މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ

ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ

ނޭކުރެންދޫ އިން 50 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ނޭކުރެންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެރަށުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 50 ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނ...

ޔުމްނާ ޢަލީ
ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކަރީމް ބެންޒެމާ

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކަރީމް ބެންޒެމާ

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ޔުއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާއަށް ލިބިއްޖެއެވެ. ފާއިތުވެދިޔަ ސީޒަންގައި ޔުއެފާގެ މަޤާމްތަކަށް ހޮވުނު ފަރާތްތަކުގެ ނަން އިޢުލާންކޮށް އެވޯޑް ހަވާލުކޮށްފައި ވަނީ ރޭ ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި އިވެންޓްގައެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ބެންޒެމާ ހޯދިއިރު، އެންމެ މޮޅު ކޯޗްގެ މަޤާމް ލިބިފަ...

އިބްރާހިމް ޚަލީލް
ހެއްކާއި ބެހޭ ބިލަށް އިސްލާހެއް ހުށަހަޅަން އެމްޖޭއޭއިން މަސައްކަތްކުރަނީ

ހެއްކާއި ބެހޭ ބިލަށް އިސްލާހެއް ހުށަހަޅަން އެމްޖޭއޭއިން މަސައްކަތްކުރަނީ

ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާއި ބެހޭ ބިލަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފަށައިފިއެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވެސް އެ ބިލާ މެދު އެމްޖޭއޭއާއި، އެމްއެމްސީން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އެގޮތުން ކޮމިޓީ މަރުހަލާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބިލަށް ވޯޓަށް އެހި ދުވަހު އިހުތިޖާޖުވެސް ކޮށްފައިވެއެވެ. ރައީސް އިބްރާހިމް މ...

ޝިއުނާ އާދަމް
ކޮމަންވެލްތުގެ ޕާލަމަންޓްސްގައި އަލުން ރާއްޖެ ހިމަނަން ފާސްކޮށްފި

ކޮމަންވެލްތުގެ ޕާލަމަންޓްސްގައި އަލުން ރާއްޖެ ހިމަނަން ފާސްކޮށްފި

ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަން(ސީޕީއޭ)ގެ މެންބަރު ގައުމެއްގެ ގޮތުގައި އަނެއްކާ ވެސް ރާއްޖެ ހިމަނަން ފާސްކޮށްފިއެވެ. ސީޕީއޭގައި ރާއްޖެ ބައިވެރިވުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ މިހާރު ކެނެޑާގައި ކުރިއަށްދާ އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގައި، ވޯޓުގައި ބައިވެރިވި ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ. ރާއްޖެ އަކީ މީގެ ކުރިން ވެސް ކޮމަންވެލްތުގެ ސީޕީއޭގައި އޮތް ގައުމެކެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން 2016 އާ ޖެހެންދެން ރާއްޖެ އަކީ ސީޕީއޭގެ ގައުމެކެވެ. ރާއްޖެ ސީޕީއޭއީން ވަކިވީ ކު...

ޝިއުނާ އާދަމް
ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް

ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް

ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ މާލޭގެ ފިހާރައެއްގެ ތެރޭގައެވެ. ގޯނާކޮށްފައި ވަނީ 10 އަހަރުގެ އަންހެންކުއްޖަކަށް ކަމަށް ބުނެފައިވެއެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ އިއްޔެ ކަމަށާއި، މި މައްސަލާގައި 24 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝިއުނާ އާދަމް
މި ފަހަރު ވެސް ބަޔާންއާއި ބާސާ އެއް ގްރޫޕަކަށް

މި ފަހަރު ވެސް ބަޔާންއާއި ބާސާ އެއް ގްރޫޕަކަށް

ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ޤުރުއަތުލުން މިރޭ ބާއްވާފައިވާއިރު، މި ފަހަރު ވެސް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ސްޕެއިންގެ ބާސެލޯނާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ. ފާއިތުވި ސީޒަންގައި ވެސް މި ދެ ޓީމް އެއް ގްރޫޕެއްގައި ހިމެނުނުއިރު، ބާސާ ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. މި ފަހަރު މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވޭ މި ގްރޫޕުގައި (ގްރޫޕް ސީ) ދެން ހިމެނެނީ އިޓަލީގެ އިންޓަ މިލާނާއި ޗެކް ރިޕަބްލިކްގެ […]

އިބްރާހިމް ޚަލީލް
އުތީމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

އުތީމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދުނުމަށް އެދި ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށާއި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހާޅާ ފަރާތުގެ ތަޢާރަފާއި މަޤުޞަދު ހުށަހަޅަން ޖެހެއެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިޢުލާނުގައި މި މަސަ...

އިބްރާހިމް ޚަލީލް
ނަމާދުކުރާ އަޑު ބޭރަށް ނީއްވާކަން ނާންގަން: މިނިސްޓްރީ

ނަމާދުކުރާ އަޑު ބޭރަށް ނީއްވާކަން ނާންގަން: މިނިސްޓްރީ

މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން މާލޭގެ ބައެއް މިސްކިތްތަކުން ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ނަމާދުކުރަން އަންގާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ދާދި ފަހުން ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެފަަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށާއި، ސާއިކިއުލާއެއް ވެސް ނުނެރޭ ކަމަށެވެ. އަދި […...

ޝިއުނާ އާދަމް
ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރަން ގާނޫނީ އޮނިގަނޑެއް ބޭނުންވޭ

ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރަން ގާނޫނީ އޮނިގަނޑެއް ބޭނުންވޭ

ރާއްޖޭގައި ނޫސްވެރިންނާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ގާނޫނީ އޮނިގަނޑެއް ނެތްކަން ފާހަގަކޮށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް އިން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައިއެފްޖޭގެ ޓީމެއް ރާއްޖެއަށް ޒިޔާރާތްކޮށް، ނޫސްވެރިންނާއި ކަމާބެހޭ އެހެން އިދާރާތަކާއި ބައްދަލުކުރުމަށް ފަހު ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް ހުރި ގިނަ ގޮންޖެހުންތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކ...

ޝިއުނާ އާދަމް
ހެއްކާއި ބެހޭ ބިލާ މެދު އައިއެފްޖޭގެ ވެސް ކަންބޮޑުވުން

ހެއްކާއި ބެހޭ ބިލާ މެދު އައިއެފްޖޭގެ ވެސް ކަންބޮޑުވުން

ނޫސްވެރިންނަށް މައުލޫމާތު ލިބޭ ގޮތުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާބެހޭ ގާނޫނު ފާސްކޮށްފައިވާތީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައިއެފްޖޭގެ ޓީމެއް ރާއްޖެ އައިސް ނޫސްވެރިންނާއި، އެޑިޓަރުންނާ ބައްދަލުކުރުމަށް ފަހު އެ މައުލޫމާތުތަކާއި އެކު ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އެ ރިޕޯޓުގައި ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވާ ދަތިތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވ...

ޝިއުނާ އާދަމް
ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރަނީ

ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރަނީ

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް، އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަނަކާ ގުޅިގެން ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރަން ނިންމައިފިއެވެ. ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން “ނެކްޓަން” ގުޅިގެން ކުރާ މި މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވައި މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދިރާސާ ފަށަން ނިންމާފައި ވަނީ އަންނަ މަހު ކަމަށާއި، ދިރާސާ 35 ދުވަހަށް ދެމިގެންދާނެ ކަމަށެވެ. މި ދިރާސާގައި ކަނޑުތަކުގެ […]

ޝިއުނާ އާދަމް
ލ. ގަމު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް

ލ. ގަމު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް

ލ. ގަމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެމްޓީސީސީން ބުނީ, އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއ...

އަޙްމަދު ވަހީދު
އުރީދޫގެ ކަލަ ރަން އަޕްގްރޭޑްކޮށް ''އުރީދޫ ފަން ރަން'' އަށް

އުރީދޫގެ ކަލަ ރަން އަޕްގްރޭޑްކޮށް ''އުރީދޫ ފަން ރަން'' އަށް

ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ އަދި އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް ކަމަށްވާ “އުރީދޫ ކަލަ ރަން” އަޕްގްރޭޑްކޮށް، “އުރީދޫ ފަން ރަން” އަށް ބަދަލުކޮށްފިއެވެ. މިއަހަރުގެ ދުވުން މިހާރު އުރީދޫއިން ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ޑިސެމްބަރު 23 ގައި އުރީދޫ ފަން ރަން އޮންނާނެކަން އިއުލާންކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އުރީދޫން ޕޯސްޓްކުރި ކުލަގަދަ އަދި އެހާމެ ފޯރިގަދަ ވީޑިއޯ އަކުންނެވެ. އެ ވީޑިއޯގައި ކުރީގެ “ކަލަ ރަން”ގެ ކުލަގަދަ ގިނަ […]

އަޙްމަދު ވަހީދު
ޖަޕާންގެ ޖޭޑީއެސްއިން ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފި

ޖަޕާންގެ ޖޭޑީއެސްއިން ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފި

ޖަޕަނީޒް ގަރާންޓް އެއިޑް(ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލާޝިޕް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އަދި ޖޭޑީއެސްގެ ފަރާތުން ސޮއިކުރެއްވީ، ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޙަސަން ވަނީ ޖަޕާނުން ރާއްޖެއަށް ވެމުން ގެ...

ޔުމްނާ ޢަލީ
ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020ގައެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކުންފުނިން ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އެ މަޝްރޫއުގެ ދަށުން މިދިޔަ ޖޫން މަހުގެ ތެރޭގައި ބަންޑް ވޯލްގެ މަސައްކަތް ވަނީ ނިންމައިފައެވެ. މި މަޝްރޫއުގެ ދަށުން، 25 […]

އަޙްމަދު ވަހީދު