ވިޔަފާރި ދެ ހަފްތާއިން ފެނިގެންދިޔައީ އުއްމީދީ ނަތީޖާއެއް: ވެމްކޯ ކުނި ވަކިކޮށްގެން އުކާލަން ފެށިތާ ދެ ހަފްތާ ވެފައިވާއިރު ފެނިގެންދަނީ އުއްމީދީ ނަތީޖާއެއް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ބައެއް ގޭބިސީތަކުން ކުނި ނެރުމުގެ އާދަޔަށް ހެޔޮ ބަދަލު އަންނަމުންދެއެވެ. އެގޮތުން ބައެއް ގޭބިސީތަކުން ކުނި ކޮަތަޅު ފުރާލުމަށްފަހު ނޫނީ އުކާލުމަށް ނުނެރޭކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއީ އުފަލާއެކު ބަލައިގަންނަ ބަދަލެއް ކަމަށް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ. ވެމްކޯއިން ވަނީ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް (ފަޅު ހިމެނޭހެން) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވާ ކަމަށެވެ. މިކަމަށްއެދޭ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 29 ވަނަ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ ށ. ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާނު ކޮށްފިއެވެ. މިކަމަށްޓަކާ ނޫމަރާ ކައުންސިލުން ކުރެއްވި އިޢުލާނެއްގައިވަނީ ނޫމަރާ ކައުންސިލުގެ އާ ޢިމާރާތް އަޅަން ޖެހޭނީ އެ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ކަމަށެވެ. އެހެންކަމުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1000.00ރ (އެއްހާސް ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށާއި، 15 ޖޫން 2022 ވާ ބުދަ ދުވ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ނޯޓިސް ދިީފައިވާ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާއި ހަމައަށް ބަަލައިގަންނަން ނިންމައިފި ނޯޓިސް ދިީފައިވާ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާއި ހަމައަށް ބަަލައިގަންނަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބުނ،ީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެހެންވެ ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާ ހަމައަށް […] އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް އެވޯޑު ދީފި ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށު ކައުންސިލުން ބާއްވާ “ހޯރަފުށީ ދުވަސް 2022 އެވޯޑް” ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 17 ވާ އަންގާރަ ދުވަހުއެވެ. އަދި “ހޯރަފުށީ ދުވަސް 2022 އެވޯޑް” ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. ހޯރަފުށީ ދުވަހުގެ މިޚާއްސަ ޖަލްސާގެ […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ. ފުލުސް އޮފީހުން ކުރައްވާފައިވާ އިއުލާނުގައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ބ. ގޮއިދޫ / އުނިމާގެ، ޙަސަން ފަޔާޒް (35އ) ކަމުގައެވެ. އޭނާ ހޯދަމުން ގެންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. ފުލުހުންގެ މައްޗަށް ކޯޓުނ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ހޭންޑްބޯލް ކޯޗުން ތަމްރީނުކޮށްފި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު ވެރިރަށް ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ކޯޗިންގ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ކޯހަކީ ށ. އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ށ. އަތޮޅުކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ސްޕޯޓްސް އާއި، ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މިކޯހުގައި އެ އަތޮޅުގެ 11 ރަށަކުން 24 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު 20 ބައިވެރިންވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ. މިމަހުގެ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭގައި އަޅާ "އަޖިއަލް ބައިލިންގުއަލް ސްކޫލް" ގެ ބިންގާ އަޅައިފި ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. ހުޅުމާލޭގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކުޅިވަރު ޕެރޫ ބަލިކޮށް އޮސްޓްރޭލިއާ ވޯލްޑް ކަޕަށް އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޕެރޫ ބަލިކޮށް އޮސްޓްރޭލިއާ އިން ފީފާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފި އެވެ. މެޗުން އޮސްޓްރޭލިއާ މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއިންނެވެ. އޮސްޓްރޭލިއާ ގެ ޕެންލްޓީތަށް ކާމިޔާބް ކޮށްދިނީ އާރޮން މޫއީ، ކްރެއިގް ގުޑްވިން، އަޖްޑިން ރުސްޓިޗް، ޖޭމީ މެކްލަރެން އަދި އައްވާރު މާބިލް އެވެ.ނާކިޔާބުވީ މާޓިން ބޮއިލް އެއްމެ ފުރަތަަމަ ފޮނުވާލި ޕެނަލްޓީއެވެ. ޕެރޫގެ ޕެނަލްޓީ ތަށް ކާމިޔާބު ކޮށްދިނީ ޖިއަންލޫކާ ލަޕަޑުއްލާ […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ އަނެއްކާވެސް ކޮވިޑް ކޭސްތައް ގިނަވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި ކޮވިޑް ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ގިނަވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުން އަންނައިރު މިދިޔަ ހަފްތާގައި އެކަނި ވެސް ކޮވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑް ސާމްޕަލް ޕޮޒިޓިވިޓީއާ އެކު […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ އާރަށް މައްސަލާގައި ޔާމީންގެ އިސްތިއުނާފް ބަލައިނުގަތް ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނު ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނު އިސްތިއުނާފަށް ހުށަހެޅުއްވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި މައްސަލަ އެވެ. ކްރިމިނަލް ކޯޓުން އެ ހުށަހެޅުންތައް ބަލައިނުގަތީ މުއްދަތު ހަމަވުމުންނެވެ. ހައި ކޯޓުގައި އ... ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ޕީޖީކަމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ނިންމައިފިއެވެ. މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުން ކަމަށް އެނގިފައިވެ އެވެ.... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ މާފަންނު ގެޔަކުން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ މާފަންނު ގެޔަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޙާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 11:45 ކަންހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބައްލަވަމުން ގެންދަވާ ކަމަށެވެ. ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ބަލިވެ އުޅުނު މީހެކެވެ. އެ މީހާ މަރުވެފައި އޮތްކަން އެނގުނީ […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ހަވީރު ނޫހުގެ މައްސަލަ ބޭރުކޮށްލުމަކީ، ފާޅުކަން ބޮޑު ބޭ އިންސާފެއް: ސުޕްރީމް ކޯޓް ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް ކަމަށް ހަވީރު ނޫހުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމަކީ ފާޅުކަން ބޮޑު ބޭ އިންސާފެއް ކަމަށް ނިންމައި، އެ މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނަށް ދޭން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. 2016 ވަނަ އަހަރު ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން، 37 އަހަރުވީ ހަވީރު ނޫހާއި އޮންލައިން ނެރުން ހުއްޓުވާލީ ހަވީރުގެ ހިއްސާދާރުން ކަމަށް ބުނެ އިބްރާހިމް ރަޝީދު މޫސާ […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ވިޔަފާރި 35 އަހަރުވީ ބާ އިންޖީނުގެ ނިއްވާލާ، މާމެންދޫގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި ލ.މާމެންދޫގައި މީހުން ދިރިއުޅޭ ސަރައްހައްދުގައި ހުރި އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފިއެވެ. މި އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު އެރަށުގައި ހުރި 35 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު ވަނީ ނިއްވާލާފައެވެ. އެ އިންޖީނުގެ އަކީ އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދުގައި ހުންނަ އިންޖީނުގެއެކެވެ. އާ އިންޖީނުގެއަކީ ޖާގައިގެ ގޮތުންވެސް ބޮޑު ތަނެއް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އެގޮތުން އާ އިންޖީނުގެގޭގައި 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އާ އިންޖީނު ގ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން