ރާއްޖެ މޭރީ މަރާލި މައްސަލަ: ފިރިމީހާ މާވިންއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ހެކި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް ރާއްޖޭގައި މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންއަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ހެކި ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮތް ކަމަށް ތުހުމަތުވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ކުރެ އެވެ. […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ.އަތޮޅު މަދަރުސާގައި ރީޑިން ޕާކެއް ޤާއިމު ކުރުމުގެ މަސައްކަތުގައި ށ.އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ ށ އަތޮޅު މަދަރުސާގައި ރީޑިންގ ޕާކެއް ޤާއިމު ކުރުމުގެ މަސައްކަތުގައި ށ. އަތޮޅު ކައުންސިލުން ބައިވެރިވެ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ށ. އަތޮޅު ކައުންސިލުން ސޮއިކުރައްވާފައި ވަނީ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް އެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ށ އަތޮޅުގެ ތަރައްޤީގެ މައި ނާރެހަކީ އަތޮޅުގެ ތަޢުލީމީ ޖީލު ކަމަށާއި އެހެންކަމުން މި ޖީލު ބިނާ ކުރުމުގެ މަސައްކަތުގައި މުޅި ށ. އަތޮޅު ގުޅިގެން ކުރިއަށް ދިޔުމުގެ ދަތުރު […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ކޮމަންވެލްތާ ގުޅުމުން ގެބޮން އަދި ޓޯގޯއަށް ރާއްޖޭން މަރުޙަބާ ކިޔައިފި ކޮމަންވެލްތާ ގުޅުމުން ގެބޮން އަދި ޓޯގޯއަށް ރާއްޖޭން މަރުޙަބާ ކިޔައިފިއެވެ. ކޮމަންވެލްތުގެ މެމްބަރުންގެ ގޮތުގައި އެޖަމާޢަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ މި ދެ ގައުމަށް ރާއްޖޭން މަރުޙަބާ ދަންނަވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދެވެ. ގެބޮން އާއި ޓޯގޯއަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގައި، ދެޤައުމުގެ ޚާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ކޮމަންވެލްތު ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހަ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ޔޯގާ ހަރަކާތާއި ގުޅިގެން ފުލުހުންނަށް ސިޓީއެއް ނުފޮނުވަން: އިސްލާމިކް މިނިސްޓްރީ ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ޚިލާފުކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް އެދި މިމަހުގެ 15ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ޚިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށެވެ. އަދި އެ ސިޓީ އަކީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގަ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ އަށް ރަށެގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ބިނާކުރާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ޢާއްމުކޮށް އިއުލާނު ކޮށްފިއެވެ. މިކަމަށްޓަކައި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރި އިއުލާނެއްގައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ޔޯގާ ޑޭ ނުބާއްވަން އެއްވެސް އިދާރާއަކުން ނާންގާ: ޔޫތު މިނިސްޓްރީ ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ ޔޯގާ ޑޭ މި އަހަރު ފާހަގަނުކުރަން ސަރުކާރުގެ އަދި ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ. މި އަހަރުގެ ޔޯގާ ޑޭ ގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް މިސްރުގެ ފަތުވާދޭ މަޖިލީހުން ބުނެފައިވާތީ ރާއްޖޭގައި އެ ހަރަކާތް ބެއްވުނަ ނުދީ ހުއްޓުވުމަށް މި މަހު 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ހުށަހަޅަފައި […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ލިވާތު ކުރާ މީހުންގެ ކިބައިން ޤައުމު ސަލާމަތް ކޮށްދިނުމަށްއެދި ދުޢާކޮށްދީ: ޝަހީމް ލިވާތު ކުރާ މީހުން ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވުމަށް އަރަފާތު ބިމުގައި ދުއާކޮށްދޭން ދިވެހި ހައްޖުވެރިންގެ ކިބައިން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވުމަށް އަރަފާތު ބިމުގައި ދުޢާކޮށް ދިނުމަށް ޑރ. ޝަހީމް އެދިވަޑައިގެންފައި މިވަނީ ފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރާއްޖެއިން ހައްޖަށްދާ ޙައްޖުވެރިންގެ ފުރަތަމަ ޖަމާއަތް ރޭ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުއްޓާއި ހޯރަފުއްޓަށް އިތުރު ފްލައިޓުތަކެއް ޑިމާންޑު އިތުރުވެ ހދ. ކުޅުދުއްފުއްޓާއި ހއ. ހޯރަފުއްޓަށް އިތުރު ފްލައިޓުތައް ބާއްވަން މޯލްޑިވިއަނުން ނިންމައިފިއެވެ. ގައުމީ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނީ މާދަމާއަށް އިތުރު ފްލަައިޓުތަކެއް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލެއިން ކުޅުދުފުއްޓަށް، ކުޅުދުފުށިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ދަތުރުތައް އޮންނާނެ ކަމަށަ އެ އެއާލައިނުން ބުންޏެވެ. މީގެ އިތުރުން އިއްޔެއިން ފެށިގެން ޖުލައި 16 ގެ ނިޔަލަށް ޑިމާންޑަށް ބަލައި ްިތުރު ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް މޯލްޑިވި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ މިއަހަރުގެ ހައްޖާޖީން ފުރަން ފަށައިފި މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެކަންޏެވެ. ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ ރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު ރެ އެވެ. އެގޮތުން ރޭ ފުރީ މި އަހަރު ހައްޖަށް ދާ 453 ހައްޖުވެރިންގެ ތެރެއިން 157 މީހުންނެވެ. ރޭ 11:15ގައި ރާއްޖެއިން ސައުދީ އެއަރލައިންގައި ފުރި ހައްޖުވެރިންނަށް […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ޚަބަރު ސަލީމްގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރުކޮށްފި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަދަ ހަޑި އަމަލެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ މިދިޔަ ދެތިން ދުވަހެއްގައި ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ވީޑިއޯތަކުގެ ތެރޭގައި މެމްބަރު ސަލީމްގެ ވީޑިއޯއެއް އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކުރަމުން އަންނާތީވެ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މެމްބަރު ސަލީމް... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ޚަބަރު އާންމު ދިރިއުޅުމަށް ބުރޫ އަރުވައިގެން ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ: ނަޝީދު މިދިޔަ އަންގާރަ ދުވަހު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް ދިން ހަމަލާ އަކީ އާންމު ދިރިއުޅުމަށް ބުރޫ އަރާ ފަދަ އަމަލެއް ކަމަށާއި އެކަންކަމުން ގައުމު ސަލާމަތުގެ އައްސޭރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ކޮންމެ ދިވެއްސަކަށް ވެސް ހަރާމުގެ މަގަށް އެނބުރެވެން އެބަ […... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފެނަކައިން ޖަލާލުއްދީން ސްކޫލަށް ފަސް ކޮމްޕިއުޓަރ ހަދިޔާ ކޮށްފި ފެނަކަ ކޯޕަރޭޝަން އިން ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ޖަލާލުއްދީން ސްކޫލަށް ފަސް ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއީ އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ފޯރުކޮށް ދެވުނު އެހީތެރިކަމެއް ކަމަށެެވެ. ފެނަކައިން ހިލޭ އެހީގެ ގޮތުގައި ފަސް ކޮމްޕިއުޓަރ ޖަލާލުއްދީން ސްކޫލަށް ހަދިޔާ ކުރެއްވުމާއި ގުޅިގެން، އެ ސުކޫލްގެ ސީނިޔަރ މެނޭޖްމެންޓާއި މުވައްޒަފުން އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ނަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖްމަންޓަށް އެ ސްކޫލުން ވަނީ ޝުކުރު އަދާ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ޚަބަރު މަޖިލިސް މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ އަންގަން އެދިއްޖެ ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރު ކުރާނަމަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންގުމަށް އެމަނިކުފާނު އެދިވަޑައގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައެވެ. ނަޝީދު މި ސިޓީ ފޮނުއްވާފައި މިވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބަރަހަނާ ފޮޓޯޯތަކަކާއި، އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކަކުން ފެންނަ މީހުންނަކީ ބައެއް މަޖިލިސް މެމްބަރުންތަކެއް ކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ. އެގޮތުން އޭގެ ތެރެއ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ފިއްލަދޫ ކައުންސިލުން ކުށްވެރިކޮށްފި އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. ފިއްލަދޫ ކައުންސިލުގެ އިއްތިފާގުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައިނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ މާލޭ ރައްޔިތުންނަށް ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި މާލޭ ރައްޔިތުންނަށް 40 އަހަރަށް ފަހު ހިލޭ ގޯތި ދޫކުރަން އިޢުލާނު ކޮށްފިއެވެ. މާލޭ ރައްޔިތުންނަށް އަލަށް ދޫކުރަން ނިންމާފައިވާ 3000 ގޯއްޗަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. “ގެދޮރުވެރިޔާ” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކާ ހިންގާ “ބިންވެރިޔާ ސްކީމް”ގެ ދަށުން މާލޭ ސަރަޙައްދުން ގޯތިދޫކުރަމަށް ކަނޑައަޅާފައިވާ އުޞޫލު މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުންސިންގ އެންޑް އ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން