ރާއްޖެ ހައިކޯޓުގެ އުތުރާއި، ދެކުނު ގޮފި އުވާލާ ބިލު ތަސްދީޤުކޮށްފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. މި ބިލު ފާސްކޮށްފައި ވަނީ 36 ވޯޓުންނެވެ. މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައި އެތަންތަނުން ކުރަމުން […] އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިނޭ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔަންގް ސްޓާއަށް ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އެރަށު ވައި ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް ގުޅިގެން ކުރިއަށް ގެންދިޔަ “ފިނޭ ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2022” ގެ ޗެމްޕިއަންކަން ޔަންގް ސްޓާއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 16 ޖުލައި 2022 ވީ ހޮނިހިރު ދުވަހުގެ ރޭ ފިނޭ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ޔަންގް ސްޓާއާއި ވީއެސްއާރުސީއެވެ. މި މެޗު ޔަންގް ސްޓާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ރައީސް، އޭޝިއަން ބޮޑީބިލްޑިންގ މުބާރާތް އިފްތިތާހު ކޮށްދެއްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. ރައީސް ޞާލިހު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ރޭ މާލެއަތޮޅު މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ކޮލަމް “ޢާއިލާއެއް އެއްކޮށް ހަލާކު ކޮށްލުމަށް ހަދާފައިވާ ސިޙުރެއް“ މިފަދަ ސިޙުރު ނައްތާލާނެ ގޮތް! ބައެއް ބޭފުޅުން ތިރީގައިވާ ފޮޓޯ ފޮނުވާފައި މިއީ އަސްލު ސިޙުރެއްތޯ އާއި އަދި މިފަދަ ސިޙުރެއް ފެނިއްޖެނަމަ ނައްތާލަން ހަދަން ޖެހޭނީ ކިހިނެތްތޯ ސުވާލު ކުރާތީ މިކަމުގެ ތަފްޞީލެއް ހިމާނަލުމަށް ޤަސްދުކުރީމެވެ. ފުރަތަމަ ކަމަކަށް މިއީ އަސްލު ސިޙުރެކެވެ. ލިޔެފައިވާ އެއްޗެހިން ފެންނަ މިންވަރަށް ބަލާއިރު މިއީ ޢާއިލާއެއް އެއްކޮށް ހަލާކު ކޮށްލުމަށް ހަދާފައިވާ ސިޙުރެއް ކަމަށް ބެލެވެއެވެ. މިފަދައިން ކެޔޮވަކުގައި ލިޔެގެން ނުވަތަ ކެޔޮލުގެ ތޮށީގައި ލިޔެގެންވެސް ސިޙުރުވެރިން ސިޙުރު ހަދާއުޅެއެވެ. މިގޮތަށް ވަޅުލައިގ... ތިލަދުން · 4 އަހަރު ކުރިން
ރާއްޖެ ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝަހީމް ގޮވާލައިފި ބަނގުރޫޓުވެފައިވާ، ދިވެހިރާއްޖޭގެ އަވަށްޓެރި ޝްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރުގެ ގައުމުތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައި އޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ. އަވައްޓެރި ލަންކާގެ އިގުތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އެ ގައުމުގެ ހީނަރުވެފައިވާ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައްޔާއި، ލަންކާއަށް ހަމެޖެހުން ގ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ޢާއްމު މަޖިލީހުގެ ރައީސް ޝާހިދަށް ގުއާޓަމާލާގެ ހާއްސަ އިއްޒަތް އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދަށް ގުއަޓަމާލާގެ އެންމެ މަތީ އެއް ޝަރަފު އަރުވައިފިއެވެ. ގުއަޓަމާލާއިން ޝާހިދަށް އަރުވާފައިވަނީ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޝަރަފުވެރި ޢިއްޒަތެވެ. 1973 އިން ފެށިގެން ބައިނަލް އަގުވާމީ ފެންވަރުގައި ހާރިޖީ ދާއިރާގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށް ގުއަޓަމާލާ އިން ދެމުން ގެންދާ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ރައީސް އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް އިންޑިއާގެ ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން މުހިންމު ނަތީޖާތަކެއް ނެރުއްވުމަށް މަޝްވަރާ ކުރުމަށް ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގެ އިތުރުން... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ކޮލަމް ނާސާއިން އާންމުކުރި ކައުނުގެ ރީތި ފޮޓޯތަކުން މުލްޙިދުންނަށް ޖަވާބު ތަކެއް މިދުވަސްކޮޅު ދުނިޔޭގެ ހުރިހާ ހިސާބެއްގެ ސައިންސުވެރިންނާއި، ދަރިވަރުންނާއި، ރިސާޗަރުންނާއި، މީސްމީޑިއާ ބޭނުން ކުރައްވާ ފަރާތްތަކާއި މިނޫންވެސް އެތައް ބައެއްގެ ލޯ ހުއްޓިފައިވަނީ އެމެރިކާގެ ޖައްވީ އިދާރާ ކަމަށްވާ ނާސާއިންގެ “ޖޭމްސް ވެބް ޓެލެސްކޯޕުން” ނަގާފައިވާ ކާއިނާތުގެ ފޮޓޯތަކަކަށެވެ. މިޓެލެސްކޯޕް ވަނީ އަހަރެމެންނަށް މިހާތަނަށް ފެނިފައިވާ ކާއިނާތުގެ އެންމެ ސާފު އަދި ރީތި ފޮޓޯތައް ނެގުމަށްޓަކައި 1.6 މިލިޔަން ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ދަތުރުކޮށްފައެވެ. މި ފޮޓޯތައް އަހަރެމެންނާ ހަމައަށް އ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 4 އަހަރު ކުރިން
ރާއްޖެ މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ގެނައީ އިންޑިއާއިން މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖެ ގެނައީ އިންޑިއާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި “އެދުރުންގެ ފަންނު، ގޮންޖެހުންތަކާއި ހުށަހެޅުންތައް” ރިޕޯޓުގައި ބުނެފިއެވެ. އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި މި ރިޕޯޓްގައި ވާގޮތުން ވޭތުވެދިޔަ ދިހަ އަހަރު ރާއްޖެ އަށް ގިނައަދަދެއްގެ ބިދޭސީ މުދައްރިސުން ސަރުކާރާއި އަމިއްލަ ސްކޫލްތަކަށް ވަނީ ގެނެސްފައެވެ. މި ރިޕޯރޓް ގައި ވާގޮތުން މިދިޔަ ދިހަ އަހަރުގެ ތެރޭގައި ހަ ހާސް ހަތަ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ޝަހުވަތްތެރި ނަންތަކެއް ދީގެން ބުއިންތަކެއް ވިއްކި މައްސަލާގައި ރެހެންދި ސްކޫލުން މަޢާފަށް އެދިއްޖެ ޝަހުވަތްތެރި ނަންތަކެއް ދީގެން ބުއިންތަކެއް ވިއްކި މައްސަލާގައި ރެހެންދި ސްކޫލުން މަޢާފަށް އެދިއްޖެއެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގެ ޕީޓީއޭއިން ބޭއްވި “ރެހެންދި ސޭލް” ގައި ޝަހުވަތްތެރި ނަންތަކެއް ދީފައި ހުރި މެނޫއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ސްކޫލުން ބުނީ، ސޭލްގައި ވިއްކި ބުއިންތަކަކަށް އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނަން ދީފައި ވަނީ އެ ސްކޫލަށް އެނގިގެން ނޫން ކަމަށެވެ. އެހެން ކަމުން ރެހެންދި ސްކޫލުން ވަނީ އެކަމަށް މައާފަށް އެދިފައެވެ. ތައުލީމީ […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީން 36 މިނީ ބަސް ގެނެސްފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިނީ ބަހުގެ ހިދުމަތް ފަށަން 36 މިނީ ބަސް ގެނެސްފިއެވެ. އެ ކުންފުނިން ގެނައި ބަސްތައް ރާއްޖެއަށް އައިސްފައިވަނީ މިއަދުއެވެ. މިހާރު ކުރިއަށްދަނީ ޕޯޓް ކްލިއަރެންސްގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ. ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން 41 ބަސް ގެނައުމަށް ވަނީ ނިންމާފައެވެޒ ބާކީ ހުރި ބަސްތައް މި މަހުގެ ތެރޭގަްި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން މިނީ ބަހުގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯއިން ކުޑަގިރިއަށް ކަރަންޓު ދީފި މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރަމުންދާ ކުޑަގިރިއަށް ސްޓެލްކޯއިން ކަރަންޓު ދީފިއެވެ. މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކުރިޔަށް ގެންދާ ކ. ކުޑަގިރި މަޝްރޫޢަށް ކަރަންޓް ދިނުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. ސްޓެލްކޯ އިން ބުނީ ކުޑަ ގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، ތިން ހާސް މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ މެންދުރު ފަހު ތިނެއް ޖަހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު އުދައަރާފާނެ: މެޓް މިއަދުވެސް މެންދުރު ފަހު ތިނެއް ޖަހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރާފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހުން ފެށިގެން ކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހު 14:15 އިން ފެށިގެންނެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ 15:00 ހާއިރުއެވެ. […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ އަދާލަތު ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެ: އިމްރާން ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަށް ނޫންކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ފަހަކަށް އައިސް ހިނގާފައިވާ ބައެއް ކަންކަމާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންގެ ފާޑު ކިޔުން އަދާލަތު ޕާޓީއަށް ވަނީ އަމާޒުވެފައެވެ. އެ ފާޑުކިޔުންތަކާއެކު އިމްރާން ގެންދަވަނީ ޓްވީޓާ މެދުވެރިކޮށް އަދާލަތުގެ ޚިދުމަތްތައް ހަނދާންކޮށް ދެއްވަމުންނެވެ. “ބަޔަކު މީހުން […] އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު އެރިކްސަން މެންޗެސްޓާ ޔުނައިޓެޑަށް ޑެންމާކްގެ ހުނަރުވެރު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ. ނެދަލެންޑްސްގެ އަޔެކްސްއަށާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށާއި ބްރެންޓްފޯޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާނަށް ވެސް ކުޅެފައިވާ އުމުރުން 30 އަހަރުގެ އެރިކްސަން ޔުނައިޓެޑަށް ސޮއިކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެރިކްސަން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޔުނައިޓެޑްގައި މަޑުކުރާނެއެވެ. ޔުނައިޓެޑަށް... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން