ޚަބަރު ރޮޖާ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލައިފި މިހާރު އިންގްލެންޑްގައި ކުރިއަށްދާ ލެވާ ކަޕުގައި ކުޅުނު މެޗުން ބަލިވުމާއިއެކު، ދުނިޔެދުއް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމުގައިވާ ސްވިޒަލޭންށްގެ ރޮޖާ ފެޑެރާ ރަސްމީކޮށް ޓެނިސްކުޅުން ހުއްޓާލައިފިއެވެ. ލެވާ ކަޕުގައި ޔޫރަޕް ތަމްސީލް ކުރުމުގެ ގޮތުން ފެޑެރާއާއި ނަޑާލްގެ ޕެއާ ރޭ ކުޅެފައި ވަނީ އެމެރިކާގެ ޕެއާއެއް ކަމަށްވާ ޖެކް ސޯކްއާއި ފްރެންސިސް ޓިއާފޯއާއެވެ. އުމުރުން 41 އެއް އަހަރުގެ ފެޑެރާ ޓެނިހުން ރިޓަޔަރ ކުރަން އުޅޭކަން އޭނާ ވަނީ ފާއިތުވި ހަފްތާގައި ސޯސަލް މީޑިއާގައި […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ދިވެހި ރައްޔިތުން މިވަނީ މިއިން ދުވަހަކު ނުވާ ވަރަށް ފަގީރުވެފައި: ދުންޔާ ދިވެހި ރައްޔިތުން މިވަނީ މިއިން ދުވަހަކު ނުވާ ވަރަށް ފަގީރުވެފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޯއައިސީގެ ނައިބު ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ދިވެހިރައްޔިތުން މިއަދުގެ ސަރުކާރާ ރާއްޖޭގެ ވެރިކަން ހަވާލުކުރީ މި ގައުމަށް ތަނަވަސްކަމާއި ފާގަތިކަން ގެނަސްދިނުމަށް ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރާނެ ކަމަށް ވައުދާއި ހުވާ ކުރުމާއެކު ބައިނަލްއަގްވާމީ މަޝ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމުގައި ގަވާއިދާ ޚިލާފުވުމުން ކުރި ޖޫރިމަނާ ދައްކައިފި ޅ. ތިލަމާފުށީގައި ހުއްދަނެތި ރިސޯޓު ތަރައްޤީ ކުރުމުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ކުރި ޖޫރިމަނާ ފައިސާ ދައްކައިފި އެވެ. އީޕީއޭ އިން ބުނީ ގަވާއިދާ ޚިލާފަށް ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައެޅިފައިވާ 20،000.00 (ވިހި ހާސް) ރުފިޔާ އިން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ މި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި މި ޖޫރިމަނާގެ ފައިސާ އެ ފަރާތުން […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކުޅިވަރު ހަންގޭރީން ޖަރުމަނު ބަލިކުރިއިރު، އިޓަލީ އަތުން ބަލިވެ އިންގްލެންޑް ރެލިގޭޓްވެއްޖެ ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސީގައި ރޭ ހަންގޭރީއާއި ޖަރުމަނު ބައްދަލުކުރި މެޗު ހަންގޭރީން ކާމިޔާބު ކުރިއިރު، މި ގްރޫޕުގައި އިންގްލެންޑާއި އިޓަލީ ބައްދަލުކުރި މެޗު އިޓަލީން ކާމިޔާބު ކޮށްފިއެވެ. ރޭ އިޓަލީން އަމިއްލަ ޤައުމުގައި އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި އިޓަލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ކާމިޔާބު ކޮށްދީފައި ވަނީ ޖިއަކޯމޯ ރަސްޕަޑޯރީއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 68 […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ މުލަކުގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއް ބަލަން ފުލުހުން ފަށައިފި އެވެ. އެރަށުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިނަމަވެސް އިތުުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވަ އެވެ. މުލަކު ކައުންސިލުން ބުނީ އެ ހާދިސާ ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެކަން އެނގުނީ މިއަދު ފަތިހު ކަމަށާއި އެކަން ހިނގައިދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް މިހައިތަނަށް އެނގިފައި ނުވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ. ސޯޝަލް މީޑިއާ ގައި […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ އަތޮޅުތެރޭގެ ބޯހިމެނުމުގެ މަސައްކަތް ނިމުމަކާއި ގާތަށް ރާއްޖޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި އަތޮޅުތެރޭގެ ބޯހިމެނުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ވިދާޅުވެއްޖެ އެވެ. ޕީއެސްއެމް ގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްޓެޓިސްޓިކަލް އޮފިސަރ ހުދާ ހަލީމް ވިދާޅުވީ އަތޮޅުތެރޭގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަަތަށް ކައުންސިލްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާ ކަމަ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ އިޖްތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުވެފައި ވިޔަސް އެކަންކަން ސަރުކާރަކަށް ނުފެނޭ: ނާޒިމް ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު އެކަންކަން އެއްވެސް ސަރުކާރަކަށް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. ނާޒިމް މިފަދައިން ވިދާޅުވީ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ. އެމްއެންޕީ ގެ ރައީސް ނާޒިމް ވިދާޅުވީ ގައުމުގެ ހާލަތު ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެ ޕާޓީއަށް ރާއްޖޭގެ ހާލަތު ފެންނަ ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއިވޭ […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ސައޫދީން ދެމުންދާ އެހީތެރިކަމަށް ނައިބު ރައީސްގެ ޝުކުރު ސަޢޫދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީތެރިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާ ކުރައްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 92 ވަނަ ޤައުމީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނު އެކުލަވާލެއްވި “ވިޝަން 2030” މަގުޗާޓަށް ތަޢުރީފުކުރައްވައި މިއީ ދުރުވިސްނޭ ޤާބިލު ލީޑަރެ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއެއްގައި ހިނގި ޒުވާބެއްގައި އަންހެނަކު އޭނާގެ ބޭބެއަށް ހަމަލާދީ ޒަހަމް ކޮށްލައިފި މާލޭގެ ގެއެއްގައި ހިނގި ޒުވާބެއްގައި އަންހެނަކު އޭނާގެ ބޭބެއަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ މާލެ ގެއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއް އިއްޔެ ހަވީރު 16:20 ގައި އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއީ އާއިލާ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި ހިނގި ކަމެއް ކަމަށް މިހައިތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ. ފުލުހުން ވިދާޅުވީ މި ހަމަނުޖެހުމުގައި އެއްޗަކުން ބޮލު ޖެހުމުގެ […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކުޅިވަރު ރޮނާލްޑޯ އެވަޓަން ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފި ފާއިތުވި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހު، ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލައެއް އިނގިރޭސި އެފްއޭއިން ބަލަން ފަށައިފިއެވެ. އޭޕްރިލް ނުވަވަނަ ދުވަހު ކުޅުނު އެ މެޗުން ޔުނައިޓެޑް ބަލިވުމުން ގަދަ ހަތަރެއްގައި އެ ޓީމް ލީގު ނިންމައި މި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅުމަށް ދެކެމުން އައި ހުވަފެނަށް ބޮޑު ހުރަހެއް އެޅިގެން ދިޔައެވެ. ޔުނައިޓެޑުން […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (2) ކުރީ އަދަދާއި ގުޅޭ ސިޓިންގްރޫމުގައި އިން މައިރާގެ ނަޒަރު ހުއްޓިފައިވީ ގޭގެ ބޮޑު ދޮރާއި ދިމާލަށެވެ. އެހެން އިންނަ އިރު ވާރޭ ވެހޭ މަންޒަރު ނުހަނު ރީއްޗަށް ފެންނަން ހުރުމުން އޭނާގެ ހުރިހާ ސަމާލުކަމެއްވީ އެކަމަށް ހުއްޓިފައެވެ. ކޮޓަރިއަށް ވަތް ގޮތަށް މިކްޔާލްއާއި ޝެލިންވެސް ނުނިކުންނާތީ މައިރާއަށް އިނދެވުނީ ފޫހި ވެފައެވެ. އަށެއްގެ ހަބަރު ފެށުމާއެކު އޭނާ ޗެނެލް ބަދަލުކޮށްލިއެވެ. ބަރާބަރަށް ހަބަރުތައް ކީ ނަމަވެސް ރޭގަނޑުގެ ހަބަރު ބެލުން އެއީ މައިރާ ކޮންމެހެން ވެސް ކުރާ […] މާސާ · 4 އަހަރު ކުރިން
ކުޅިވަރު ނެދަލެންޑްސްއާއި ބެލްޖިއަމަށް ވެސް މޮޅެއް، ގްރޫޕް އެއްވަނަ ކަނޑައެޅޭނީ ފަހު މެޗުން ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރުވަނަ ގްރޫޕުގައި ނެދަލެންޑްސްއާއި ބެލްޖިއަމުން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމާއި ވޭލްސް ބައްދަލުކުރި މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ބަޓްޝުޔާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑި ބްރޭނާއެވެ. މިއީ ޑި ބްރޭނާ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދަށްވަދެ މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި އެވެ. ދިވެހި ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓާއެއްގައި ބުނީ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ދިވެހި ދެ ދޯންޏެއްގެ މަސައްކަތުން ހިފަހައްޓާ އެމްޑީއެފް އަށް މިހާރު ރިޕޯޓް ކޮށްފަވާ ކަމަށެވެ. ’’ތ. މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާ ގެ މަސްބޯޓެއް އދ. މަހިބަދޫ އަސުރުމާ2 ދޯނި އ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކޮލަމް ނަމާދު ޤާއިމް ކުރުމަށް އަމުރުކުރުން: ތަރުބިއްޔަތުގެ މުހިންމު ރުކުނެއް! އިސްމާޢީލް عليه السلام، އެކަލޭގެފާނުގެ އަނބިދަރީން ތަރުބިއްޔަތު ކުރެއްވި މަތިވެރި ތަރުބިއްޔަތަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا (سورة مريم:55) މާނައީ: [އަދި އެކަލޭގެފާނުގެ އަހުލުންނަށް (އެބަހީ: އަނބިދަރީންނަށް) ނަމާދު ޤާއިމް ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރުކުރައްވާ ކަމުގައި ވިއެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުން ލައްވައިފައިވާ ބޭކަލަކު ކަމުގ... ޝެއިޚް ޝަފީއު އަބްދުﷲ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅު ޤުރްއާން މުބާރާތް ފަށައިފި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަތޮޅު ޤްރުއާން މުބާރާތުގެ ސިލްސިލާގެ ތެރެއިން މިއަހަރުގެ ޤުރްއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ހއ. ގެ ވެރިރަށް ދިއްދޫގައި ފެށި މި މުބާރާތުގައި އެ އަތޮޅުގެ 12 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެ ސްކޫލްތަކަކީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލް، މުރައިދޫ ސްކޫލް، މޮޅަދޫ ސްކޫލް، ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާ، އިހަވަންދޫ ސްކޫލް، ކެލާ ސެއިޚް އިބްރާޙީމް ސްކޫލް، ދިއްދޫގައި ހުންނަ ހއ. […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން