހެން ކުންފުނިތަކުގެ މުދާ ނެގޭ ގޮތް ހަދައިފި

އެސްޓީއޯ ކްރެޑިސްކީމުން ދަށުން އެހެން ކުންފުނިތަކުގެ މުދާ ނެގޭ ގޮތް ހަދައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ކްރެޑިޓް ސްކީމް ފުޅާކޮށް، ލީސިން ޕާޓްނަރުން މެދުވެރިކޮށް މުދާ ނެގޭ ގޮތަށް މިއަދު އިފްތިތާހުކޮށްފިއެވެ. އެ ސްކީމް އޮންނަ ގޮތުން ކުރިން ކްރެޑިޓަށް މުދާ ނެގެނީ ހަމައެކަނި އެސްޓީއޯއިން ވިއްކާ ތަކެއްޗެވެ. އެއީ ސަރުކާރުގެ މުވައްޒަފުންނާއި އެ ކުންފުންޏާއެކު ކްރެޑިޓް އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރަމުން އައި ސްކީމެކެވެ. މި ސްކީމް ފުޅާކޮށް މިއަދު ގެނައި ބަދަލާއެކު އެސްޓީއޯގެ ބައެއް ޕާޓްނަރުން ވިއްކާ މުދާ ވެސް ކްރެޑިޓަށް [...

އަޙްމަދު ވަހީދު
ފައިނަލިސިމާ 2022 ގެ ތަށި އިޓަލީ ބަލިކޮށް އާޖެންޓީނާއިން ހިއްލާލައިފި

ފައިނަލިސިމާ 2022 ގެ ތަށި އިޓަލީ ބަލިކޮށް އާޖެންޓީނާއިން ހިއްލާލައިފި

ދުނިޔޭގެ ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފޯރިގަދަ ފައިނަލް މެޗުކަމަށްވާ ފައިނަލިސިމާ 2022 ގައި 3 – 0 ން އިޓަލީ ބަލިކޮށް އާޖެންޓީނާއިން ފައިނަލް ކާމިޔާބުކޮށްފި އެވެ. ފައިނަލިސިމާ އަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި އެއް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޔޫރޯގެ ޗެމްޕިއަނުންނާ ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މެޗެކެވެ. މިފަހަރުގެ ފައިނަލީސިމާގައި ބައްދަލުކުރީ ޔޫރޯ 2020 ގެ ޗެމްޕިއަން އިޓަލީއާއި ކޮޕާ […]

މުޙައްމަދު
މިއަދުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖޭގައި މަނާ

މިއަދުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖޭގައި މަނާ

މިއަދުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާކޮށްފިއެވެ. ގިނަ ޢަދަދެއްގެ ޕްލާސްޓިކް މިއަދުން ފެށިގެން ރާއްޖޭގައި މަނާވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ސޮއި ކުރައްވައި ގެޒެޓު ކުރެއްވި ގަރާރުގައި އެކަން އެގޮތަށް ކަނޑައެޅުއްވުމުންނެވެ.މި މިކަމާ ގުޅޭ ގޮތުން ރައީސް ޞާލިޙް ނެރުއްވި ޤަރާރުގައި މި މަހުން ފެށިގެން، ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސި...

ސަނިއްޔާ އަބޫބަކުރު