މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ލަންކާ އިން އެންމެ ބޮޑަށް ދަރާފައިވާ ގައުމަކަށް އިންޑިއާ ވެއްޖެ

ލަންކާ އިން އެންމެ ބޮޑަށް ދަރާފައިވާ ގައުމަކަށް އިންޑިއާ ވެއްޖެ

ބަނގުރޫޓުވެފައިވާ އަވައްޓެރި ސްރީލަންކާ އިން މިހާރު އެންމެ ބޮޑަށް ދަރާފައިވާ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ. ލަންކާ އިން އެންމެ ބޮޑަށް ދަރާފައިވާ ގައުމަށް އިންޑިއާ ވެފައިމިވަނީ ޗައިނާ ކަޓުވާލުމަށް ފަހު އެވެ. އިންޑިއާ ސަރުކާރާއި ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ލަންކާ އިން ދަރާފައިވާ ލިސްޓުގެ އެންމެ ކުރިޔަށް އިންޑިއާ އެރީ މިދިޔަ ހަތަރު މަސް ތެރޭގައި ދިންް ލޯނު ތަކުގެ ސަބަބުންނެވެ. އަޑިއަޅާލާފައިވާ ލަންކާގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް އިންޑިއާއިން މިހާތަނަށް 968 […]

މުޙައްމަދު ވަސީމް
ވާދޫ ނަރުދަމާގެ މަސައްކަތް ފަށައިފި

ވާދޫ ނަރުދަމާގެ މަސައްކަތް ފަށައިފި

ގދ. ވާދޫގެ ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި ޑީއެމްދީ މުހައްމަދު ޝަރީފާއި ވާދޫ ކައުންސިލުގެ ނައިބު ރައީސް ހާޝިރު މުހައްމަދު އަދި ވާދޫ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިބްރާހިމް ދީދީއެވެ. ވާދޫ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން 2020 ވަނަ އަހަރު އެމްޑަބްލިއުއެސްސީއާ ހަވާލު...

އަޙްމަދު ވަހީދު
ބޯހިމެނުމަކީ ޤައުމީ މަސައްކަތެއް: ނައިބު ރައީސް

ބޯހިމެނުމަކީ ޤައުމީ މަސައްކަތެއް: ނައިބު ރައީސް

ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއް ވެސް އެބާރުލުންދެއްވުމުގެ މުހިންމުކަން ނައިބު ރައީސް ފައިޞަލް ނަސީމް ފާހަގަކުރައްވައިފި އެވެ. ހުޅުމާލޭގައި ހުންނަ “ބޯހިމެނުން 2022” ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްޤީކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް...

މުޙައްމަދު އަފްރާޙް
ރާއްޖޭގެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރު އަބްދުﷲ ވަހީދު އަވަހަރާވެއްޖެ

ރާއްޖޭގެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރު އަބްދުﷲ ވަހީދު އަވަހަރާވެއްޖެ

ރާއްޖޭގެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރު، އަބްދުﷲ ވަހީދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަ ވީ އައިޖީއެމްޗްގައި ނިއުމޯނިއާއަށް ފަރުވާ ހޯއްދަވަނިކޮށް އުމުރުން 65 އަހަރުފުޅުގަ އެވެ. ޑރ ވަހީދަށް ސްޓްރޯކެއް ޖެހިގެން ސިއްހީ ދާއިރާއާ ދުރުގައި ހުންނަވާތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ޕޮލިސް އިންޓެރްގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ރައީސްކަމާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާއިރު، ޑރ. އަބްދުﷲ ވަހީދު ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް...

މުޙައްމަދު އަފްރާޙް
ފުލުހުންނަށް ހަމަލާދީ އިންޒާރުދޭއިރު، ހޯމް މިނިސްޓަރ ހަނު ހުންނަވާތީ ރާއީގެ ކަންބޮޑުވުން

ފުލުހުންނަށް ހަމަލާދީ އިންޒާރުދޭއިރު، ހޯމް މިނިސްޓަރ ހަނު ހުންނަވާތީ ރާއީގެ ކަންބޮޑުވުން

ފުލުހުންނަށް ހަމަލާދީ، އިންޒާރުދޭއިރު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހަނު ހުންނަވާތީ މަކުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ކަންބޮޑުން ފާޅުކުރައްވައިފި އެވެ. މެމްބަރު މިކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް ދިން ހަމަލާއާއި ގުޅިގެން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނެވެ. މެމްބަރު ރާއީ ވިދާޅުވީ މަޖިލީހުން މިކަމަށް ކުއްލި ގާނޫނެއް ހަދާފަ ފޮނުވިދާނެ […]

މުޙައްމަދު އަފްރާޙް
މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި މާއުނގޫދޫ ކައުންސިލުގެ ރައީސް އާދަމް ސަލީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްޓީސީސީން ބުނީ, ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މާއުނގޫދޫ ބަނދަރު ތަރައްގީކޮށް ނިމުމުން ލަފާފުރުމުގެ ދަތިތައް ހައްލުވެ, އިގްތިސާދީ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. މި މަ...

އަޙްމަދު ވަހީދު
އަމީނީމަގު ހަދަން ގަސް ކަނޑާތީ ނަޝީދުގެ ކަންބޮޑުވުން

އަމީނީމަގު ހަދަން ގަސް ކަނޑާތީ ނަޝީދުގެ ކަންބޮޑުވުން

މާލޭ އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގު ހެދުމަށް މަގުގައި ހުރި ބައެއް ގަސްތައް ނަގަމުންދާ މައްސަލައާއި މެދު ރައްޔިތުން މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި، ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ގަހެއް ހެދުމަށް 15 ނުވަތަ 20 އަހަރު ނަގާއިރު، މަގެއް ހެދުމަށް ނަގަނީ ތިން މަސް ދުވަސް ކަމަށެވެ. އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެެއް ހޯދުމަކީ ކޮންމެހެން ބޭނު...

މުޙައްމަދު އަފްރާޙް
އަގުބޮޑު ހޭންޑްބޯލް މުބާރާތެއް ށ. އަތޮޅު ކައުންސިލުން ބާއްވަނީ

އަގުބޮޑު ހޭންޑްބޯލް މުބާރާތެއް ށ. އަތޮޅު ކައުންސިލުން ބާއްވަނީ

ށ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން “މިލައުތުރު ހޭންޑްބޯލް މުބާރާތް” ގެ ނަމުގައި އަގުބޮޑު ހޭންޑްބޯލް މުބާރާތެއް އެ އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި މުބާރާތަކީ ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. އަންނަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު، ފަށަން ނިންމާފައިވާ މި މުބާރާތުގައި އެ އަތޮޅުގެ 10 ރަށަކުން 10 ޓީމް ވަނީ ބައިވެރިވެފަ އެވެ. ށ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް […]

މުޙައްމަދު އަފްރާޙް
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ މަގާމަށް މުޞްޠަފާ ޙަމީދު (ކަނީރުމާގެ، ރ. އަނގޮޅިތީމު) އައްޔަން ކުރައްވައިފި އެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މުޞްޠަފާ ޙަމީދު 2021 ވަނަ އަހަރުން ފެށިގެން އަދާ ކުރައްވަމުން ގެންދަވާފައި ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޓަރގެ މަޤާމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ސަނަދަށް މުޞ...

މުޙައްމަދު އަފްރާޙް
ފުލުހުންނާއި ސިފައިންނާއި ދިމާކުރަން އަތުވެއްޖެނަމަ، އެމީހުންނަށް "ވަގުތުން ޝޫޓް" ކުރެވެންޖެހޭނެ: ޖާބިރު

ފުލުހުންނާއި ސިފައިންނާއި ދިމާކުރަން އަތުވެއްޖެނަމަ، އެމީހުންނަށް "ވަގުތުން ޝޫޓް" ކުރެވެންޖެހޭނެ: ޖާބިރު

ފުލުހުންނާއި ސިފައިންނާއި ދިމާކުރަން އަތުވެއްޖެނަމަ ވަގުތުން އެމީހުންނަށް “ޝޫޓް” ކުރެވެންޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. ޖާބިރު މިހެން ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނެވެ. ޖާބިރު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ތިން ފުލުހަކަށް ގޭންގަކަށް ނިސްބަތްވާ ބަޔަކު ހަމަލާދިން މައްސަލާގައި ތުހުމަތުކުރެ...

މުޙައްމަދު އަފްރާޙް
ކޮވިޑް ހާލަތު ނިމިއްޖެ ކަމަށް ބައިޑަން ވިދާޅުވުމުން، އެމެރިކާ ރައްޔިތުން ރަތަށް

ކޮވިޑް ހާލަތު ނިމިއްޖެ ކަމަށް ބައިޑަން ވިދާޅުވުމުން، އެމެރިކާ ރައްޔިތުން ރަތަށް

ކޮވިޑް-19 ގެ ހާލަތު މިހާރު ނިމިއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމެރިކާގެ ރައްޔިތުންގެ ނުރުހުން ފާޅުކުރަން ފަށައިފި އެވެ. މި މޭރުމުން ބައިޑަން ވާހަކަދެއްކެވީ ކޮލަމްބިއާ ބްރޯޑްކާސްޓިން ސިސްޓަމް “ސީބީއެސް” ގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އެވެ. ބައިޑަން ވިދާޅުވީ ކޮވިޑްގެ ހާލަތު ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކޮވިޑާއި ގުޅުން ހުރި މައްސަލަތައް އެބަހުރިކަމަށާއި އެކަންކަމުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައިޑަންގެ...

މުޙައްމަދު ވަސީމް
ކޭއާރުއެޗްގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު ސިފައިންގެ އެހީތެރިކަމާއެކު މާލެ ގެނެސްފި

ކޭއާރުއެޗްގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު ސިފައިންގެ އެހީތެރިކަމާއެކު މާލެ ގެނެސްފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ. ހާލުބޮޑުވެގެން މާލެ ގެނައީ ފިރިހެނެއް ކަމަށާއި އޭނާ މާލެ ގެނައީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. އެ މީހާ މާލެ ގެނެސްފައި ވަނީ މިއަދު 08:40 ހާއިރު ކަމަށް […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ ވޮލީ ޓީމަށް ގައުމީ ފެންވަރުގެ އަންހެން ކުޅުންތެރިއަކު ހޯދަނީ

ހަނިމާދޫ ވޮލީ ޓީމަށް ގައުމީ ފެންވަރުގެ އަންހެން ކުޅުންތެރިއަކު ހޯދަނީ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތުގައި ވާދަކުރާ، ހދ. ހަނިމާދޫ ކައުންސިލް ތަމްސީލްކުރާ ވޮލީ ޓީމަށް ގައުމީ ފެންވަރުގެ ކުޅުންތެރިއެއް ހޯދަން ޢިއުލާން ކޮށްފިއެވެ. ކުޅުންތެރިއަކު ހޯދަން ހަނިމާދޫ ކައުންސިލުން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، މި މުބާރާތުގައި އެ ކައުންސިލް ތަމްސީލް ކުރާ ޓީމަށް ކުޅުމަށް ޝައުގުވެރިވާ އަންހެން ކުޅުންތެރިން މި މަހުގެ 26 ވަނަ ދުވަހުގެ 13:00ގެ ކުރިން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމަށް ފުރުސަތު […]

ޔުމްނާ ޢަލީ
ސީޕްލޭންގެ ޚިދުމަތް ފެށުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ ދެ ރަށުގެ ތެރޭގައި މަކުނުދޫ

ސީޕްލޭންގެ ޚިދުމަތް ފެށުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ ދެ ރަށުގެ ތެރޭގައި މަކުނުދޫ

ސީޕްލޭންގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ ދެރަށުގެ ތެރޭގައި ހދ. މަކުނުދޫ ހިމެނޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފި އެވެ. އެ މިނިސްޓްރީން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅި އަހަރީ ރިޕޯޓުގަ އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެއީ ހދ. މަކުނުދޫ އާއި މ. މުލި ކަމަށެވެ. އެ މިނިސްޓްރީން ބުނީ ސީޕްލޭން ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ […]

މުޙައްމަދު އަފްރާޙް
ރައީސްގެ ދެކަނބަލުން އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

ރައީސްގެ ދެކަނބަލުން އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މެޑަމް ފަޒްނާ އަޙްމަދު، އަވާހަރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު (2 ވަނަ) ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ. އިނގިރޭސި ރާނީ އަވަހާރަވީ، މިސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރަސްމީ އެންމެމަތީ ޢިއްޒަތުގައި، ރާނީ އެލިޒަބަތު (2 ވަނަ) ފަސްދާނުލާފައި ވަނީ، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކު...

ޔުމްނާ ޢަލީ