ކުޅިވަރު ނޭޝަންސް ލީގު: ޕޯޗުގަލް ބަލިވުމުން، ސްޕެއިން އެއް ވަނަ އަށް ޔުއެފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗްތަކުން ސްވިޒަލެންޑް އަތުން 1-0 އިން ޕޯޗުގަލް ބަލިވެ، ޗެކް ރިޕަބްލިކް އަތުން 2-0 އިން ސްޕެއިން މޮޅުވެ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. މި ގްރޫޕްގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، އެއްވަނައިގައި ސްޕެއިން އޮތީ އަށް ޕޮއިންޓާ އެކު އެެވެ. ހަތް ޕޮއިންޓް އާއި އެކު ޕޯޗްގަލް ދެވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކްއަށް ލިބެނީ ހަތަރު ޕޮއިންޓެވެ. […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022" އިން ނެއްލައިދޫއަށް ފަޚުރުވެރި ވަނަތަކެއް ހދ. އަތޮޅު ލީގު، ބަށިބޯޅަ މުބާރާތް 2022 ގެ ރަނަރަޕްކަން ލިބުނު ޓީމް ނެއްލައިދޫ އިން އެ މުބާރާތުން ފަޚުރުވެރި ވަނަތަކެއް ވެސް ހޯދައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗްގައި މި މަހުގެ 11 ވަނަ ދުވަހު ބައްދަލުކުރީ ކުޅުދުއްފުށީ ކޮރަލްސް އާއި ޓީމް ނެއްލައިދޫ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ކޮރަލްސް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 28-25 ލަނޑުން ނެއްލައިދޫގެ މައްޗަށް ކުރި […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫ ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ވަރުވާއަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި ށ. ނަރުދޫ ކަށިކެޔޮވައު ވަރުވާއަށް ނެގުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ. މި ގަސްތައް ވަރުވާއަށް ލިޔެދެއްވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނަރުދޫ ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުން އޮންނާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 1130 ގައެވެ. ރަށުގެ ހުރިހާ ސަރަހައްދު ތަކެއްގައި ހުރި ރައްޔިތުންގެ ހުރިހާ ކަށިކެޔޮ ގަސްތަކެއް ލިބޭ މި ބީލަމަށް އަގު ހުށަހެޅުމުގެ ތާރީޚަކީ 21 ޖޫން 2022 ވާ އަންގާރަ […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ ށ. ފޯކައިދޫގައި ޓާރފް ފުޓްސެލް ދަނޑެއް އަޅަން އެރަށު ކައުންސިލުން އިޢުލާނު ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މުޅި ރާއްޖެއަށް މި ފުރުޞަތު ހުޅުވާލާފައެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީއެއް ދެއްކުމަށް ފަހު 15 ޖޫންގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މިކަމަށް އެދޭ ފަރާތްތަކަށް މިމަހުގެ 16 ވަނަ ދުވަހު ފޯކައިދޫ ކައުންސިލު އިދާރާގައި މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ފަހު […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ޕްރީ ސްކޫލް ފޮތް ސެޓް ތައްޔާރުކޮށްނިމި ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އައިއޯސީސީގެ ތިންކުޓޭންކާއި އިލްމު އިންސްޓިޓިއުޓް ގުޅިގެން ތައްޔާރު ކުރަން ފެށި ޕްރީ ސްކޫލް ފޮތް ސެޓް ތައްޔާރުކޮށް ނިންމާލައި ފޮތްސެޓް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފޮތްސެޓް ލިޔެ ތައްޔާރުކުރެއްވީ، ޕްރީ ސްކޫލްގެ ހުރިހާ މަރުޙަލާއެއްގެ ހުރިހާ މާއްދާއެއް ހިމެނޭ ގޮތުން، (އައިއޯސީސީގެ ތިންކު ޓޭންކު މެންބަރު، އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ) މަރިޔަމް ޝަޒްނާއެެވެ. މި ހުރިހާ ފޮތްތަކެއް ތައްޔާރު ކޮށްފައިވަނީ ޤައުމީ މަންހަޖަށް ރިޢާޔަތް ކޮށްގެ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީން ބަސް ޑްރައިވަރުން ހޯދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބަސް ޑްރައިވަރުން ހޯދަން އިއުލާންކޮށްފިއެވެ. އެ ކުންފުނިން މިއަދުކުރި އިއުލާނެއްގައި ވަނީ 35 ބަސް ޑްރައިވަރުން ހޯދާ ކަމަށް ބުނެފައެވެ. މި މަގާމަށް މުވައްޒަފުން ހޯދަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށެވެ. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރާނެއެވެ. އެމްޓީސީސީގެ ބަސް ޑްރައިވަރެއްގެ މުސާރައަކީ 14،000ރ. އެވެ. މީގެ އިތުރުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022"ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ކޮރަލްސް އަށް “ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022″ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ކޮރަލްސް ހޯދައިފި އެވެ. މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އަދި ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބޭއްވި މުބާރާތެކެވެ. 9 ޖޫން އިން 11 އަށް ކުރި ދިޔަ މި މުބާރާތުގެ ފައިނަލް މެޗްގައި ކުޅުދުއްފުށީ ކޮރަލްސް އާއި ބައްދަލުކުރީ ޓީމް ނެއްލައިދޫ އެވެ. މި މެޗް ކޮރަލްސް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 28-25 ލަނޑުން ނެއްލައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްލަތުގެ ބޮޑުބައެއް ނިންމާލައިފި ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 72.65 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. އަދި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫގެ ރައްޔިތުންނަށް، ހިރިނައިދޫ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިއްޖެ އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހދ. ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ނެއްލައިދޫ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވައިފިއެވެ. އެކައުންސިލުން މިފަދައިން އެދިފައިވަނީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫގައި ޓާފް އަޅައަޅައިގެން ތަރައްގީ ކުރި ދަނޑު ބޭނުން ކުރަންފަށައިފި ހއ. އިވަންދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރި ފުޓްބޯޅަ ދަނޑު ބޭނުން ކުރަން ފަށައިފިއެވެ. އެ ދަނޑު ބޭނުން ކުރަން ފެށީ އިއްޔެއެވެ. ދަނޑު ބޭނުން ކުރަން ފެށުމުގެ ގޮތުން ރަށުގެ ފިރިހެން ޒުވާނުންގެ ތެރެއިން ހޮވާލެވުނު ދެ ޓީމެއްގެ މެޗުގައި އެކުވެރިކަމުގެ ފުޓް ބޯޅަ މެޗެއް އިއްޔެ ވަނީ ކުޅެފައެވެ. އިހަވަންދޫ ޔޫތު އެސޯސިއޭޓް، ޢަލީ ރަމީޒް “ތިލަދުން” އަށް ވިދާޅުވީ، ޓާފް ދަނޑު އިއްޔެއިން ފެށިގެން ޒުވާނުން ބޭނުން ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އާރްޓީއެލް ފެރީ ނިޒާމަކީ، އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ: ރައީސް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިޙް މިހެން ވިދާޅުވީ، “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް”ގެ ޚިދުމަތް މިއަދު ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. މިޓްވީޓުގައި ރައީސް ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާއި ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ […] އަލީ އާދިލް · 4 އަހަރު ކުރިން
ޚަބަރު ސްޓަޑީ ވިޒިޓެއްގައި ސީއެސްސީގެ ވަފުދެއް އިންޑިއާއަށް ފުރައިފި އެއް ހަފްތާގެ ސްޓަޑީ ވިޒިޓެއް ގައި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ވަފުދެއް މިއަދު އިންޑިއާ އަށް ފުރައިފިއެވެ. އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން އިންތިޒާމުކުރާ މި ސްޓަޑީ ވިޒިޓުގައި ބައިވެރިވާ ވަފުދުގައި އެ ކޮމިޝަނުގެ ރައީސް، ނައިބު ރައީސް އަދި މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ޑިވިޝަންތަކުގެ ހެޑުން ހިމެނޭހެން 11 މެންބަރުން ބައިވެރިވެ އެވެ. މިމަހުގެ 13 އިން 17 ގެ ނިޔަލަށް އިންޑިއާގެ ދިއްލީއަށް ކުރަމުންދާ މި ދަތުރުގައި […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ކޮންޓެއިނަރެއްގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް، އެކަކު މަރުވެއްޖެ ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ބިދޭސީ އެއް މަރުވެއްޖެ އެވެ. މިކަން ކަށަވަރުކޮށްދެމުން ފުލުހުން ބުނީ މިހާދިސާގައި އެކަކު މަރުވެފައިވާއިރު އިތުރު އެހެން ބިދޭސީއަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސީރިއަސް ޒަހަމްތަކެއް ލިބި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ. ފުލުހުން ބުނީ މިހާދިސާ ހިނގީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަ... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ޖޫނިއަރ ކޮލެޖު އަޅާ ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި ހއ.ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މިސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރ އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ހިމެނޭހެން ‘ސައިޓް ހޭންޑް-އޯވަރ މީޓިންގ’ އެއް ދިއްދޫގެ ކައުންސިލް އިދާރާގައިވަނީ ބާއްވާފަ އެވެ. އަދި ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް ޑރ ޝަހީމް މަދީނާއަށް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް ޑރ ޝަހީމް މަދީނާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަ ކުރައްވަމުން އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ވިދާޅުވީ އެ ޖަމިއްޔާގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް މިރޭ ސަޢޫދީ ޢަރަބިއްޔާ އަށް ފުރާ ވަޑައިގަންނަވާނެ ކަމަށެވެ. މިދަތުރުގައި އެ ޔުނިވަރސިޓީ ގައި ދިވެހި ދަރިވަރުންގެ ޢަދަދު އިތުރު ކުރުމާއި ޔުނިވަރސިޓީގެ ދީނީ ކުއްލިއްޔާތަކ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން