ވާހަކަ ވާހަކަ: ކާޅު ހައްޖުވުން އެހެން މީހުން ހައްޖަށް ގޮސްއުޅޭތީ ކާޅު ވެސް ހައްޖަށް ދިޔައެވެ. ހައްޖުން އައިސް ކާޅުގެ އުޅުން މުޅި ބަދަލުކުރިއެވެ. ހުދު ހެދުމެއް ލައި، ތާކިހަލެއް އަޅައިގެން އުޅެން ފަށިއެވެ. ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. ބަސް މަދުކޮށް، މަގުމަތިން ހިނގާއުޅޭއިރު ވެސް ދަނީ އިސް ޖަހައިގެންނެވެ. ގުއިި ކެއުމުން މުޅިން މަނާވެ އެހެން މީހުންނަށް ވެސް އެބާވަތުގެ ދަށު ދަރަޖައިގެ ކަންކަން މަނާކޮށް ނަސޭހަތްދީ އުޅުނެވެ. ކާޅު މިހެން އުޅެން ފެށުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި […] ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ކޮލަމް މީ ޖުންޖުލާގެ އަސަރާއި ވޭނެވެ. މޫސުމީ ކަރުނައެވެ. އިރު އޭގެ ދޯދިތަކާއެކު ނިވައިވެއްޖެއެވެ. އެކަމަކު ހަނދު ފެންނާކަށް ނެތެވެ. ހީވަނީ މާތަކާއި ގަސްތައް ވަކިވެދާނެހެންނެވެ. ފެންނަނީ އަނދިރިކަމެވެ. ކަޅުވިލާތަކުގެ ރުޅިވެރިކަމެވެ. ރުކުގެ ފަންތައް ވަރުބަލިވެއްޖެއެވެ. ގަސްތަކުގެ ތެރެއިން ރިހިކުލައިގެ އަލި ދޯއްޖެއް ފެންނާނެނަމައެވެ. ރަންކުލައިން ކަނޑު ވިދާބަބުޅާނެ ނަމައެވެ. ހޭޅިތަކުން ރީތި މިއުޒިކެއް އިވޭނެ ނަމައެވެ. ގޮނޑުދޮށްތަކުން ހިތްގައިމު ލަވައެއް ކިޔާނެނަމައެވެ. ދޫނިތައް ކޮބައިހެއްޔެވެ؟ ރާޅުތަކުގައިވަނީ ރުޅިވެރިކަމެވެ. ލޯތްބެއް އޯގާތެރިކަމެއް ތުޑި... ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި މަށިމާލި ޕެރޭޑް މިއަދު ކެންސަލް މޫސުން ތަންނުދިނުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގައި މިއަދު ހަވީރު 16:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަށިމާލި ޕެރޭޑް ކެންސަލް ކޮށްފި އެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މި ޕެރޭޑް ދެން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ. ބައިވެރިވާ މާލިތައް 08:30 އަށް ޖަލާލުއްދީން ކުރިމައްޗަށް ދިއުމަށް އެކައުންސިލުން އެދެއެވެ. މިއަހަރުގެ މަށިމާލި ޕެރޭޑްގައި ސަމާލުކަން ދޭންވީ ކަންކަން ސިޓީ ކައުންސިލުންވަނީ ބައިވެރިވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން ޕެރޭޑުގައި ބައިވެރިކުރެވޭނީ އިސްލާމ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ކުޅިވަރު ވެކްސިން މަޢުލޫމާތު ހާމަ ނުކުރާތީ ކަންޓޭއާއި ޗީކަށް، އެމެރިކާ ޓްއާގައި ބައިވެރިނުވެވުނު އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށްވާ ޗެލްސީ ފުޓްބޯލް ކުލަބްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންކަމަށްވާ އެންގޯލޯ ކަންޓޭއާއި، ލޮފްޓަސް ޗީކް، ކޯވިޑް ވެކްސިން ޖެހިކަމުގެ މަޢުލޫމާތު ފުރިހަމައަށް ހާމަކޮށްފައި ނުވާތީ އެ ޓީމުން ޕްރީ ސީޒަންގައި އެމެރިކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ދެކުޅުންތެރިންނަށް ގެއްލިއްޖެއެވެ. ކޯވިޑް ވެކްސިން ފުރިހަމަކޮށް އެ މަޢުލޫމާތު ފުރިހަމައަށް ހާމަނުކުރާ ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގެ ފު... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
މަޖިލިސް ރާއްޖެ، ލަންކާގެ ހާލަތަށް ނުދިއުމުގެ އަސްލަކީ ރައީސް ސޯލިޙް: ރާޢީ ރާއްޖޭގެ އިގްތިސާދީ ހާލަތު، އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ނުދިއުމުގެ އަސްލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ރައީސް ސޯލިހް ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅުތަކަކީ މިއަދު ލަންކާގެ ހާލަތަށް ރާއްޖެ ނުދިއުމުގެ އަސްލު ކަމަށެވެ. ރައީސް ސޯލިހްގެ ކިބައިގައި ވެރިއެއްގެ ކުފޫހަމަވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ. https://twitter.com/Mraee... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އެ ހާލަތުން އަރައިގަތުމަށް "ތަޖުރިބާހުރި މީހެއްގެ އެހީ" ލަންކާއަށް ބޭނުންވޭ: ނަޝީދު ސްރީލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިގްތިޞާދީ ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރެއް ކަމަށާއި މި ވަގުތަކީ ލަންކާއަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ. އަދި ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ކަމަށެވެ. މީ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީގައި "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ފޯރިއާއި އެކު ކުރިއަށް! ކުޅުދުއްފުށި ސިޓީގައި “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުން އެބަދެއެވެ. ފެށުނީންސުރެއް ކުޅުދުފުއްޓަކީ ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މިފަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ގެ ނަމުގައި މިއަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެ މިފަހަރު ކުރިއަށްދާ ހަރަކާތްތަކަށް ދީފައިވަނީ ތަފާތު ނަންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މިއަދު ހަވީރު ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ދުންމާރިއާއި ކުލަބް ރެފިއުޖީއެވެ. މި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ރެފިއުޖީއެވެ. މި މެޗުގައި ރެފިއުޖީ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ސާވިން، ނާފިޒް، ފަޔާޒްގެ އިތުރުން މުއާޒެވެ. […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު 13:30 އިން ފެށިގެން ހަވީރު 17:30 ހާއި ހަމައަށެވެ. މިވަގުތު ތަކުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. މިދުވަސް […] އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތް ފަށައިފި އެވެ. ރޭ ވައިކަރަދޫ ފުޓްސަލް ދަނޑުގައި އެ މުބާރާތް ފައްޓަވައި ދެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އެވެ. މިމުބާރާތުގައި 7 ޓީމެއް ބައިވެރިވި އެވެ. އެއީ، މެޓާކާސް ސްޕޯރޓްސް، އެފްޓީ އޯވެސްޓް، އުތުރު ނައިންޓީސް، އުތުރު އޮރިޖިންސް، އީސްޓް ރުއްގަނޑު، ބާމު ބެލީ އަދި ފަސްގަނޑު އެފްސީ އެވެ. ރޭ ފުރަތަމަ ބައްދަލުކުރީ އެފްސީ އޯވެސްޓް އާއި މެޓާކާ އެވެ. 4-0 ލަނޑުން މިމެޗް […] ތިލަދުން · 4 އަހަރު ކުރިން
ރާއްޖެ އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރަލާއި ބިޔަރު ހޯދައިފި އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކ. މާފުށި އަދި ގއ. ވިލިނގިލިން ބަނގުރަލާއި ބިޔަރު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ މިއީ، މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްކަމަށެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ހިންމަފުށީގައި ޖުލައި 9 ވަނަ ދުވަހުގެ ދަންވަރު ހިންގި އޮޕަރޭޝަނުގައި، އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ […] އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް ވިއްސާރަ މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސަރަކުރާނެކަމަށް މޫސުމާއި ބެހޭ ގައިމީ އިދާރާއިން ހާމަކޮށްފިއެވެ. މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރޭ ދަންވަރު 01:45 އިން ފެށިގެން ހެނދު 07:45 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެއޮފީހުން ބުނީ މާލެއިން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަވާނެކަމަށާއި ޚާއްސަކޮށް ވިލާގަނޑުގައި ވައި ގަދަވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އ... އަލީ ރިޔާޟް · 4 އަހަރު ކުރިން
ޚަބަރު އިންޖީނު ހުއްޓުނު ލޯންޗަކަށް އެހީވެއްޖެ ސަމަރ ރިސޯޓުން ރ މީދުއަށް ދަތުރު ކުރި ލޯންޗެއްގެ އިންޖީނު ހުއްޓި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ރ.މީދޫއަށް ދަތުރު ކުރި “އަލިސް” ނަމަކަށް ކިޔާ ލޯންޗުގައި 33 މީހުން ދަތުރު ކުރިކަމަށެވެ. މި ލޯންޗުގެ އިންޖީނު އެރިޔަދޫ ރިސޯޓް ކައިރިން ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް އިއްޔެ އިރުއޮއް... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި ބަހުގެ ޝެޑިއުލަށް ބަދަލުތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގްރޭޓާ މާލޭ ސަރަޙލހައްދުގައި ދެމުން އަންނަ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފިއެވެ. އެކުންފުނިން ބުނީ، މި ބަދަލުތައް ގެނެސްފައިވަނީ އާއްމުންގެ ވީހާވެސް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން، މާލޭ ވެސްޓް ޕާކުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓާއި، މާލޭ ކާނިވަލުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓުގެ ދަތުރުތައް ދަންވަރު 00:15 އާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ. މި ބަދަލާއެކު ޑިއުޓީ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އީދުގެ ފޮޓޯ ހިއްސާ ކޮށްގެން ސެމްސަން ގެލެކްސީ އެސް 21އެއް އަޟްހާ އީދުގެ ޚާއްސަ މަންޒަރެއް ފެންނަ ފޮޓޯއެއް ހިއްސާކޮށްގެން ސެމްސަން ފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. “ޢީދު ގިވްއަވޭ”ގެ ގޮތުގައި އެ ކުންފުނިން ހުޅުވާލަާފައިވަނީ ސެމްސަން ގެލެކްސީ އެސް 21 ޕްލަސްގެ 256 ޖިީބީގެ ފޯނެއް ހޯދުމުގެ ފުރުސަތެވެ. މި ފުރުސަތުގެ ދަށުން ފޮޓޯތައް ހިއްސާކުރަންޖެހޭނީ ޕަބްލިކަށް ފެންނަ ގޮތަށް ހުންނަ އެކައުންޓަކުންނެވެ. މިގޮތަށް ފޮޓޯ ހިއްސާކުރާއިރު #EidMajaa ބޭނުންކުރަން އުރީދޫއިން ވަނީ އިރުޝާދު ދީފައެވެ. އަޟްހާ އީދާ ގުޅުވައިގެން ހުޅުވާލި މި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން