ރާއްޖެ ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ މާލެއިން ގެއްލިގެން މިއަދު ހޯދަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ އެކުއްޖާ މިހާރު ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކުއްޖާ ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. “މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން” ފުލުހުން ވިދާޅުވެފައިވެއެވެ. އެކުއްޖާ ގެއްލިގެން ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއް ނޭނގޭނެ: އާތިފް މީސް މިޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ކުޅުދުއްފުށީގައި “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ވަރަށް ކުލަގަދަކޮށް ބޮޑު ޢީދު ދަނީ ފާހަގަ ކުރަމުންނެވެ. ފެށުނީންސުރެއް ކުޅުދުފުއްޓަކީ ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މިފަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން “ބޮޑު އީދު މުއްސަނދ... ތިލަދުން · 4 އަހަރު ކުރިން
ރާއްޖެ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީ، 579،330 އަށް އާނެކަމަށް އަންދާޒާކޮށްފި މިއަހަރުގެ ނިޔަލަށް ރާއްޖޭގޭ އާބާދީ، 579،330 އަށް އާނެކަމަށް އަންދާޒާކޮށްފި އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކުރި ޓުވިޓެއްގައި ބުނެފައިވަނީ މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުގެ މަސައްކަތްވެސް އަވަސްކޮށްފައިވާކަމަށެވެ. އެމްބީއެސް އިން ބުނީ މިހާރު ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13-25 އަށް ކަމަށެވެ. ކުރިން ބޯހިމެނުގެ މަސައްކަތް ފަށާ ގޮތަށް އޮތީ ސެޕްޓެމްބަރު މަހުގެ 17 ގަ އެވެ. އަދި މިހާރު […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ކޮލަމް ފާފަ ކުރެވޭ މަޖިލިސް ތަކުގައި ހުރުން ތަރައްޤީއާއި ތަހުޒީބުގެ ދާއިރާގައި ފަތުއަޑުކިޔާފައި ދުނިޔެ ކުރިއަރަމުން، ބަވަނަ ވަމުން ދާއިރު، މި ދެންނެވި ތަރައްޤީތަކާއެކު އިތުރުކޮށްދިން އެހެން އެއްޗެއްވެސް ވެއެވެ. އެއީ ފާފަތަކާއި ފާފަތަކަށް އަރައިގަތުމަށް ބޭނުންވާ ވަސީލަތްތަކާއި ގޮތްތަކެވެ. އަދި މިއާއެކު ފާފަތަކާއި މުންކަރާތްތައް ކުރާ ތަންތަންވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ބަޔަކު ފާފައެއް ކުރާ މަޖިލީހަކަށް ހާޒިރު ވެވިއްޖެ މީހަކަށް އެކުރިމަތިވީ ވަރުގަދަ އިމްތިޙާނެކެވެ. މުއުމިނަކު ނަމަ، ފުރަތަމަ ކަމަކަށް އޭނާ ހިތުން އެކަމަށް އިންކާރު ކުރާނ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ބަސިލް ރާޖަޕަކްސަ ފުރުން ހުއްޓުވައިފި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅު ބަސިލް ރާޖަޕަކްސަ ފުރަން އުޅުމުން އެކަމަށް ހުރަސް އަޅައިފި ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ބަސިލްއަކީ ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރެވެ. ލަންކާގެ ހާލަތު ގޯސްވެ އާންމުން ފެށި މުޒާހަރާތަކާއި ގުޅިގެން އުފެދިގެން ދިޔަ ހަމަނުޖެހުންތަކާއެކު އޭނާ ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އަދި އޭނާ ވަނީ އޭޕްރިލް މަސްތެރޭގައި މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ. ލަންކާއަށް... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ މާލެއިން އަންހެން ކުއްޖެއް ގެއްލިގެން ހޯދަނީ މާލެއިން 17 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ސަތާރަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެކުއްޖާ ގެއްލިގެން ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންކަމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި އެ އިދާރާއިން ދަނީ އެކަމާއި ގުޅިގެން އިތުރަށް ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން [... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ ޢިލްމު އިންސްޓިޓިއުޓުގެ 100 ޙާފިޒުން ޕްރޮގްރާމްގެ ފުރަތަމަ ސެމިސްޓާ ކާމިޔާބު: ޝަހީމް ޢިލްމު އިންސްޓިޓިއުޓުގެ 100 ޙާފިޒުން ޕްރޮގްރާމްގެ ފުރަތަމަ ސެމިސްޓަރ ކާމިޔާބު ކަމުގައި އެ އިންސްޓިޓިއުޓްގެ ފައުންޑަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ޢިލްމު އިންސްޓިޓިއުޓުން ފެށި 100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢު ﷲ ގެ މަތިވެރި ރަޙުމަތުން ކާމިޔާބުކަމާއެކު ކުރިއަށް ދިއުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއް ކަމުގައެވެ. އެގޮތުން މި މަޝްރޫޢުގެ ފުރަތަމަ ސެމިސްޓަރ މިހާރު ނިމިފައިވާ ކަމަށާއި މި ސެމިސްޓަރ ނިމުނުއިރު ބައެއް ދަރިވަރުން ހަތަރު […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި އިޓަލީގެ ޤައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ފަށާނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ދަތުރުތައް އޮންނާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. އައިޓީއޭ އިން އިއުލާން ކޮށްފައިވާ ގޮތުގައި އިޓަލީގެ ރޯމާއި މާލެއާ ދެމެދު ފުރަތަމަ ދަތުރު އޮންނާނީ 17 ޑިސެމްބަރު 2022 ގައެވެ. އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދުވަހު ދަތުރުތައް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ފިޔަވަޅުތަކެއް ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކޮތަޅަށް އަގެއް ނަގަން ނިންމައިފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކުރި ޓްރީޓެއްގައި ބުނެފައިވާ ގޮތުގައި އެ ފޮހާރައިން ވިޔަފާރި ކުރުމަށް “ޓޯޓް” ބޭގް ގެނައުމަކީ އެދޭ ކަމެއް ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ވިޔަފާރި ކުރަން ދާއިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންދަން އާދަ ކުރުމަށްވެސް ވަނީ އެދިފައެވެ. އެ ފިހާރައިން ވިޔަފާރި ކުރުމުން އެ ތަކެތި އަަޅަން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ކްރިމިނަލް ކޯޓަށް ޤާޟީއެއް ހޯދަން ޢިއުލާންކޮށްފި ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ނިޔަލަށެވެ. ކްރިމިނަލް ކޯޓަށް ޤާޟީއެއް ހޯދަން ޖޭއެސްސީން ޢިއުލާން ކުރީ އެ ކޯޓުގެ ޤާޟީ ދީބާނާޒް ފަހުމީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން އެ ކޮމިޝަނުން ނިންމާފައިވާތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މަގާމެއް އަންނަ މަހު ހުސްވާނެތީއެވެ. […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ލަގްޒަރީ މެގަޒިން "ކޮނޮސުއަރ ސާކަލް" ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ފަށައިފި ޖަރުމަނުވިލާތުގެ މަޝްހޫރު މެގަޒިން ކޮނޮސުއަރ ސާކަލްއާއި ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އިޝްތިހާރުކުރުމުގެ ކެމްޕެއިނެށް ފަށައިފިއެވެ. ކޮނޮސުއަރ ސާކަލް އަކީ ލަގްޒަރީ ހޮޓެލްތަކާއި ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ކޮންޓެެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޒަލޭންޑްގެ މަތީ ފަންތީގެެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިޢުކުރާ މެގަޒިނެކެވެ. ހަމަސް ދުވަހުގެ މި ކެމްޕެއިން ކުރިއަށްދާނީ މި އަހަރ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ނައިބު ރައީސް އޭދަފުށީ އަމާން ވެއްޓަށް ޒިޔާރަތް ކުރައްވައިފި ނައިބު ރައީސް އޭދަފުށީ އަމާން ވެސްޓަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އިއްޔެ އޭދަފުށީ އަމާން ވެސްޓަށް ޒިޔާރަތް ކުރެއްވީ ދަރަވަންދޫގައި ކުރިޔަށްދާ ޢީދު ޙަރަކާތްތައް ބައްލަވާލެއްވުމަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އޭދަފުއްޓަށް ވަޑައިގެން ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގެ ދަށުން ހިންގަމުން އަންނަ އަމާންވެށީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުގެ ހާލަތު ވެސް ބައްލަވާ ލައ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ޔޯގާ މައްސަލާގައި ހައްޔަރުކުރި މީހުން ތިބި ޖަލަށް އިންޑިއާ އޮފިޝަލުން ނުވަދޭ: ފުލުހުން ޔޯގާ ހަރަކާތާ ދެކޮޅަށް ބޭއްވި މުޒާހަރާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުން ތިބި ކަސްޓޯޑިއަލްއަށް ޖަލަށް އިންޑިއާގެ އޮފިޝަލުންތަކެއް ވަދެފައިވާ ކަމަށް ބުނާ ވާހަކައަކީ ފުލުހުން ދޮގުކޮށްފިއެވެ. ފުލުހުން މިއަދު ހެނދުނު ފޮނުވި މެސެޖެއްގައި ވިދާޅުވީ ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވާން ކަމަށް ބަންދުގައި ތިބި މީހުންގެ ވަކީލުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ގެނެސްދީފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރެއް ކަމަށެވެ. މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިލަނބުވެ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ މިނާގައި ތިބި ދިވެހި ޙައްޖުވެރިންގެ ގާތަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި މިނާގައި ތިބި ދިވެހި ޙައްޖުވެރިންގެ ގާތަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފިއެވެ. އެގޮތުން މި ޒިޔާރަތުގައި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވި ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ބައްދަލު ކުރައްވައި ޙާލުއަހުވާލު އޮޅުން ފިލުއްވާފައެވެ. މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން އަ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ކުޅިވަރު ވިމްބަލްޑަން ޓެނިސް މުބާރާތް ޖޮކޮވިޗް ކާމިޔާބުކޮށްފި ވިމަބަލްޑަން ޓެނިސް މުބާރާތް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ. ޖިކޮވިޗް މި މުބާރާތް ޖުމްލަ ހަތްފަހަރު ކާމިޔާބު ކޮށްފައިވާއިރު، މިއީ އޭނާ މި މުބާރާތް ވިދިވިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މި މުބާރާތް ވިދިވިދިގެން ހަތަރުފަހަރު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖޮކޮވިޗްގެ އިތުރުން ރޮޖާ ފެޑެރާ، ޕީޓަ ސަމްޕަރަސް އަދި ބިޔޯން ބޯގްއެވެ. އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ޖޮކޮވިޗާއި ދެކޮޅަށް ކުޅެފައިވަނީ އޮސްޓްރޭލިއާގެ ނިކް... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން