ކުޅިވަރު ޑެންމާކުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފި މިހާރު ކުރިޔަށްދާ ޔުއެފާ ނެސަނަލް ލީގުގައި ޑެންމާކް އިން ދުނިޔޭގެޗެމްޕިއަން ފުރާންސް ބަލިކޮށްފިއެވެ. ފްރާންސްގައި ކުޅުނު މި މެޗުން ޑެންމާކް މޮޅުވީ ފްރާސުން ލަނޑެއްޖަހައި ފައި ވަނިކޮށް ފަހަތުން އަރާ ދެ ގޯލް ޖަހައި 2-1 ގެ ނަތީޖާއިންނެވެ. ފްރާންސް އިން ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު މި މެޗްގަ ފްރާންސް އިން ޖެހި ހަމަ އެކަނި ގޯލް މެޗްގެ 51 އެއްވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ޑެންމާކް އިން ޖެހި ދެގޯލް […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ވިޔަފާރި އެވިޑް ކޮލެޖުން އިންތިޒާމުކޮށްގެން އެއްދުވަހުގެ ސެމިނާއެއް ބާއްވައިފި އެވިޑް ކޮލެޖުން “ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ އެވެނިއުސް ފޯ ޓްރެވެލް އެންޑް އޭވިއޭޝަން އިންޑަސްޓްރީ ” ގެ ނަމުގައި ސެމިނާއެއް ބާއްވައިފިއެވެ. މި މަހުގެ އެއްވަނަ ދުވަހު ބޭއްވި މި ސެމިނާއަކީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ” އަޔާޓާ” އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި އެވިޑް ކޮލެޖް ހަމަޖެހިގެން ދިޔުމާއެކު ކަމާ ގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ބޭއްވި ސެމިނާއެކެވެ. އެ ސެމިނާ ނިމިފައިވަނީ ކާމިޔާބު ކަމާއެކު ކަމަށް އެވިޑުން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފި އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފިއެވެ. މިރޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ އެފް އެންޑް ބީ ޝޯގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ގެއާއި ބަދިގެ ސާމާނު އުފެއްދުމުގައި 70 އަހަރުގެ ތަޖުރިބާ ލިބިފައިވާ ރަސަލް ހޮބްސައަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑް މަގުބޫލުވެފައިވަނީ ޕްރޮޑަކްޓުތަކުގެ ތަފާތު ކަމުންނެވެ. ރަސަލް ހޮބްސްގެ އުފެއްދުންތަކުގެ ތެރޭގައި ރައިސް ކުކަރާއި ސްލީ ކުކަރާއި ސްޓީމަރާއި ގްރިލް އާއ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ އެމްއާރުއެމުން އީސީއަށް ހުށަހަޅާފައިވާ ފޯމުތައް އަވަހަށް ޕްރޮސެސްކޮށްދޭން ގޮވާލައިފި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އިލެކްޝަން ކޮމިޝަން (އީސީ) އަށް މިހާތަނަށް ހުށަހަޅާފައިވާ ހުރިހާ މެންބަރުޝިޕް ފޯމްތަކެއް ވީއެންމެ އަވަހަކަށް ޕްރޮސެސްކޮށްދޭން އެ ޕާޓީން ގޮވާލައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން އީސީން ނިންމާފައިވާއިރު، އޭގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެ އެވެ. އެމްއާރުއެމްއިން ނެރުނު ބާޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާރު ވެ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކަށް އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަން ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އޯގަސްޓް 6 ވާ ހޮނިހިރު ދުވަހު އެވެ. މި މަޤާމްތަކަށް އެމްއެންޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް މިފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފައެވެ. މި މަޤާމަތަކަށް ވާދަކުރަން ބޭނުންވާ އެ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ސީއެސްސީ އަށް ރައްދުވާގޮތައް ހަޤީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް އެދިއްޖެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ސިވލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ރައްދުވާގޮތަށް އެކޮމިޝަންގެ ބަހެއްނެތި ޙަޤީގަތާއި ޚިިލާފަ ތަފާތު އެކިއެކި ތުހުމަތުތަކާއި ދޮގު މައުލޫމާތު، ޚަބަރުގެ ގޮތުގައި ފަތުރަމުންދާކަން ފާހަގަކުރެވުމާއި ގުޅިގެން އެކަން އެގޮތައް ނުކުރުމަށް އަންގައިފި އެވެ، އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެކޮމިޝަނުން ނިންމާ، ތަންފީޒު ކުރަމުންދާ ކަންކަމަކީ، ގާނޫނު ނަންބަރު 2007/5 ދިވެހި ސަރވިސްގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިއ... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ވިޔަފާރި ވޯލްޑް ބޭންކުން ރާއްޖެއަށް 154 މިލިއަން ރުފިޔާގެ އެހީ ދެނީ ދިވެހިރާއްޖޭގެ ޑިޖިޓަލް ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވައި ބްރޯޑްބޭންޑް މާކެޓުގައި ވާދަވެރިކަން އިތުރު ކުރުމަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމެއްގައެވެ. މި އެހީ ވޯލްޑް ބޭންކުން ފޯރުކޮށްދޭނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ ދަށުންނެވެ. މިއީ ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީވާ ވޯލްޑް ބޭންކުގެ ވިންޑޯއެކެވެ. މި އެހީގެ ދަށުން ރާއްޖޭގ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ފަރެސްމާތޮޑާ އެއާޕޯޓުގެ ކޯޒްވޭ އެޅުމުގެ މަސައްކަތް ފަށައިފި ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި އެރަށާ ދެމެދު ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. ފަރެސްމާތިޑާ އެއާޕޯޓުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ. ކޯޒްޗޭ އަޅަން 19،200 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާއިރު، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މި ކޯޒަވޭ އަޅާނީ އެއާޕޯޓްގެ މައި މަގުތަކާ ގުޅޭ ގޮތަށް ކޯޒްވޭގެ ދަށުން އޮއެ ދެމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިންތިޚާބަކަށް ދާންނުޖެހި، ވަށަފަރު އަންހެނުން ކޮމެޓީ ގޮނޑި ޕީޕީއެމަށް ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު އިންތިޚާބު ކުރުމަށް ހުޅުވާލި ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައި ވަނީ ހަމައެކަނި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްކަމުން އިންތިޚާބަކަށް ދާންނުޖެހި، އެ ގޮނޑި އަށް ޕީޕީއެމްގެ ކެންޑިޑޭޓް ހޮވިއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، އަންނަ ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ޢިއުލާންކުރި ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށްފި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައިފިއެވެ. އެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މި ގޮތުން ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫން ވަގުތީ ގޮތުން ހިލޭ ދަނޑުބިން ދޫކުރަނީ ހދ. މަކުނުދޫން ވަގުތީ ގޮތުން ދަނޑުބިން ދޫކުރަން އެރަށު ކައުންސިލުން ނިންމަވައިފިއެވެ. މަކުނުދޫ ކައުންސިލުން ވިދާޅުވީ މި ދަނޑުބިން ތައް ދޫކުރަން ނިންމެވީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރެއްވުމަށް ކަމުގައެވެ. އެއް އަހަރު ދުވަހުގެ މުހުލަތަށް މި ބިންތައް ދޫކުރައްވަނީ ކޮންްމެ ގޭބިސީއަކަށް ދަނޑެއްގެ އުސޫލުން ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފައި ވެއެވެ. މި ބިންތަކަކީ ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަކަށް ވާއިރު، މިހާރު ދަނޑުބިން ގެންގުޅޭ ފަރާތްތަކަށް ވެސް ވަނީ ރި ރެޖިސްޓްރީ ކުރުމަށް ފ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި ށ. ފޭދޫގައި ފިރިމީހާ، އަނބިމީހާ އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ރޭ 21:30 ހާއިރު ށ. ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދިނުމާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް “ތިލަދުން” އަށް ވިދާޅުވީ، ރޭ 21:30 ހާއިރު އެ މައްސަލާގައި ޝާމިލްވާ ފިރިހެން މީހާގެ މަންމަ ގުޅާފައި އެގޭދޮށަށް އައިސްދިނުމަށް އޭނާ ގާތުގައި […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ކޮލަމް ރިބާ ޙަރާމް ކުރެއްވުމުގެ ޙިކްމަތް: ޤައުމުތަކުގެ ދަރަނީގެ ކާރިޘާތަކަށް ބަލާލުމުން ފުދޭނެ އިސްލާމީ ޝަރީޢަތުގައި ރިބާ ޙަރާމް ކުރެއްވުމުގެ ޙިކުމަތާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިން ވަރަށް ގިނަ ވާހަކަ ދައްކަވާފައިވެއެވެ. ހަމަ އެހެންމެ މުސްލިމް އަދި ބެއެއް ޣައިރު މުސްލިމް އިޤްތިސާދީ މާހިރުން ވަނީ، ރިބާގެ ގެއްލުމާއި ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކާފައިވެއެވެ. ރިބާ ޙަރާމް ކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ މުހިންމު އެއް ސަބަބަކީ އޭގައި ޢަދުލުވެރިކަމުން އެއްކިބާވުމާއި އަނިޔާވެރިކަން ހިމެނޭތީއެވެ. މުޖްތަމަޢްގެ އެއް ބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި، ދެން ތިބި […] ތިލަދުން · 4 އަހަރު ކުރިން
ވިޔަފާރި "ފުނަރަ ޕްރޮގްރާމް"ގެ ދަށުން މެޕްސް ކޮލެޖްގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހިލޭ! ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ “ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)” ޕްރޮޖެކްޓްގެ “ފުނަރަ ޕްރޮގްރާމް”ގެ ދަށުން މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކޯހުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ އެއްކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުންނެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މެ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން ފަތަން ދަސްކޮށްދޭން ޕްރޮގުރާމެއް ފަށަނީ ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން “ފަތަން ދަސްކުރަމާ 2022” ގެ ނަމުގައި ޕްރޮގުރާމެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށްޓަކައި މިޑްލް ސްޕޯޓްސް ކްލަބުން ކުރި އިޢުލާނެއްގައި ބުނީ މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 15 އިން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް 20 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ތިން ޢުމުރުފުރައަކުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން