ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅު: ކޭއާރުއެޗް ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއަކުން ލީކުވެ، އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްގެ މީޑިއާ އޮފިސަރު މުޙައްމަދު މޫސާ ”ތިލަދުން” އަށް މިއަދު ވިދާޅުވީ، އެ ދެމައިން ފަރުވާއަށް އިއްޔެ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 9:42 ހާއިރު ކަމަށެވެ. އިއްޔެ މެންދުރުން ފެށިގެން ދެ މައިންގެ ހާލުވެސް ރަނގަޅު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ”އިއްޔެ މެންދުރުން ފެށ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކުޅިވަރު ސިޓީން ފަހަތުން އަރަައި ކްރިސްޓަލް ޕެލަސް ބަލިކޮށްފި އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެންޗެސްޓާ ސިޓީއާއި، ކްރިސްޓަލް ޕެލަސްގެ މެޗުގައި ފަހަތުން އަރައި، 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން މެޗު ކާމިޔާބުކޮށްފިއެވެ. މިމެޗްގައި ހާލަންޑް ވަނީ 3 ގޯލް ޖަހައި އިނގިރޭސި ލީގުގައި އޭނަގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. ސިޓީ ކޮޅަށް މެޗުގައި ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލަސް އިން ދެ ގޯލު ޖެހިއިރު، މެޗުގެ ހަތަރު ވަނަ މިނިޓްގައި ޕެލަސް އިން ލީޑުނެގީ ސިޓީގެ ޖޯން ސްޓޯންސް އަތުން ބައިކޮޅަށް […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ކުޅިވަރު ހަތަރު ވަނަ މެޗުން ވެސް އާސެނަލް މޮޅުވެއްޖެ އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުވެސް ކާމިޔާބުކޮށް ލީގުގައި ކުޅުނު 4 މެޗުންވެސް އާސެނަލް މޮޅުވެއްޖެއެވެ. ލީގުގައި ކުޅުނު 4 މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ ހަމަ އެކަނި އާސެނަލް އަށެވެ. މި މެޗު އާސެނަލް ކާމިޔާބު ކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއިން ފުލަމް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ގޯލު 56 ވަނަ މިނެޓްގައި ފުލަމްއަށް ކާމިޔާބު ކޮށްދިނީ އެލެކްސަންޑްރާ މިތުރޮވިޗް އެވެ. އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގެ އާސެނަލް އިން […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ކުޅިވަރު ބޯންމައުތު ކޮޅަށް 9 ގޯލް ޖަހައި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފި އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލުން، ބޯންމައުތު ކޮޅަށް 9 ގޯލް ޖަހައި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ. ވޭތުވެ ދިޔަ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގުގެ ފުރަތަމަ ތިން މެޗުގައި މޮޅެއް ނުލިބި އޮތް ލިވަޕޫލުން ބޯންމައުތު ކޮޅަށް 9 ގޯލު ޖެހިއިރު، އެ ޓީމަށް ލީޑުނަގައިދިނީ ތިން ވަނަ މިނިޓްގައި ލުއިޒް ޑިއާޒް ޖެހި ގޯލުންނެވެ. ހަ ވަނަ މިނިޓްގައި ހާވީ އެލިއަޓް ޖެހި ގޯލުން ލިވަޕޫލް […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްއެންޑީއެފުން ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް އެމްއެންޑިއެފުގެ ފަރާތުން ހއ. އަތޮޅުގެ ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ކޮމްޕޯނަންޓުގެ ފަރާތުން އެރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް އެ ދެ ރަށުގައި ވެސް ކުރިއަށް ގެންދިޔައީ މި ހިނގާ އޯގަސްޓް 27 ވަނަ ދުވަހު އެވެ. މިގޮތުން ތަކަންދޫ ގައި ހިންގ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ދިއްގަރުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އަރިހުގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި، ހެލްތު މިނިސްޓަރު އަލް އަޙުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، ޔޫތު މިނިސްޓަރު އަޙުމަދު މަޙުލޫފާއި، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ހއ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ. މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ އޭބީޑަބްލިއުސީއައިގެ ރާއްޖޭގެ ބްރާންޗް އިފްތިތާޙްކޮށްފި އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭބީޑަބްލިއުސީއައި)ގެ ރާއްޖޭގެ ބްރާންޗް ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިއަދު މެންދުރުފަހު ސޯޝަލް ސެންޓަރުގައި އެކަމަށް އޮތް ރަސްމިއްޔާތެއްގައި އެ ބްރާންޗް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އޭ.ބީ.ޑަބްލިއު.ސީ.އައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ. އަދި އެއީ ބައިނަލްއަޤްވާމީގޮތ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ތެޔޮ ވިއްކުމުގައި މަސްވެރިން ތަފާތުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި ތެޔޮ ވިއްކާ ފަރާތްތަކުން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ތަފާތު ކުރުން ގެންގުޅޭތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޖަމިއްޔާއިން ބުނީ ތެޔޮ ވިއްކާ ޝެޑް ތަކުން އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 16.32 ރުފިޔާ އަށް ވިއްކާ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ އެއަށްވުރެ ބޮޑުކޮށް 19.02 ރުފިޔާއަށް ކަމަށް އެ ޖަމިއްޔާއިން ބުނެފަ ވެއެވެ. ”މީ ކޮންކަހަލަ އިންސާފެއްތޯ؟ ވަގުތުން ވަގުތައް މަސްވެރިންނަށް ތެޔޮ އަގުހެޔޮ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ މަޑުއްވަރީގެ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް މުލަކު އަތޮޅު މަޑުއްވަރީގެ ބަނދަރު ހަދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާގޮތަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިއަދު ވަނީ މުލަކު އަތޮޅު ފަސް ރަށަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މިއަދު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވިކަން ފާހަގަ ކުރަށްވާފައެވ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރުގައި ގޭސްފުޅިއެއް ލީކުވެ، ބަދިގޭގައި ރޯވެ މަންމައާއި ދަރިފުޅަށް އަނިޔާވެއްޖެ ހދ. ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅި ލީކުވުމުގެ ސަބަބުން ބަދިގޭގައި ރޯވެ އަންހެނަކަށާއި އޭނާގެ ދަރިފުޅަށް އަނިޔާވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ”ތިލަދުން” އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. ނަދީމް ވިދާޅުވީ، ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުރިކަން ނޭނގި އުނދުން ރޯކުރެވިގެން ކަމަށް ބެލޭވޭ ކަމަށެވެ. ”ދެމައިން ވެސް ވަނީ ފިހިފައި، ފިހިފައިވަނީ ހަށިގަނޑުގެ ކިތައް އިންސައްތަކަމެއް ދަންނަވާކަން ނޭނގޭ” ނަދީމް ވިދާޅުވިއެވެ. މިހާ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ލާޒިއޯއިން އިންޓަ މިލާން ބަލިކޮށްފި އިޓާލިއަން ސީރިއާ އޭ ގައި ރޭ އިންޓަ މިލާނާއި ލާޒިއޯ ކުޅުނު މެޗު ލާޒިއޯއިން ކާމިޔާބު ކޮށްފިއެވެ. ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން އިންޓަގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ލާޒިއޯގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ވެސް އެ ޓީމުންނެވެ. ލާޒިއޯގެ ކެޕްޓަން އިމޯބިލޭ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލު ދަނޑިކައިރިން ބޭރަށެވެ. އޭގެ އިރުކޮޅެއް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެއްވަނަ ޑިވިޝަނުގެ ގިނަކުޅުންތެރިންނާއި އެކު ދިއްދޫ ކައުންސިލް ކަޕް ފަށަން ތައްޔާރުވެއްޖެ ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކާއިއެކު ހއ ދިއްދޫ ކައުންސިލް ކަޕް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމަހުގެ 28 އިން އަންނަމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގރންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 6 ޓީމުވަނީ ބައިވެރިވެފައެވެ. މިމުބާރާތުގައި ރާއްޖޭގެ އުރީދޫ ޕްރިމިއަ ލީގު އަދި އެފް އޭ ކަޕްގެ ތަށި ކާމިޔާބު ކުރި މާޒިޔާގެ 4 ކުޅުންތެރިން ބައިވެރިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަންޕު) […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ: ތުހުމަތުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ޢަމަރުކޮށްފިއެވެ. ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާކަން ފުލުހުން ހާމަކުރެއްވީ ރޭގައެވެ. ފުލުހުން ވިދާޅުވިގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ މާލޭގެ ފިހާރައެއްގެ ތެރޭގައެވެ. މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ޔުމްނާ ޢަލީ · 4 އަހަރު ކުރިން