ކުޅިވަރު ޑާބީ މެޗު ކާމިޔާބުކޮށް ރެއާލް އަލުން އެއްވަނައަށް ސްޕެނިޝް ލަލީގާގައި މެޑްރިޑް ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އެތުލެޓިކޯއިންނެވެ. އެތުލެޓިކޯގެ ޑިފެންޑަރ ފެލިޕޭ ބޮލުން ފޮނުވާލު ނުރައްކާތެރި ހަމަލާ ގޮސްފައި ވަނީ ގޯލު ދަނޑި މަތިން […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ރަޝިއާއިން ޔުކްރެއިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ބަލަން ގޮވާލައިފި ރަޝިއާއިން ޔޫކްރެއިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ބަލަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ. އެ ޖަމާއަތުން މިިހެން ބުނެފައި މިވަނީ ހަނގުރާމައިގައި ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތް އިޒީއޫމްގެ ރަށް ބޭރުގައި އެތައް ސަތޭކަ ބަޔަކު މަރާލުމަށް ފަހު ވަޅުލާފައިވާ ސަރަހައްދެއް ފެނިފައިވާކަން ޔޫކްރެއިނުން ހާމަކޮށްފައިވަނިކޮށެވެ. އޭގެ ތެރެއިން އެއް ސަރަހައްދެއްގައި 450 މީހުން މަރާލުމަށް ފަހު ވަޅުލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ. މިކަމާއި ގުޅިގެން އީޔޫގެ ރައީސް އަދި ޗެކް... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ޚަބަރު މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެއެވެ. ސީޕީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އޭނާ ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ބަނޑޮހުގެ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް ނިންމާލައިފި ކ. ބަނޑޮހުގެ ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުއަކީ އޯކިޑް ހޯލްޑިންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރީ މިމަހުގެ 15 ވަނަ ދުވަހުއެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ފަސޭހަކަމާއިއެކު ބްރެންޓްފޯޑް ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ހަވީރު އާސެނަލްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި އާސެންލުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. މި މެޗަށް އާސެނަލް ނުކުތްއިރު އޮތީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެއީ ރޭ ސިޓީއާއި ޓޮޓެންހަމް ކުޅުނު މެޗުތަކުން އެ ދެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ވޯޑު އިމާރާތާއި އައިސީޔޫގެ މަސައްކަތް ނިމިއްޖެ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ވޯޑު އިމާރާތާއި އައިސީޔޫގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ ހޮސްޕިޓަލުގެ ވޯޑް އިމާރާތުގައި މެޑިކަލް ގޭސް ލިބޭގޮތަށް 30 އެނދު ހުންނާނެ ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލްގެ 2 ވަނަ ފަންގިފިލާގައި 6 އައިސީޔޫ ކޮޓަރި ތަރައްގީ ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެމްޓީސީސީން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ޒަމާނީ މަންޒިލްގޭގައި ރޯވީ، އިލެކްޓްރިކް ކޭބަލްތަކަކާއި ސަރކެޓް ބޯޑެއްގައި ގ.ޒަމާނީ މަންޒިލްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ، އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސަރކެޓް ބޯޑެއްގައި ރޯވެގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑިއެފް) އިން ބުނެފި އެވެ. އެމްއެންޑީއެފްއިން ބުނީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޒަމާނީ މަންޒިލްގޭ 3 ވަނަ ފަންގިފިލާ ގަ އެވެ. އަލިފާން ރޯވީ އެއިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ވިޔަފާރި މިނީ ބަހުގެ ހިދުމަތް އިތުރު ދެ ހަފްތާއަށް ހިލޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަހުގެ ހިދުމަތް މާލެ ސަރަޙައްދުގައި އިތުރު ދެ ހަފުތާއަށް ހިލޭ ފޯރުކޮށްދޭ ގޮތަށް ނިންމައިފި އެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން މި ހިދުމަތް ރަނގަޅަށް ތަޖުރިބާރުމުގެ އިތުރު ފުރުސަތު ދިނުމާއެކު، ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޙިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަގަން ފެށުމު... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮއްކޮ ޚިޔާލުދިނީ، ކޭއާރުއެޗް ބޭރުގައި ތިބޭއިރު ޓޯކެން ނަންބަރު ފެންނަ ޓީވީއެއް ބެހެއްޓުމަށް! ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖެތެރޭ ހުރި ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފަރާތްތައް ގިނަކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ ހަފްތާގެ ބަންދު ދުވަސްތައްކުގައި އެތަނަށް ޒިޔާރަތް ކޮށްލުމުންނެވެ. ހާއްސަ ގޮތެއްގައި ހޮނިހިރު ދުވަސްފަދަ ދުވަހެއްގައެވެ. ޚިދުމަތް ހޯދަން ދާ ފަރާތްތައް ހޮސްޕިޓަލްތެރޭ އިށީއިނުމަށް ބެހެއްޓިފައިވާ ގޮނޑިތައް ފުރި އެތައްބަޔަކު ކޮޅަށް ތިބޭ މަންޒަރާއި، އެތެރޭގައި ޖާގަ ނެތުމުގެ ސަބަބ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ އަލަމްގިރިއަށް ސަލާމަތެއް ނެތް، އިތުރު 40 ދައުވާ އުފުލައިފި އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހަތް މަހަށް ޖަލަށްލާފައިވާ އަލަމްގިރިގެ މައްޗަށް އިތުރު 40 ދައުވާއެއް ދައުލަތުން އުފުލައިފި އެވެ. ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށްލި އަލަމްގިރިގެ މައްޗަށް ދައުލަތުން މިއަދު އުފުލީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެއީ ގިނަ ބަޔަކާ އެކު ގުޅުން ހިންގި މަންޒަރު ވީޑިއޯކުރި މައްސަލާގަ އެވެ. އެ ދައުވާކުރީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. މި ކުށަކީ ގާނޫނުލް އުގޫބާތުގެ ދަށުން […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓައިވާނަށް 7.2 މެގްނެޓިއުޓްގެ ބާރުގަދަ ބިން ހެލުމެއް، ސުނާމީގެ އިންޒާރު އުވާލައިފި ޓައިވާނުގެ އައްސޭރިފަށުގެ ކަނޑުއަޑިއަށް އައި ބާރުގަދަ ބިން ހެލުމަކާއި ގުޅިގެން މިއަދު ނެރުނު ސުނާމީގެ އިންޒާރުތައް އުވާލައިފި އެވެ. ސުނާމީގެ އިންޒާރު ނެރެފައިވަނީ ބިން ހެލުން އައި ޓައިވާނުގެ އިރުމަތީ އައްސޭރި ފަށް ހިމެނޭ ސަރަހައްދާއި ޖަޕާނުގެ ހުޅަނގުދެކުނުގެ ދެ ސަރަހައްދަށެވެ. ބިން ހެލުމާއި އެކު ޓައިވާނުގެ އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އެ އެލާޓު އުވާލާފަ އެވެ. ޖަޕާނުން ސުނާމީގެ އިންޒާރު ނެރުނީ މިޔަކޮޖިމާ އާއި ޔައެޔަމާ ރީޖަން އަށެވެ. […] މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ ޒަޚަމްތަކެއް ލިބުނު މަސްވެރިއަކަށް، އެހީތެރިވެއްޖެ ޒަޚަމްތަކެއް ލިބުނު މަސްވެރިއަކަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑިއެފް) އިން އެހީތެރިވެއްޖެ އެވެ. އެމްއެންޑީއެފް އިން ބުނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޅ. އަތޮޅު އެތެރެވަރިން ޅ. ކުރެންދޫގެ އިރުން 5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު “އަރާކުރި” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި މީހަކަށް ކަމަށެވެ. އަދި އެއީ 40 އަހަރުގެ މަސްވެރިއެއް ކަމަށެވެ. އެ އިދާރާ އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. ފުނަދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި ށ. ފުނަދޫގައި ގާއިމް ކުރާ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ޓާމިނެލެކެވެ. މި ފެރީ ޓާމިނަލްގައި ހިމެނޭ އިތުރު ޙިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރަ، ކޮމާޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވާސަލް ޓޮއިލެޓެއް ހިމެނެއެވެ. އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެލްތުން ގައިޑްލައިންތަކެއް ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެލްތު މިނިސްޓްރީން ގައިޑްލައިންތަކެއް އިފްތިތާހު ކޮށްފި އެވެ. މި ގައިޑުލައިން ތައް އިފްތިތާހުކޮށްފައިވަނީ “ވޯލްޑް ޕޭޝަންޓް ސޭފްޓީ ދުވަސް” ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގަ އެވެ. މިއަދު ބޭއްވިގެންދިޔަ ޖަލްސާއަކީ ރާއްޖޭގައި މިދުވަސް ފާހަގަ ކުރުމަށާއި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ތައްޔާރުކޮށްފައިވާ ނެޝަނަލް ސްޓޭންޑަޑް ފޯ ކްލިނިކަލް ލެބޯޓްރީސް، ނެޝަނަލް ގައިޑްލައިން އޮން އެންޓިނޭޓަލް އެންޑް ޕޯސްނޭޓަލް ކެއަރ އިން މޯލްޑިވްސް، ނެޝަނަލް އިންފެކްޝަނ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގިކަމަށް ފުލުސް މީހާ އެއްބަސްވެއްޖެ ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހުމާނު ރަފީއު އެކަމަށް ކޯޓުގައި އެއްބަސްވެއްޖެ އެވެ. އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ސޯޝަލް މީޑިއާގައި ވީޑިއޯ ލީކުވެފައިވާ އަބްދުއްރަހުމާންގެ މައްޗަށް ކުރި ދައުވާއަށް އޭނާ އެއްބަސްވީ ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް މިއަދު ފެށުމާ އެކު އެވެ. އޭނާގެ މައްޗަށް އަންނަ ބުރާސްފަތި ދުވަހު ހުކުމް އިއްވާނެ އެވެ. ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ […] ހުސައިން ހަބީބް · 4 އަހަރު ކުރިން